ރާއްޖެ ޖަޕާނުން ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފި ދުނިޔޭގެ ފަގީރު އަދި މެދު ފަންތީގެ ގައުމްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާނުން ރާއްޖެއަށް ލައްކަ އަކަށް ވުރެ ގިނަ ޑޯޒު ވެކްސިން ހަދިޔާ ކޮށްފިއެވެ. ޖަޕާނުން ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ 112،000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިނެވެ. މި ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާނުގެ “ލާސްޓް ވަން މައިލް ސަޕޯޓް”ގެ ދަށުންނެވެ. ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ކޮވިޑް ޖެހިގެން އެޗްއެމްއެފް ގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ ކޮވިޑް-19 ޖެހިގެން ހުޅުމާލޭ ފެސިލިޓީ (އެޗްއެމްއެފް) ގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ މީހަކުނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރިގޮތުގައި މިއަދު ހެނދުނު 11:20 ހާއިރު ނިޔާވެފައި ވަނީ 75 އަހަރުގެ ދިވެހި އަންހެނެކެވެ. މި އާއިއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 223 އަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 79،864 އަށް އަރާފައެވެ. އޭގެތެރެއިން 77،953 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ ބަނދަރު ސަރަހައްދުގައި ވަޅުފެން ބޫތުތަކެއް އަޅަނީ ށ. ކޮމަންޑޫ ބަނދަރު ސަރަހައްދުގައި ވަޅުފެން ބޫތު ތަކެއް އަޅަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ. ކޮމަންޑޫ ކައުންސިލުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މަސްވެރިންނާއި ދަތުރުވެރިންނަށް ފަސޭހަކަމާއިއެކު އުޅަނދު ފަހަރަށް ފެން ފޯރުކޮށް ދިނުމުގެ ގޮތުން ރަށުގެ ބަނދަރު ސަރަހައްދުގައި 8 ވަޅުފެން ބޫތު ހެދުމަށް ބޭނުންވާކަމަށެވެ. މި މަސައްކަތް ދޫކުރުމަށް ހަމަޖެހިފާ ވަނީ އެސްޓިމޭޓަށެވެ. އަދި މަސައްކަތާ ހަވާލުވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަންކުރަންވީ ގޮތްވެސް ކައުންސިލްގެ އިއުލާނުގައި ވަނީ ހާމ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި މިލަދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފި ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ތޮށިލުމުގެ މަސައްކަތް މިއަދު ނިންމާލާފައި ވާކަމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައު މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 56 އިންސައްތަ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. މިއަހަރު ނިމުމުގެ ކުރިން މިމަޝްރޫއުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާ ކުރެއެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި،... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ 83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި ވައިގެ މަގުން ރާއްޖެ އައި ބިދޭސީއެއްގެ އަތުން 83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ. އެ ބިދޭސީ މީހާއަކީ ބްރެޒިލްއަށް ނިސްބަތްވާ އަންހެނެކެވެ. އަދި އެއީ އުމުރުން 29 އަހަރުގެ މީހެކެވެ. އެމީހާ ރާއްޖެ އައީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުން ކަމަށް އެ ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. އަދި […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ތުނޑި ސާފުކޮށްފި ށ. ފުނަދޫ ތުނޑި ސާފުކޮށްފިއެވެ. ފުނަދޫ ތުނޑި ސާފުކުރުމުގެ ހަރަކާތަކީ މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އެރަށުގައި ހިންގާ ޖަމިއަޔާތައް ގުޅިގެން ބޭއްވުނު ހަރަކާތެކެވެ. ސާފުކުރުމުގެ މިހަރަކާތުގެ އިތުރުން އެރަށުގައި އިއްޔެވަނީ ތަފާތު އެކިކަހަލަ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންދެވިފައެވެ. އޭގެތެރޭގައި، ވާދެމުމާއި ވޮލީ ބޯޅަ އަދި ބައިތު ބާޒީ ފަދަ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. މި ހަރަކާތްތަކުގައި އ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެދި ޕެޓިޝަނެއް މާލޭ ސިޓީގެ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި އެސިޓީގެ ރައްޔިތުންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމައު މުޢިއްޒުއެވެ. ޕެޓިޝަން ޙަވަލުކުރެއްވީ ހުޅުމާލޭގެ ރައްޔިތެކެވެ. މާލޭ ސިޓީގެ މޭޔަރުގެ އަތްޕުޅަށް މި ޕެޓިޝަން އަރުވާފައި ވަނީ މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ރޭ ކުރިއަށް ދިޔަ ހުޅުމ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އަފްގާނިސްތާނުގެ ރެފިއުޖީންނަށް ތުރުކީގެ ބޯޑަރުތައް ބަންދުކުރަން ފާރެއް ރާނައިފި ތާލިބާނުން އަފްގާނިސްތާން ބަލަހައްޓަމުން އަންނަމުންދާތީ އަފްގާނިސްތާނުން ހިޖުރަކުރާ ފަރާތްތައް ތުރުކީ ވިލާތަށް ވަނަނުދިނުމަށް އެ އެޤައުމުގެ އިރާނާއި ވީ ފަރާތުގެ ބޯޑަރުތައް ބަންދުކޮށް ފާރެއް ރާނާއިފިއެވެ. ނަމަވެސް ހަފްތާއެއްހާ ދުވަސްކުރިން އަފްގާނިސްތާނުން ނިކުމެފައިވާ ބައެއް ރެފިއުޖީން އެސަރަޚައްދުގައި އުޅެމުން އަންނަތަން ފެންނަމުންދާކަމަށް އެގައުމުން ވަނީ ހާމަކޮށްފައިވެއެވެ. މިގޮތުން އަފްގާންގެ ރެފިއުޖީންނަށް ހުރަސްއެޅުމަށް ތުރުކީއިން ވަނީ ބޯޑަރުގެ ކައިރީގައި ތިން މީޓަރުގެ އުސްފާރެއް ރާނާފައެވެ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ކުޅިވަރު ޑިޕޭގެ ލަނޑުން ބިލްބާއޯގެ އަތްދަށުނުވެ ބާސާ ސަލާމަތްވެއްޖެ ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބާސެލޯނާއިންނެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު ބާސާގެ ފޯވާޑް ބްރެތުވައިޓަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބިލްބާއޯއިން ވަނީ ބާސާގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ފްލެޓުތައް ކޮމިޝަންކޮށް ނިމެންދެން ހިޔާ ފްލެޓުތަކަށް ކަރަންޓު ނުދޭނެ ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަން ކޮށް ނިމެން ދެން ކަރަންޓުދިނުން މެދުކަނޑާލައިފިއެވެ. ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލީ ވަގުތީގޮތުން ކަމަށެވެ. ކަރަންޓު ދިނުން މެދުކަނޑާލީ މިިދިޔަ ހުކުރު ދުވަހު ހިޔާ ޓަވަރެއްގެލިފްޓު ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެން އެޗްޑީސީގެ އެންގުމާ އެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނީ އެ މަސައްކަތްތައް ނިމި، ޚިދުމަތް ދިނުން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ސިޓީއާއި ލިވަޕޫލަށް ވެސް މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ލިވަޕޫލުން ވެސް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ. ހޮނހިރު ދުވަހުގެ ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާއި ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖަހާފައި ވަނީ މެޗުގެ 07 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ނޯވިޗްގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ މުލިޔާގެ ކުރިމަތީގައި ހުރެ ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާޣެ ކުރިމަތީގައި ހުރެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ އާ އެކު އެވަގުތު އިތުރު މީހަކު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އެމީހާ ވަނީ ޖެހިގެން އައި ދުވަހު ދޫކޮށްލާފައެވެ. ބަންދުގައި ބަހައްޓާފައި ވަނީ އަތުގައި ބޮން އޮތް ކަމަށް ބުނި މީހާއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައިފި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރަކަށް ވުމަށް މި މަހުގެ 24 ގެ މެންދުރު ދޭއްގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ވަނީ ހުޅުވާލާފައެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ މަޖިލީހުގެ 9 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުތަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން ދ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ނޭކުރެންދޫގައި އަޅާ ކަރެކްޝަންސް ބިލްޑިންއާ ގުޅިގެން މިނިސްޓަރ އިމްރާނަށް ސުވާލު! ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރާ ގުޅޭގޮތުން ދާއިރާގެ މެމްބަރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ސުވާލުކުރުމަށް ހުށަހަޅުއްވައިފިއެވެ. ހދ. ނޭކުރެންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ނޭކުރެންދޫ ކަރެކްޝަން ސެންޓަރާ ގުޅިގެން މިނިސްޓަރ އިމްރާން އާ ތިން ދުވާލެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން އެ ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ އާއި، އެތަނުގެ މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މެމްބަރަށް ދިނުމަށް ވެސް އެދިފައިވެއެވެ. މީގެ އިތ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ރައީސް ޔާމީންގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑު އެހުން މާދަމާ އަށް ތާވަލްކޮށްފިއެވެ. މާދަމާ އަށް ތާވަލްކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެވެ. މި ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ. މި މައްސަލައާއި ގުޅޭ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. އެ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން