ތިލަދުންމަތީ ޚަބަރު ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަނިމާދޫގެ މިސްކިތްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ 24 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުއެވެ. ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް އޯގަސްޓް މަހުގެ 27 ވަނަ ދުވަހާ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އިސްލާމް، ޤުރްއާން މުދައްރިސުންނާއި، އިމާމުންގެ ގަދަރު ކުޑަކުރަން ކުރާމަސައްކަތް ހުއްޓާލަން ގޮވާލައިފި އިސްލާމް މުދައްރިސުންނާއި، ޤުރުއާން މުދައްރިސުންނާއި، ދީނީ ޢިލްމް ވެރިންނާއި އަދި އިމާމުންގެ ގަދަރު ކުޑަކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވައިލައްވައިފިއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، އިސްލާމް މުދައްރިސުންނާއި، ޤުރުއާން މުދައްރިސުންނާ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ހިޔާ ފްލެޓު ލިފްޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުން މެދުކަނޑަލައިފި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ފްލެޓުތަކަށް ކަރަންޓު ދިނުން މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯ އިން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައި އޮތީ ޓަވަރު ތިނެއް އަދި ހަތަރެއްގެ ފްލެޓުތަކަށެވެ. ނަމަވެސް އެ ޓަވަރުތަކުގެ ލިފްޓުތަކަށް ދިމާވި ޓެކްނިކަލްމައްސަލައަކާ ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނިގޮތުގައި ކޮންޓްރެކްޓަރު މެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ލިބޭ ގެއްލުމަށް ހައްލު ހޯދަން ހުށަހަޅަނީ އއ. ވެލިގަނޑު ރިސޯޓާއި، ވެލިފިނޮޅު ތަރައްގީކުރުމުގައި އއ. ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ފަރަށް ލިބެމުންދާ ގެއްލުމަށް ދާއިމީ ހައްލެއް ހޯދައިދީ އެ އެ މަސައްކަތް ހުއްޓުވުމަށް ސަރުކާރަށް ހުށަހަޅަން އއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތަށް މަޑިވަރު ފަރުން ވެލިނެގުމުގެ ސަބަބުން ތިމާވެއްޓަށާއި، އެ ސަރަޙައްދުގު ޤުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުކުރުމާއި، ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދިމާވާނެތީ، އެ ސަރަހައްދުގައި ވަގުތީގޮތުން މަސައްކ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިވާދޫ ފުޓްސަލް ދަނޑުގައި ގަބުރު ހުރިތޯ ބަލަން ކޮނެފި ހދ. ނައިވާދޫ ފުޓްސަލް ދަނޑު ސަރަހައްދުގައި ގަބުރު ހުރިތޯ ބެލިބެލުމުން ކޮނުނު ކޮނުމުން، އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ. ނައިވާދޫ ކައުންސިލުން ވިދާޅުވީ، ފުޓްސަލް ދަނޑު ސަރަހައްދުގައި ގަބުރު ހުރިތޯ ބެލުމަށް އެ ސަރަހައްދުގެ 7 ތަނެއް ކޮނެގެން ބެލިކަމަށާއި އެ އެއްވެސް ތާކުން ގަބުރެއް ފެނިފާ ނުވާކަމަށެވެ. އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަބުރު ހުރިތޯ ބެލުމަށް ނިންމީ މިއަހަރުގެ […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ މަހްލޫފްއަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެއްކެއް ނުހޯދަން: ފުލުހުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވެފައި ވަނީ، މަހުލޫފުގެ މައްސަލާގަައި ފުލުހުންނާ ގުޅިގެން މައްސަލައަށް ކޮންމެހެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހޯދަމުންދާ ކަމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން... އަލީ އާދިލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ތާލިބާނުން އަފްގާނިސްތާންގެ ނަން ބަދަލުކޮށްފި އަފްގާނިސްތާންގެ ވެރިކަމުގެ ކޮންޓްރޯލު މިހާރު ހޯދާފައިވާ ތާލިބާނު ޖަމާއތުން އެ ގައުމުގެ ނަން ބަދަލުކޮށްފިއެވެ. އަފްގާނިސްތާންގެ އާ ނަމަކީ، “އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާން”ކަން އެ ޖަމާއަތުން މިހާރު ވަނީ ޢިއުލާން ކޮށްފައެވެ. ތާލިބާން ޖަމާއަތުން އަފްގާނިސްތާންގެ ނަން ބަދަލުކޮށްފައިވާއިރު، އެ ގައުމުގެ ދިދައާއި، ގައުމީ ނިޝާން ވެސް ވަނީ ބަދަލުކޮށްފައި ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަފްގާނިސްތާން އަލުން ތާލިބާން ބާރުގެ ދަށަށް ގެނެސްފައިވާއިރު، ވެރިރަށް ކާބުލްއަށް ތާލިބާ... ހުސައިން ހަބީބް · 5 އަހަރު ކުރިން
ރާއްޖެ ރައީސް މާލެ ވަޑައިގެންފި ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފިއެވެ. ތ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ކުރު ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަތް ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން އެ އަތޮޅު ތިމަރަފުއްޓަށާއި، ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ. ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ބައެއް ތަންތަނ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ މިދިޔަ ކުއާޓަރުގައި އޭސީސީން ޕީޖީއަށް ފަސް މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފަސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަން އިން އާންމުކުރި މައުލޫމާތައް ބަލާއިރު، އެ ފަސް މައްސަލަ ވެސް ހުށަހަޅާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެގޮތުން މަހުގެ ފުރަތަމަ ދުވަހު 3 މައްސަލަ، 7 ވަނަ ދުވަހު މައްސަލައެއް އަދި 22 ވަނަ ދުވަހު އެއް މައްސަލަ ހުށަހަޅާފައިވެއެވެ. އެ ކޮމިޝަނުން ހުށަހަޅާފައިވާ ފަސް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި ސްޓީވީ އެވޯޑްސްގެ ފާހަގަކޮށްލެވޭ އެވޯޑުތަކެއް އުރީދޫއަށް ލިބިއްޖެ 18ވަނަ ސްޓީވީ އިންޓަނެޝަނަލް ބިޒްބަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް ގައި އުރީދޫ އަށް ފާހަނގަކޮށްލެވޭ އެވޯޑުތަކެއް ލިބިއްޖެއެވެ. އެ ކުންފުންޏަށް ސްޓީވީ އެވޯޑްސްގެ ތިން އެވޯޑެއް ލިބިފައިވާއިރު މިއީ ކޯވިޑް-19އާ ގުޅިގެން އެ ކުންފުނިން ފޯރުކޮށްދިން ހިދުމަތްތަކާއި މޫލީ އަދި އެމް ފައިސާއަށް ލިބުނުއެވޯޑުތަކެކެވެ. އެގޮތުން ކޯވިޑްގެ ދުވަސްވަރު ފޯރުކޮށްދިން ހިދުމަތަށް ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގެ ބްރޮންޒް އެވޯޑާއި އޭޝިއާ ޕެސިފިކްގެ ސިލްވާލިބުނުއިރު މޫލީ އާއި އެމް ފައިސާގެ ހިދުމ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ޓީއެންއޭގެ ހުށަހެޅުންތަކަށް، މިނިސްޓްރީއާއި ދަރިވަރުންނާ ދެމެދު މަޝްވަރާކޮށްފި ނެޝަނަލް ޓްރެއިނިންގ ނީޑްސް އެނާލިސިސްއިން، މީހުން ބިނާ ކުރުމުގައި އިސްކަންދޭން ބޭނުންވާ ދާއިރާތައްކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުން، ފުރަތަމަ ޑިގްރީ ހެދުމަށް ދަރިވަރުންނަށް މަގުފަހިކުރެވޭނެ ގޮތްތަކާމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާ ދަރިވަރުންނާ މެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ 60 ދަރިވަރުންނަށް ދަޢުވަތު ދީގެން ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސް ބައެއް ވެރިންނާއި މުވައްޒަފުން މިބައްދަލު... ޝިއުނާ އާދަމް · 5 އަހަރު ކުރިން
މަޖިލިސް ރިހެބިލިޓޭޝަން ސެންޓަރތަކަށް ޒިޔާރަތްކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތްކުރަން ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މައްސަލަ ބަލަން ފެށީ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން ކޮމިޓީން ނެރުނު ބަޔާނުގައި ބުނީ ޕެޓިޝަންގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު އެންޑީއޭއަށާއި، އޭގެ ދަށުން ހިންގަމުން އަންނަ ރިހެބް ސެންޓަރުތަކަށް ޒިޔާރަ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ސައްހަނޫން ސްލިޕެއް ފޮނުވައިގެން ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި އެވެ. ފުލުހުން ވިދާޅުވީ، މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު މާލޭގެ ފިހާރައަކުން، އޮޅުވައިލާއިގެން މަކަރާއި ހީލަތުން ކޮށްފައިވާ މި ވިޔަފާރީގަ ހިމެނޭ ތަކެތި ހޯދައި އެ ތަކެތީގެ ވެރިފަރާތާ މިހާރު ހަވާލުކުރެވިފާ ވާކަމަށެވެ. މަކަރާއި ހީލަތުން ފޭކް ސްލިޕެއް ފޮނުވައިގެން އެ މީހާ ވިޔަފާރި ކޮށްފައި ވަނީ، މާލޭގައި ހިންގާ ޑައިވް ޝޮޕަކުންނެވެ. އެތަނުން ޑައިވް ކޮމްޕްރެޝަރަކާއި […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ލައިގެން ހުރި ކޯޓާއި ބައެއް އަންނައުނު ނޫން އެއްޗެއް ނުގެންނަން: ގަނީ ގައުމު ދޫކޮށް ވަޑައިގަތީ ފައިސާ ހިއްޕަވައިގެން ނޫންކަމަށް އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ ވިދާޅުވެއްޖެއެވެ. އެކުވެރި އަރަބި އިމާރާތުގައި ހުންނަވާ ފޭސްބުކް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ގަނީ ވިދާޅުވެފައިވަނީ އޭނާ ޤައުމު ދޫކުރެއްވި އިރު އެއްވެސް ފައިސާއެއް ގެންގޮސްފައިނުވާނެކަމަށެވެ. ގައުމު ދޫކޮށް ވަޑައިގަތްއިރު މިލިއަނުން ފައިސާ ގެންގޮސްފައިވާ ކަމަށް އޭނާގެ މައްޗށް ކުރަމުން އަންނަ ތުހުމަތުތަކަށް އިންކާރުކުރައްވާ މި ވީޑިއޯގެ ޒަރިއްޔާއިން މިކަމާއި ބެހޭގޮތުން ވާހަކަފުޅުދައްވަމ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ ކުޑަ ކުއްޖާގެ މަރުގެ މައްސަލަ: ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ދެމީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަން ތައްޔާރު ވެފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އޭގެ ތަފްސީލްތައް ހިއްސާކުރައްވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ އުމުރުން 27 އަހަރުގެ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން