ތިލަދުންމަތީ ޚަބަރު ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަނީ ހދ. ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށް ފިނޭންސް މިނިސްޓްރީގެ އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ދެ ހަފުތާއަށްފަހު އަބޫދާބީން ރާއްޖެ ގްރީން ލިސްޓަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ ނެގިތާ ދެ ހަފުތާ ފަހުން އަނެއްކާ ވެސް އެ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ. އެ ގައުމުން ބުނީ މިއަދުން ފެށިގެން ރާއްޖެއިން އަބޫދާބީއަށް ދާ އެއްވެސް މީހަކު ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެ ގައުމުން ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޯވިޑް-19 ފެތުރެމުން އަންނަ ވަރަށް ބަލައެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން 58 ގައުމެއް ވަނީހިމަނައިފައެވެ. އަބޫދާބީގެ ގްރީން ލިސްޓުގައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމުން އިތުރު 23 މީހުން ޕޮޒިޓިވްވެ، އަދަދު 63 އަށް ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް އިތުރު 23 މީހުން ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 63 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އޯގަސްޓް 30 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކެއްގެ ނަތީޖާ ރޭގައި ލިބުނުއުރު އިތުރު 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ނެގެމުން އަންނަނީ 28 އޯގަސްޓް ކްލަސްޓާއާއި ގުޅުންހުރި މީހުންގެ ސާމްޕަލްތައް ކަމަށާއި، އަދި ރެންޑަމް ސާމްޕަލް ނެގުމުގެ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ގްރޭޑް 1 ގެ "ކްރިއޭޓިވް އާރޓްސް" މާއްދާގެ ދަރިވަރުންގެ ފޮތެއް ނޯންނާނެ: އެޑިއުކޭޝަން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 1 ގައި ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ ‘ކްރިއޭޓިވް އާރޓް’ މާއްދާ ކިޔަވަދޭއިރު ދަރިވަރުންގެ ފޮތެއް މިއަހަރު ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގުރޭޑު 1 ގެ މުޤައްރަރުތައް އިސްލާޙު ކޮށްފައިވާތީ 2021 ގެ ދިރާސީ އާ އަހަރު ގުރޭޑު 1ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، މި ގެނެވުނު އިސްލާޙާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތް ބައެއްކަމަށެވެ. އެގޮތުން […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ކުޑަފަރީ ކައުންސިލް! ނ. ކުޑަފަރީ ކައުންސިލުން ދުނިޔޭގެ މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް ތެދުވެއްޖެއެވެ. ކުޑަފަރީ ކައުންސިލުން މިކަމުގައި އިސްނަގާފައި މިވަނީ ުނިޔެ ހޫނުވުމަށް މަގު ފަހި ކުރާ ގްރީން ހައުސް ގޭސް ޖައްވަށް ދޫ ކުރާ މިންވަރު މަދުކުރުމަށާއި ފޮސިލް ފިއުލް ބޭނުން ކުރުމާ ދެކޮޅަށް ރާއްޖެއިން ވަކާލާތު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން ކުޑަފަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ގްރީން ހައުސް ގޭސްތައް ބޭރު ކުރާ މިންވަރު މަދުވި ނަމަވެސް، ދުނިޔެ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާގެ ކުޑަކުދިންނަށް އޮންލައިން ގޭމްތަކުން ނުރައްކާ ބޮޑުވާތީ، ގޭމް ކުޅެވޭ ވަގުތު މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް ޗައިނާގެ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އޮންލައިން ގޭމްތަކުގެ ސަބަބުން ނުރައްކާ ބޮޑުވެފައިވާތީ، ގޭމް ކުޅެވޭ ވަގުތު މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ. އެޤައުމުގެ އޮންލައިން ގޭމިންގް ޕްލެޓްފޯމްތަކުން ބުނެފައިވަނީ ގޭމް ކުޅުމަށް ކުޑަކުދިން އެޑިކްޓްވެފައިވާކަމަށާއި، މިކަމަށް އޮތް ހަމައެކަނި ހައްލަކީ ގޭމް ކުޅުމަށް ހޭދަވާ ވަގުތު މަދުކުރުންކަމަށެވެ. ބްލޫމްބަރގް ސައިޓިންގެ ސްޓޭޓް މީޑިއާއިން އާންމުކޮށްފައިވާ ގޮތުގައި އަންނަ ހަފްތާއިން ފެށިގެން އޮންލައިންކޮށް ގޭމް ކުޅެވޭނީ ހަތްފާއަ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ ރިހިވެލި ރިސޯޓަށް އަރާ ބަޔަކު ހަމަނުޖެހުން ހިންގަނީ ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4 ޖެހި އިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އިތުރު ހަމަނުޖެހުމެއް ހިންގިޔަ ނުދިނުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެރަށަށް އަރާ ތިބި މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫ އަންހެނުންގެ ކޮމިޓީން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި ހއ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މުރައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޝިފާޒާ މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެ ކޮމެޓީން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގައި ހިޔާދޭ ގަސްތައް އާލާކޮށް ހެއްދުމުގެ މަގްޞަދުގައި ކަމަށެވެ. ރަށުގެ ބައެއް ސަރަހައްދުތަކުގައި ހިޔާދޭ ބޮޑެތި ގަސް މަދުވުމުގެ ސަބަބުން ވަރަށް ހޫނުގަދަކަން ފާހަގަ ކުރައްވ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި، ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރަނީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. މާފަރުގައި އަޅާފައިވާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައއވާ ވާހަކަފުޅު ދައްކަވަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް، ބޭފުޅަކު އައްޔަން ކުރައްވައިފި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް އެވެ. އަލްއުސްތާޛާ މަރްޔަމް ޝަމްޢާ މި މަގާމަށް އައްޔަން ކުރެއްވުމުގެކުރިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭގެ ކުރިން ހިއ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން ތަރައްގީކުރުމުގައި ހުރަހެއް ނޯންނާނެ: ފިއްލަދޫ ކައުންސިލް ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން އެތަން ތަރައްގީކުރުމުގައި، އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމަކު ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ. އެކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށެވެ. އަދި އެކަމާއިގުޅިގ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި ވެމްކޯއިން ކުނި ނަގާ އުސޫލަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފިއެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވެމްކޯއިން ވަނީ މަގުމައްޗަށް ކުނި ނެރުމަށް ގޭބިސީތަކަށް އަންގައިފައެވެ. ނަމަވެސް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުނިބަހައްޓަން ޖެހޭނީ އެ އިމާރާތެއްގެ އެންމެ ތިރީ ފްލޯގައެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތުގެ ތިރީ ބަޔަށް ވަދެވޭ ގޮތް ހަދާފައި ހުންނަން ޖެހޭނެ ކަމަށެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ލާދީނީ ވާހަކަތަކަށް ބާރުދޭ ބަޔަކު ބުނެގެން އިސްލާމް ފޮތްތައް ބަދަލުކޮށްގެން ނުވާނެ: އިލްމުވެރިންގެ ގުޅުން ރާއްޖޭގައި އިސްލާމް މާއްދާ ކިގަވައިދޭން ބޭނުންކުރަމުން އަންނަ އިސްލާމް ފޮތްތަކުގައި ހަރުކަށި ފިކުރަށް ބާރުދޭ ފަދަ ވާހަކަތަކެއް ހުރި ކަމަށް ލާދީނީ ފިކުރާ އެއްގޮތަށް ވާހަކަ ފަތުރާ ބަޔަކު ބުނެގެން ސިޔާސީ މަގްސަދެއްގައި އެ ފޮތަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ. އިސްލާމް ފޮތްތަކުގައި ހަރުކަށި ފިކުރަށް ބާރުދޭ ވާހަކަތަކެއް ހުރި ކަމަށާއި، ފޮތް ބަދަލުކުރުމުގެ ވާހަކަތައް ފެންމަތިވެފައިވަތީ އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިސްލާމް މު... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ސުޕަރލީގު ފުޓު ބޯޅަ މުބާރާތް، އަންނަ އަހަރަށް ފަސްކޮށްފި ހއ. ކެލާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސުޕަރލީގު ފުޓު ބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި އެވެ. ސުޕަރލީގު ފުޓުބޯޅަ މުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަށުފެންވަރުގެ މުބާރާތެކެވެ. ނަމަވެސް، 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން އެ އަހަރުގެ މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. މި މުބާރާތަކީ ކެލާ ކައުންސިލާ އެރަށުގައި ހިންގާ ކުލަބް ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި އިސްލާމިކް ބޭންކުގެ ގްލޯބަލް ޕޭ ތައާރަފުކޮށްފި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ޕޭމަންޓް ގޭޓްވޭ ‘އެމްއައިބީ ގްލޯބަލް ޕޭ’ ތައާރަފު ކޮށްފިއެވެ. މި ގޭޓްވޭ މެދުވެެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބައިނަލްއަގުވާމީ ކާޑުތައް ބޭނުންކުރެވޭނެކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީ ގްލޯބަލް ޕޭގައި ބޭނުންކުރަނީ މާސްޓަ ކާޑް ޕޭމަންޓް ގޭޓްވޭއެވެ. މި ގޭޓްވޭއަކީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗާތަކެއް ހިމެނޭ ގޭޓްވޭއެއް ކަމަށް އިސްލާމިކްބޭންކުން ބުންޏެވެ. އެމްއައިބީ ގްލޯބަލް ޕޭއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ބޭންކުން ބުނީ މި ގޭޓްވޭ މެދު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން