ތިލަދުންމަތީ ޚަބަރު ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން 21 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި އެ ރަށުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް އަމިއްލަ ތަކެތީގައި ހަދައިދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 29 ސެޕްޓެމްބަރ 2021 ވާ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓު ގެންގޮސްފި ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވަނީ މި މަހުގެ 19ގައެވެ. މި މަޝްރޫއުގެ ދަށުން، ހއ. ހޯރަފުށީގެ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 90.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުން ސިޔާސީ ފިކުރު އެކަހެރިކޮށް އެއްބައިވަންތަ ރޫހެއްގައި ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅާފައިވާއިރު އެ މަސައްކަތުގައި ކުރިއަށް ދަނީ ސިޔާސީ ފިކުރު އެކަހެރިކޮށް ރަށުގެ ކުރިމަގަށްޓަކައި އެއްބައިވަންތަ ރޫހެއްގައެވެ. ފިއްލަދޫ ރައްޔިތުންގެ ފަރާތުން މިއަދު ހުށަހެޅި ޕެޓިޝަންގައި އެދިފައި ވަނީ ކުރިން އޮތްގޮތަށް ދައްޕަރަކީ ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ތަނެއް ގޮތު... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ދުނިޔޭގެ އެންމެ ލަގްޒަރީ 18 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ 2 ރިސޯޓެއް ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގައި ރާއްޖޭގެ 2 ރިސޯޓެއް ހިމެނިއްޖެއެވެ. ދުނިޔޭގެ 18 ހޮޓަލެއް ހިމެނިފައިވާ މިލިސްޓުގެ 5 ވަނަ އަދި 9 ވަނައިގައި ރާއްޖޭގެ ރިސޯޓްތައް ވަނީ ހިމެނިފައެވެ. މިގޮތުން 5 ވަނައިގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހިމެނިފައިވާއިރު، އަދި 9 ވަނައިގައި އޮތީ އަމިއްލަ މޯލްޑިވްސް ރިސޯޓްއެވެ. މި ލިސްޓްގެ 3 ވަނައިގައި އޮތް ކޮންޑްރެޑް މޯލްޑިވްސްއާއި ބެހޭ ގޮތުން ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، އެރިސޯޓްގައި ކަނޑުގެ އަޑީގައި އިމާރާތްކޮށްފައިވާ ރެސްޓޯރެންއެވެ. އަދި […] އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް ހުށަހަޅައިފި ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅައިފި އެވެ. މި ޕެޓިޝަންގައި ފިއްލަދޫގެ 467 ރައްޔިތަކު ސޮއިކޮށްފަވެއެވެ. މި ޕެޓިޝަން އަކީ ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން އެރަށާއި ގުޅިފައިވާ ދައްޕަރު ވަކިކުރުމާއި ގުޅިގެން އެ ނިންމުން ބާތިލުކޮށް އަލުން ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށަށް ގެނައުމަށް އެދި ހުށަހަޅާ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާއުނގޫދޫގައި އަންނަ މަހު ފެހުމުގެ އެޑްވާންސް ކޯހެއް ފަށަނީ ށ. މާއުނގޫދޫގައި އަންނަ އޮކްޓޯބަރު މަހު “ފެހުމުގެ އެޑްވާންސް ކޯހެއް’ ފަށަން ނިންމައިފިއެވެ. މި ކޯހަކީ މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. އަދި މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮމިޓީން މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 14:00 ކުރިން ބައިވެރިވާން އެދޭ ފޯމު ފުރުމަށްފަހު އެރަށު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެން ބޭނުންފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ. އިހަވަންދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވާގޮތުން އެރަށު ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އެހެންކަމުން އެކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދު ޑިޒައިންކޮށް ދޭން ބޭނުންވާ ފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅު... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއަށް ވަނީ ކާމިޔާބީއާ ހަމައަށް އާދެވިފައި: ރައީސް ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ. ގެ މައި އިދާރާގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ އިއްޔެ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އަލިފާން ފަރުބަދައެއް ގޮވައި، ސްޕޭންގެ ލަ ޕާމާގެ އާއިލާތަކެއް ހާލުގައި ޖެހިއްޖެ ސްޕޭންގެ ރަށް ބޭރުގައި އޮންނަ ލަ ޕާމާ ކިޔާ ރަށުގައި އަލިފާން ފަރުބަދައެއް ގޮވައި 5000 ހެއްހާ މީހުންގެ ގެދޮރަށް ގެއްލުންވެ ހާލުގައި ޖެހިއްޖެއެވެ. އަލިފާން ފަރުބަދަ ގޮވި ބާރުމިނުގައި ވިއްސައިގެން ދިޔަ ބޮޑެތި އަލިފާން ގަނޑުތައް މީހުން ދިރިއުޅޭ ގެތަކުގެ މައްޗަށް ވެއްޓެމުން އަންނަކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފަވެއެވެ. އެހިސާބުގައި ގިނަ އަދަދަކަށް އަލިފާން ފަރުބަތައް ގޮވަމުން އަންނަކަމަށާއި 5000 އެއްހާ މީހުން ހާލިގައި ޖެހި ރައްކާތެރި ހިސާބުތަކަށް ގެންސިއުމުގެ މަސައްކަތް ކުރަމުން އަންނަ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ވިޔަފާރި ތުޅާދޫ ފަޅު އަލުން ފުން ކުރުމުގެ މަސައްކަތް ފަށައިފި ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 15 ގައެވެ. މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މިއީ 10.13 މިލިއަނ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ގްރަނާޑާ އަތުން ބާސެލޯނާއަށް ޕޮއިންޓެއް ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ގްރަނާޑާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ސީޒަންގައި ބާސެލޯނާއިން ނެރެމުންދާ ދަށް ނަތީޖާތަކާއިއެކު އެ ޓީމްގެ ކޯޗް ރޮނާލްޑް ކޫމަންއަށް ޕްރެޝަރ ބޮޑުވެފައި ވާ މި ދަނޑިވަޅުގައި މި މެޗުން އެއްވަރުވުމުން އެ ޕްރެޝަރ އިތުރަށް ވަނީ ބޮޑުވެގެން ގޮސްފައެވެ. ނިމިދިޔަ ހަފްތާގައި ޗެމްޕިއަންސް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި ކައްކަން ދަސްކޮށްދޭ ކޯހެއް ފަށަނީ ހދ. ހަނިމާދޫ ގައި ކައްކަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ނިންމައިފިއެވެ. މި ކޯސް އިންތިޒާމް ކޮށްފައިވަނީ ހަނިމާދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންނެވެ. ހަނިމާދޫ ކައުންސިލް އިން ނެރުއްވާފައިވާ އިއުލާނެއްގައި ވާގޮތުން މި ކޯސް އަމާޒުކޮށްފައި ވަނީ ހަނިމާދޫ ގައި ތިބި ކެއްކުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށެވެ. މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ސިޓީ އަދި އެ ފަރާތުގެ އައިޑީ ކާޑު ކޮޕީ އެ ކައުންސިލްގެ އިދާރާ އަށް ހުށައަޅައި ނަންނޯޓުކުރެވޭނެ ކަމަށް […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ ޑރ. މައުސޫމް ޖޭޕީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ. ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ދެންއޮންނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިންތިޚާބު ބާއްވާއިރު ޕާޓީގެ “ރައީސް” ކަމަށް ކުރިމަތި ލުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ. ޑރ. މައުސޫމް ވަނީ ޖޭޕީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ރާއްޖެއިން ސިންގަޕޯއަށް ކަނޑައަޅުއްވ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށިން އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި ކުޅުދުއްފުށި ސިޓީން އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ. އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލް އަކީ މިއަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލް އެކެވެ. މި ފެސްޓިވަލް އިންތިޒާމް ކުރެއްވުމުގެ މަސައްކަތް ކުރަމުން ގެންދަވަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިންނެވެ. އަދި ފެސްޓިވަލުގެ ހަރަކާތްތައް ބޭއްވުމަށް އެ ސެންޓަރުން ގަސްތުކޮށްފައިވަނީ މާލެ ސިޓީގައެ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ ހއ. ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް އެރަށު އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީން ވިދާޅުވެއްޖެ އެވެ. އެ ކޮމިޓީން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އެ ސަރަހައްދު ތަރަށްގީ ކޮށްދެން ޖެހޭނީ އެ ކޮމިޓީން ދެއްވާ މައުލޫމާތާއި އެއްގޮތަށް އެ ފަރާތެއްގެ އަމިއްލަ ތަކެތީގައި ކަމަށެވެ. މިފަދައިން އެ މަސައްކަތް ކޮށްދެން ޝައުގުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފު ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން