ވިޔަފާރި އާއިލާ އާއިއެކު ޗުއްޓީ ހޭދަކޮށްލަން އެންމެ ހިތްގައިމު 7 މަންޒިލް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެތައް ހާސް އާއިލާއެއް ތިބީ ޗުއްޓީ ހޭދަކޮށްލަންވެސް ނުދެވި އެފަދަ ފުރުސަތެއް ފަހިވާނެ އިރެއްގެ އިންތިޒާރުގައެވެ. ކޯވިޑުން ރައްކާތެރިވުމަށް ގިނަ ވެކްސިންތަކެއް އީޖާދުކޮށް، ބަލިން އަރައިގަތުމުގެ ކޮޅުމަތި ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ދަތުރުފަތުރު ކުރުމުގައި މަޑުމަޑުން ލުއިތައް ދެމުންނެވެ. އެހެންކަމުން ދަތުރެއް ކޮށްލަން ފުރުސަތަކަށް ބަލަބަލާ ތިބި ޢާއިލާތައް މިހާލަތުން ވީއްލުމާއެކު ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ހިތްގައިމު 7 މަންޒިލެއް ޔޫ.އެ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ވިޔަފާރި ޑެވޮންޑޭލް ކިރުގެ މަތިމަހެއް ހަދައިގެން ހަދިޔާއެއް ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ. ޑެވޮންޑޭލް ކިރު ބުއިމަށްފަހު، ކިރުން މަތިމަހެއް ހަދައި އޭގެ ފޕޓޯ ސޯޝަލް މީޑިއަަގައި ޝެއާކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މިގޮތަށް ފޮޓޯ ޝެއާ ކުރަން ޖެހޭނީ އެސްޓީއޯ ސުޕަމާޓު ޓެގުކޮށް ހޭޝްޓެގް “ޑެވޮންޑޭލްމިލްކްމަސްޓޭޗް” ޖަހައިފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންމަ މަހުގެ ފަހެއްގެ ނިޔަލަށެވެ. ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތް މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އެެސްޓީއޯ ހޯ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ އިމަގުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާ، ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެނީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމްޢިއްޔާގެ ފަރާތުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާއި، ޒަމާނީ ވޮލީ ކޯޓެއް ތަރައްޤީ ކޮށްދޭން ނިންމައިފިއެވެ. އިމަގު ޖަމްޢިއްޔާއަށް މި އަހަރުގެ ޖޫން މަހު ފަންސަވީސް އަހަރު ފުރިފައިވާއިރު، އެ ޖަމްޢިއްޔާއަށް ފަންސަވީސް އަހަރު ފުރުމުގެ މުނާސަބާއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އިހަވަންދޫގައި ޒުވާނުން ކުޅިވަރު ކުޅުމަށް މިހާރު ހުރި ފެސިލިޓީސް މަދުވުމުގެ ސަބަބުން އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އިމަގުން އިސް ނަގައިގެން އެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މެލްބަން ކައިރިއަށް 6.0 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެ އޮސްޓްރޭލިއާގެ މެލްބަން ކައިރިއަށް 6.0 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމުގައި އިމާރާތްތައް ގުޑައި އެކި ވަރުގެ ގެއްލުންތައްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިއީ އޮސްޓްރޭލިއާއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ބިންހެލުންކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. އޮސްޓްރޭލިއާގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ހެދުނުގެ ޕްރޮގްރާމްގެ ލައިވްގައި ބިންހެލުމުގެ އަސަރު ވިޑިއޯ ފޫޓެޖްއިން ވަނީ ފެނިފައެވެ. އަދި އެ ކޯޕަރޭޝަނުންވަނީ މިމަންޒަރު މީޑިއާއާއި ހިއްސާކޮށްފައެވެ. https://twi... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ވިޔަފާރި އެމްޑަބްލިއުއެސްސީއާ ގުޅިގެން ރަސްފަންނުގެ ފެން ތަހުލީލް ކުރަނީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ގުޅިގެން ރަސްފަންނުގެ ފެން ތަހުލީލް ކުރަން ފަށައިފިއެވެ. އީޕީއޭއިން ބުނި ގޮތުގައި ރަސްފަންނަށް މިދިޔަ ހަފުތާގައި އެޅިފައި ހުރި ތެޔޮ މިހާރު ވަނީ ނަގައިފައެވެ. ނަމަވެސް އަލުން އެ ސަރަހައްދު ހުޅުވޭނީ ތަހުލީލުތައް ހަދާފައި ކަމަށް އެ އިދާރާއިން ބުންޏެވެ. އެ އިދާރާއިން ބުނިގޮތުގައި ރަސްފަންނުގެ މޫދު ރައްކާތެރިތޯ މިހާރު ދަނީ އެމްޑަބްލިއުއެސްސީއާ ގުޅިގެން ބަލަމުންނެވެ. އެގޮތުން މިހާރު ބަލަނީ މޫދުގައި ހައިޑްރޯ ކާބަން ހުރި ވަރެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ފައިޒާ ވެކްސިންއަކީ ކުޑަކުދިންނަށް އެންމެ ރައްކާތެރި ވެކްސިންކަމަށް ބުނެފި ކޯވިޑް-19 އިން ދިފާއުވުމަށްޓަކައި ޖަހަމުންއަންނަ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިންއަކީ ކުޑަކުދިން އެ ބަލިން ރައްކާތެރިކުރުމަށް މިހާތަނަށް ހޯދުނު އެންމެ ރައްކާތެރި ވެކްސިންކަމަށް ފައިޒާ އުފައްދާ ކުންފުނިތަކުން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ފައިޒާ ވެކްސިން މިހާތަނަށް ޖަހައިފައިވާ ބޮޑެތި މީހުންނަށް ޑެލްޓާ ވޭރިއަންޓްއިން ކޮށްފައިވާ އަސަރު ކުޑައެވެ. އަދި ފައިޒާ ވެކްސިންއަކީ ކުޑަކުދިން ޖަހަން އެންމެ ރައްކާތެރި ވެކްސިންކަމަށް އެ ކުންފުނިން ބުންޏެވެ. 5 އަހަރާއި 11 އަހަރާއި ދެމެ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ކުޅިވަރު ފަހަތުންއަރާ ގެޓާފޭ ބަލިކޮށް އެތުލެޓިކޯ މެޑްރިޑް އެއްވަނައަށް ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ ގެޓާފޭއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ގެޓާފޭއިން ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތު ކާމިޔާބު ކޮށްފައިވާއިރު، މިއީ 2011 ވަނަ އަހަރުގެ ފަހުން ގެޓާފޭއަށް އެތުލެޓިކޯގެ ގޯލަށް ވައްދާލެވުނު ފުރަތަމަ ލަނޑެވެ. މި ލަނޑު ގެޓާފޭއަށް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ސިކްސް ސެންސަސް ގެ ދަށުން ކަނުހުރާ އަންނަ އަަހަރު ހުޅުވަނީ ޅ. ކަނުހުރާގައި ތަރައްގީކޮށްފައިވާ ރިސޯޓު ސިކްސް ސެންސަސް ގެ ދަށުން އަންނަ އަހަރު ހުޅުވަން ނިންމައިފިއެވެ. މިއީ ސިކްސް ސެންސަސް ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. މި ރިސޯޓު ހުޅުވާނީ އަންނަ އަހަރުގެ ފަހުކޮޅުކަމަށް އެ ކުންފުނިން ބުނެއެވެ. ކަނުހުރާ ރިސޯޓާ ސިކްސް ސެންސަސް އިން މިހާރު ހަވާލުވެފައިވާއިރު ކުރިން އެ ރިސޯޓު ހިންގީ މޮރިޝަސްގެ ސަން ރިސޯޓްސް އިންނެވެ. ނަމަވެސް ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ވަނީ މި އަހަރުގެ ކުރީކޮޅު ކަނުހުރާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކޮލަމް ރައީސް ޞާލިޙު އދ.ގައި ދެއްވި ތަޤުރީރުގައިވާ މައުނަވީ އަސަރު ފުރަތަމަ ވަޑައިގެންނެވީ ތާރީޚުގެ ތެރެއަށެވެ. މީގެ 56 އަހަރު ކުރިއަށެވެ. ދިވެހީންނަށް މިނިވަންކަން ލިބުނު ލިބުމާއެކު އދ.ގެ މެންބަރަކަށް ވާން އުޅުނު ދުވަސްވަރަށެވެ. އެ ދުވަސްވަރު ރައީސް ސިފަކުރެއްވީ އިސްތިޢުމާރީ ބާރުތައް ލޫދެމުން، ޤައުމުތައް ވީއްލި މިނިވަންވަމުންދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ. އަމިއްލަ ހިތްވަރާއި މިންނަތުން ބައްރުތައް ހިންދެމިލައި، އެތަކެއް ޤައުމު އަލަށް އުފަންކުރުވި ރަންޒަމާނެއްގެ ގޮތުގައެވެ. ތަހުޒީބާއި ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާނެއްގެ ގޮތުގައެވެ. ރައ... ޢަބްދުﷲ ސަޢީދު · 5 އަހަރު ކުރިން
ރާއްޖެ މަތިވެރިން ޖާބިރަށް ނުރުހުން، ފުލުހުން ރައްކާތެރިކަން ދީފި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު އއ. މަތިވެރި އަށް މިރޭ ވަޑައިގަތުމާއެކު، އެ ރަށުގެ މީހުން ނުކުމެ މުޒާހަރާކޮށްފިއެވެ. މަތިވެރީގެ މީހުން ޖާބިރާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން ދާއިރު، އެ މީހުން ގޮވަމުން ދިޔައީ އޭނާ އެ ރަށުން ބޭލުމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ ނުރުހުން ފާޅުކުރުމާ ގުޅިގެން […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ހުރިހާ މާނައެއްގައި ޓެރަރިޒަމާ ދެކޮޅު: ރައީސް ދިވެހިރާއްޖެއިން ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި އެމަނިކުފާނު ދެއްވި ތަޤުރީރުގައެވެ. މި ތަޤްރީރުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޓެރަރިޒަމްކަން ފާހަގަކުރައްވާ ވިދާޅުވީ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ވެސް ފެތުރިގެން އައިސް މި ވަބާއިން ރާއްޖެ ވެސް ސަލާމަތް ނުވި ކަމަށެވެ.... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އައްސޭރި ޖަލު ގައިދީން ޓީބީ އަށް ޓެސްޓު ކުރަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ކަރެކްޝަނުން ބުނިގޮތުގައި އައްސޭރި ޖަލުގެ ހުރިހާ ގައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު 71 ޤައިދީންގެ ސާމްޕަލް ނަގާފައިވާ ކަމަށް ބުނެއެވެ. ކަރެކްޝަނުން ބުނީ މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެނ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ދިވެހިން އަބަދުވެސް ފަލަސްތީނާއި އެކު ތިބޭނެ: ރައީސް ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވީ އ.ދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ވަނީ ކަށަވަރުކޮށް ނުދެވިކަމަށާއި، އިޒްރޭލުނ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޕާމް ހޭންޑްބޯލް ޓޯރނަމަންޓް މުބާރާތުގެ ޗެމްޕިއަންކަން 22 ސްޕޯރޓްސް ކުލަބްހޯދައިފި ޕާމް ހޭންޑްބޯލް ޓޯރނަމަންޓް މުބާރާތުގެ ޗެމްޕިއަންކަން 22 ސްޕޯރޓްސް ކުލަބްހޯދައިފި އެވެ. މުބާރާތުގެ ފައިނަލްގައި 22 ސްޕޯރޓްސް އާއި ހއ އަތޮޅު މަދަރުސާގެ ސްޓާރފް ކުލަބް ބައްދަލުކޮށް 05-17 ކުރިހޯދައިގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 22 ސްޕޯރޓްސް ކުލަބްއެވެ. ޕާމް ހޭންޑްބޯލް ޓޯރނަމަންޓް އަކީ އާރް. ވީ. ސްޕޯރޓްސް އެކަޑެމީއިން އިންތިޒާމް ކޮށްގެން އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް -/5000 އަދި ރަނައަޕް ޓީމަށް -/2000 ގެ މިމުބާރާތުގެ ޓައިޓްލް ސް... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖްތަކަށްފަހު ކުދިން ސްކޫލަށް ފޮނުވައިފި ތ. ހިރިލަންދޫ ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖްތަކަށްފަހު ކުދިން ސްކޫލަށް ފޮނުވައިފިއެވެ. އިއްޔެ އިންޓަވަލްގެ ފަހުން ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްގެ އިމާރާތަށް ބަދަލު ގެނައުމަށް އެއްބަސްވެ އެކަމާއި ބެހޭ ބަޖެޓް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ހުށަހެޅިކަމަށް ބުނުމާއި ގުޅިގެންކަމަށް މައުލޫމާތު ލިބިފަވެއެވެ. ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ރަށު ކައުންސިލްއަށް ލިބިފައިވާކަމަށް ކައުންސިލްއިން ބެލެނިވެރިންނަށް މަޢ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން