ރާއްޖެ ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދުނީ އެކަށީގެންވާ ވަރަށް ހެކި ހުރުމުން: ދައުލަތް ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް މިހާރު އުފުލާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ނިމެން ދެން އެމަނިކިފާނުގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއްކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ދައުލަތަކުން ވިދާޅުވެއްޖެއެވެ. ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން އެހެން ވިދާޅުވެފައި ވަނީ, ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައެވެ. ގއ. ވޮޑަމުލާ މައްސަލައިގައި ރައިސް ޔާމީންގެ މައްޗަށް އިއ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ހާލު ބެލުމުގެ ހަރަކާތެއް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މިއީ 2021 ވަނަ އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު، ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަށް ޒިޔާރަތްކޮށް،... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކޮލަމް މި ތަސްވީރުތަކުން ބުނެދެނީ، ދުވާފަރުގައި އަދިވެސް އުޅެނީ "އިޖުތިމާއީ ރޫޙް ވަރުގަދަ" ނަމޫނާ ރައްޔިތުންތަކެއްކަން ރ. ދުވާފަރަކީ ގުޅުން ބަދަހި ނަމޫނާ ރައްޔިތުންތަކެއް ދިރުއުޅެމުން އަންނަ ރަށެކެވެ. އެންމެކުރީންސުރެއް މިއަދާއި ޖެހެންދެން ވެސް ވަރުގަދަ އިޖުތިމާއީ ގުޅުމެއް އޮތް މުޖުތަމައެކެވެ. ކުރީޒަމާނުގައި އޮޑިދޯނިފަހަރު އެހެލުމާއި މިސްކިތްތަކަށް ދޮންވެލިލުންފަދަ ކަންކަމުގައި ރަށު ރައްޔިތުން ނުކުމެ އެންމެން އެއް ރޫހެއްގައި އެ މަސައްކަތްތައް ކޮށް ނިންމާ ނިންމުމަކީ އިޖުތިމާއީ ގުޅުން އިންތިހާއަށް އޭރުވެސް ފެނިގެންދިޔަ ކަންކަމެވެ. ޒަމާނަށް އައި ބަދަލާއި ގުޅިގެން ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއިއެކު އޮޑިދޯ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކޮލަމް އޮމިކްރޯން ވޭރިއަންޓައް ނަޒަރެއް! އޮމިކްރޯން ވޭރިއަންޓަކީ ކޮވިޑް-19ގައި ފެންނަމުންދާ ތަފާތު ވޭރިއަންޓްތަކުގެ ތެރެއިން އެންމެ ފަހުން ރިޕޯޓްކުރި ވޭރިއަންޓެވެ. މި ވޭރިއަންޓް ދިވެހިރާއްޖެއިން ވެސް ފެނިއްޖެކަމަށް 05 ޑިސެންބަރު 2021 ގައި ހެލްތު ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) ވަނީ ވިދާޅުވެފައެވެ. އެއީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއްގެ ކިބައިންނެވެ. އޮމިކްރޯން މިނަކީ 2021 ނޮވެންބަރު 25 ވަނަ ދުވަހު ދެކުނު އެފްރިކާއިން ފެނުނު އާ ވޭރިއަންޓަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދީފައިވާ ނަމެވެ. އިލްމީ ގޮތުން މި ވޭރިއަ... ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން އޮމިކްރޯންގެ ކޭސްއެއް ފެނިއްޖެ ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަންވަނީ ކަށަވަރު ކޮށްދީފައެވެ. އެޗްޕީއޭއިން ދާދި ދެންމެއަކު ކުރި ޓުވިޓެއްގައި ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ ޓޫރިސްޓެއް ކަމަށެވެ. މިއީ ރާއްޖެ އިން ފެނުނު މި ވޭރިއަންޓްގެ ފުރަތަމަ ކޭސް އެވެ. ކޯވިޑް ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމްނިކޮރޮން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 24 ގައި ދެކުނު އެފްރިކާގެ ސަރަހައްދުންނެވެ. މިވޭރިއަންޓް އިންޑިއާ އަދި […... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިފްކޯއިން އިހަވަންދޫގައި ހިންގަމުން އަންނަ އައިސްޕުލާންޓް ހުއްޓުމުން، މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ ހއ. އިހަވަންދޫގައި ހިންގަމުން އަންނަ މިފްކޯ އައިސްޕުލާންޓް ހުއްޓުމުން މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ. އިހަވަންދޫ މިފްކޯ އައިސްޕުލާންޓަށް މައްސަލަ ޖެހި ޚިދުމަތް މެދުކެނޑިފައިވަނީ މިމަހުގެ 2 ވަނަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައްސަލައެއްދިމާވެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިއަދަށް 3 ދުވަސް ވެފާވާއިރު އެފަރާތުން އަންނަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ އައިސް ޕްލާންޓް ހިންގުމާއި އެރަށުން ހަވާލުވެހުރި އެންމެ އިސް ފަރާތްކަމުގައިވާ ރާޢުފު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ކްލިކް ކޮލެޖުން ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ކްލިކް ކޮލެޖުން ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ މާޝަލްއާޓްސް ހަރަކާތުގެ ތެރެއިން ނަސާރާ ދީނަށް ހިތްވަރުދޭ ލަވައެއްގެ ބައެއް ޖަހާފައި ވަނީ ކްލިކް ކޮލެޖުންނެވެ. އިސްލާމިކް މިނިސްޓްރީން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ. ހަރަކާތްތައް އިންތިޒާމު ކުރާއިރު މިފަދަ ކަންކަން ކުރުމަކީ ގ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި މީރޯ ބާރގަރ ވަރަށް މީރޯ! ކޯވިޑް19 އާއި އެކު މިއަދު ގޭގައި ތިބެ އޮންލައިންކޮށް އޯޑަރ ކޮށްލައިގެން ކެއުން މިވަނީ އާންމު ކަމަކަށް ވެފައެވެ. މާލޭގެ ރަނގަޅު ފެންވަރެއްގެ ރެސްޓޯރެންޓްތަކުންް ލިބޭ ފެންވަރުގެ ކެއުންތައް ގޭގެ ސުފުރާ މައްޗަށް ނުވަތަ އޮފީހުގައި ތިބެގެންވެސް އިންސާފުކޮށްލެވޭނެ މަގު މިވަނީ ފަހިވެފަ އެވެ. ފަހަކަށް އައިސް އޮންލައިންކޮށް ޑެލިވަރީ ކޮށްދޭ ފަރާތްތައް ވަރަށް ގިނަ އެވެ. ނަމަވެސް އޮންލައިންކޮށް ފެނިގެން އޯޑަރ ކޮށްލާއިރު އެތަކެތީގެ އަގާއި ރަހަ އަކީ ގިނަބަޔަކު ސަމާލުކަންދޭ އެއްކަމެކެވެ. “މީރޯ” އަކީ […] އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ދިވެހިންގެ ބޭންކުން ބުނީ ދެން ހިދުމަތްތައް މެދުކެނޑޭނީ މެއިންޓެނެންސްގެ މަސައްކަތް ކުރާއިރު ކަމަށް އަޕްޑޭޓުގައި ދިމާވި މައްސަލައިގެ ސަބަބުން ހިދުމަތް މެދު ނުކެނޑޭނެ ކަމަށާއި ދެން ހިދުމަތް މެނދުކެނޑޭނީ މެއިންޓެނެންސް މަސައްކަތް ކުރާއިރު ކަމަށް ދިވެހިންގެ ބޭންކް، ބީއެމްއެލް އިން ބުނެފިއެވެ. މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ އަޕްޑޭޓު ކުރުމުގައި ދިމާވި މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަކުރާރުވިޔަ ނުދޭން ރިވިއު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. ޓިމް ވިދާޅުވީ ދެން ހިދުމަތްތައް މެދުކެނޑުނަސް ކެނޑޭނީ މެއިންޓެނެނ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުން ނަބާއާއި ނަބީއަށް ލޯ މެޑެލް ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ދެބެންކަމަށްވާ އާމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ލޯ މެޑަލް ހޯދައިފިއެވެ. މި މުބާރާތުގައި އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ބައްދަލު ކޮށްފައިވަނީ އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާއާއެވެ. މެހްރީން އާއި އަރާތީގެ ޕެއާ އިން ވަނީ 21-14 އާއި 21-02 އިން ސެޓުތައް ގެންގޮސް މެޗުން މޮޅުވެފަ އެވެ. މި މުބާރާތުގައި މިކްސް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ފެނަކަ އިން ކުރާ މަސައްކަތަށް އެވޯޑެއް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންް ކުރުމުގެ ގޮތުން އެ ކުންފުންޏަށް ރިވެލި އެވޯޑް ދީފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ ރިވެލި އެވޯޑް ދީފައި ވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެވޯޑު ފެނަކައާ ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ފެނަކައިގެ ފަރާތުން އެވޯޑާ ހަވާލުވެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ސްރީލަންކަންގެ ދަތުރުތައް އައްޑުއަށް އަލުން ފަށައިފި ސްރީ ލަންކަން އެއާލައިނުގެ ދަތުރުތައް އައްޑޫއަށް އަލުން ފަށައިފިއެވެ. މި ދަތުރުތައް ފަށާފައިވަނީ އިއްޔެއެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން އައި ފުރަތަމަ ފްލައިޓަށް ގަން އެއާޕޯޓުން ވަނީ ހޫނު މަރިހަބާއެއް ކިޔައިފައެވެ. މިއީ ކޯވިޑް-19އާ ގުޅިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށި ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ކޮލަމްބޯ އާއި ގަމާ ދެމެދު ކޮންމެ ހޮނިހިރު ދުވަހަކު ދަތުރު ކުރާނެއެވެ. ގަމަށް ސްރީ ލަންކަން އެއާލައިންގެ ދަތުރުތައް ބާއްވ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ މާޅެންދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަނިކޮން މީހަކު ހައްޔަރުކޮށްފި ނ. މާޅެންދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަނިކޮން މީހަކު ހައްޔަރުކޮށްފި އެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާޅެންދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި މަހު 2 ވަނަ ދުވަހު މަނަދޫ ޕޮލިސް ސްޓޭޝަނާއި، ލަންދޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށުން ހައްޔަރު... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ކޮލަމް އިހަވަންދޫ މާއިޒްގެ އަޞަރުގަދަ ތަޤުރީރުން އެންމެން ރޮއްވާލައިފި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުން އަންނަ ރިވެލި އެވޯޑް ރޭގައި ދީފައިވާއިރު، އެ އެ ވޯޑުދިން ރަސްމިއްޔާތުގައި ހއ. އިހަވަންދޫ ސްކޫލްގެ ޑައިމަންޑް ކްލާހުގެ ދަރިވަރު މުޙައްމަދު މާޢިޒު ދިނީ އަސަރުގަދަ މެސެޖްތަކެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ. މިއީ ކެލާ ޕޮލިސް ސްޓޭޝަނާއި އެ ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އޮކްޓޯބަރ 25 އިން ނޮވެމްބަރ 28 އަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ އެ ޕްރޮގްރާމުގައި އެ ސްކޫލްގެ 99 ދަރިވަރުން ބައިވެރިވެ 95 ދަރިވަރުން ފަތަން ދަސްކޮށްފައިވެއެވެ. މި ޕްރޮގްރާމް ނިންމާލުމަށް ޝައިޚް އިބްރާހީމް ސްކޫލްގައި ވަނީ ރަސްމިއްޔާތެއްބާވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން