ތިލަދުންމަތީ ޚަބަރު ފީވަކު ޒުވާނުންގެ ގުޅުމުން ބާއްވާ "ބަލްމާ ފުޓްސަލް ޗެލެންޖް 2021" މިމަހު 31 ގައި ފަށަނީ ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު ޒުވާނުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބާއްވާ “ބަލްމާ ފުޓްސަލް ޗެލެންޖް 2021” މި ޑިސެމްބަރު މަހުގެ 31 ގައި ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. ފީވަކު ޒުވާނުންގެ ގުޅުމުން މިހާރު ވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެރަށުގެ ޓީމްތަކަށް ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވާ ފޯމު ޒުވާނުންގެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްއިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 15 ވަނަ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަންނަ އަހަރަށް ކުޅުދުއްފުށި ސިޓީ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާކޮށްފި ކުޅުދުއްފުށި ސިޓީގެ ކުޅިވަރު ކަލަންޑަރު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް އެސިޓީގެ ކައުންސިލުން ކުރިއަށް ގެންގޮއްސިއެވެ. އެކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެސިޓީގައި އަންނަ އަހަރު ކުޅިވަރުތައް ރާވާ އިންތިޒާމް ކުރަން ބޭނުންވާ ކްލަބް ޖަމްއިއްޔާ ތަކުގެ ހިޔާލު ވަނީ ހޯދާފައެވެ. އެގޮތުން މިއަންނަ އަހަރަށް ރޭވިފައިވާ ކުޅިވަރުތަކުގެ މައުލޫމާތާއި ގުޅިގެން އެ ފަރާތްތަކުން ވަނީ ކައުންސިލުންނާއި ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން އެ ކުޅިވަރުތައް ތާވަލ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ޚަބަރު ނޫމަރާ ފަރަށް ބާޖެއް އުރުމުގެ ހާދިސާ: ވެރިފަރާތް 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ފަރަށް އުރުނުގެ ހާދިސާގައި، އެ ބާޖުގެ ވެރިފަރާތް 61,681,316.00 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ 26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް “މެރިން ޕަވަރ 2317” ނަމަކަށް ކިޔާ ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ ހދ. ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، ވައިކަރަދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި އިތުރު ހަތަރު ދުވަހެއް މިފެށޭ 2022 ވަނަ އަހަރުގެ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވާގޮތުން މިއަންނަ އަހަރަށް ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްޙޫރިއްޔާ ވަނީ އިތުރު 4 ދުވަހެއް ކަނޑައަޅުއްވާފައެވެ. މިގޮތުން ފުރަތަމަ ދުވަހަކަށް ކަނޑައަޅުއްވާފައި ވަނީ އަންނަ އަހަރުގެ މޭ 5 ވަނަ ދުވަހެވެ. މޭ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މަސައްކަތް ތެރިންގެ ދުވަސްކަމަށްވާތީ އެ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިމަގުން، އިހަވަންދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ ހއ. އިހަވަންދޫގައި ފާހަގަ ކޮށްލެވޭފަދަ ބޭނުންތެރި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ އިހަވަންދޫ މަސްވެރިންގެ ގުޅުން “އިމަގު” އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. ސަރުކާރުން މި އަހަރު ރަސްމީކޮށް މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުނަ ބާއްވާ އިހުތިފާލުތައް ބޭއްވުމަށް ހަމަޖެހިފައި... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވެމްކޯއިން ކުޅުދިއްފުށީ ސިޓީއަށް ޑަސްބިން ހަދިޔާ ކޮށްފި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ އިން ކުޅުދުއްފުށި ސިޓީއަށް ޑަސްބިން ހަދިޔާ ކޮށްފި އެވެ. މި ޑަސްބިންތައް ހަދިޔާ ކޮށްފަައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. މިއީ ވެމްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ޑަސްބިންތަކެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ. ވެމްކޯގެ ފަރާތުން މިޑަސްބިންތައް ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު އެވެ. ޑަސްބިން ތަކާއި ހަވާލުވެދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް އެވެ. ވެމްކޯއިން ބުނީ މި ޑަސްބިންތައް ބޭނ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ބުރޫ ނާރާނެކަމަށް ބުނިތާ ދެދުވަސް ނުވަނީސް، ބީއެމްއެލް އެކައުންޓް ބެލެންސް އަނެއްކާވެސް ސުމަކަށް! މިދިޔަ ތިން ވަރަކަށް ހަފުތާ ތެރޭ ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ބޭންކުން މައާފަށް އެދުނުތާ ދެދުވަސް ނުވެ އަނެއްކާވެސް އެކައުންޓް ބެލެންސްތައް ސުމަކަށް ގޮސްފި އެވެ. ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ސޮއި ކޮށް ހުރިހާ ކަސްޓަމަރުންނަށް ވަނީ މައާފުގެ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އެފަދަ ކަމެއް […] އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ ހުޅުވައިފި ޤައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ޤައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)ގެ ނަމުގައި ޤާއިމްކޮށްފައިވާ ސެންޓަރ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. ޑިފެންސް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ކޮލަމް ރަފީގު: ރޭގަނޑުގެ އެކުވެރި ބައިވެރިޔާ ރޭގަނޑުގެ ހަމަ ހިމޭންވަގުތުގެ، ހިމޭންކަން ފޫއަޅުވާލާ އިވޭ އަޑުތަކުގެ މަތިން ހަނދާން އެބަހުރިހެއްޔެވެ؟ ބައެއް މީހުންނަށް އަޑުއަހާލަން ހިތްގައިމު އަޑުތަކެއްކަމުގައި މި އަޑުވެއެވެ. އަނެއްބަޔަކަށް، ރޭގަނޑުގެ ހަމަހިމޭން ވަގުތުގެ ފުރިހަމަކަން ނަގާލާ އަޑުގެ ގޮތުގައިވެސް މި އަޑުތައް ސިފަކުރެއެވެ. މި އަޑުތަކުގެ ތެރެއިން، އަޑު އަންނަ ދިމާއަށް އިޖާބަ ދީ އެތައްބަޔަކު އެއީ ކޮން އަޑެއްތޯ ބެލުމުގެ ޝައުގުވެރިކަން ހުރެއެވެ. އެއަޑަށް ސަމާލުކަންދީ، އަޑު އަންނަ ދިމާ ބަލަންފެށުމުން އަޑު ކެނޑެއެވެ. މަދު ބަޔަކަށް މި އ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ބައިނަލްއަގުވާމީ ދަތުރު ކުރުމުގެ ހުއްދަ ދިވެހި ތިން އެއާލައިނަށްވެސް ދީފި ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ މިހާތަނަށް ރާއްޖޭގެ ތިން އެއާލައިނަށްވެސް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައެވެ. އޭނާ ވިދާޅުވޫ މިއަހަރުގެ މައިގަނޑު އަމާޒަކީ ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވުން ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. މި މަގުސަދު ހާސިލް ކުރުމަށް އެއާލައިންތަކުގެ ހަ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ދަރަނބޫދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ ފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އެ މަސައްކަތުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބަނދަރުގެ ބުރިޖް އެޅުމުގެ މަސައްކަތް ނިމިފައިވާ އިރު، ބޭރުތޮށިލުމުގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 46,600 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 253 މީޓަރުގެ އެއްގަމުތޮށި ލުމާއި 410 މީޓ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް ބަންޑުންކޮށްލަން އިހުތިޖާޖަށް ނިކުންނަނީ މިހައަހަރުގެ މަސްވެރިންގެ ދުވަހު، ބޮޑުކަންނެލި މަސްވެރިންގެ އަޑު އިއްވުމަށް އިހްތިޖާޖަކަށް ތައްޔާރުވަމުން ދާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 އަކީ، ބީކޭއެމްޔޫގެ ވެސް ފުރަތަމަ އަހަރީ ދުވަހެވެ. އެ ޖަމިއްޔާގެ އިފްތިތާޙީ ޖަލްސާބާއްވައި، ފުރަތަމަ ހިންގާ ކޮމިޓީ އިންތިޙާބު ކޮށްފައި ވަނީ މިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލް އިން މައާފަށް އެދުނަސް، ރައްޔިތުން ބުނަނީ މައާފު ކުރަަން ދަތިކަމަށް މިދިޔަ ތިން ވަރަކަށް ހަފުތާ ތެރޭ ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ބޭންކުން މައާފަށް އެދިއްޖެއެވެ. ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ސޮއި ކޮށް ހުރިހާ ކަސްޓަމަރުންނަށް ވަނީ މައާފުގެ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ. ޓިމް މައާފަށް އެދުނު […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ އަތޮޅުގެ 2 ރަށެއްގައި، އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ށ އަތޮޅުގެ 2 ރަށެއްގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ. ފުނަދޫ ޕޮލިސް ސްޓޭޝަން އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މި މަހުގެ 5 ވަނަ ދުވަހު ވަނީ މާއުނގޫދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އެގޮތުން އެރަށު ސްކޫލްގެ ގްރޭޑް 4، 5 އަދި […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން