ރާއްޖެ "ޕްރޮޓްކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަނީ “ޕްރޮޓްކޯލް އެމެންޑިންގް ދަ ޓްރިޕްސް އެގްރީމަންޓް” ދިވެހިރާއްޖެއިން ޤަބޫލުކުރުމަށްޓަކައި، އެ މުއާހަދާއަށް ރުހުން ހޯދުމަށް ރައްޔިތުން މަޖިލީހަށް ހުށައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން ( ޑަބްލިއު.ޓީ.އޯ) ގެ “ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސ (ޓްރިޕްސް)” އެއްބަސްވުމަށް ބަދަލު ގެނައުމަށް އެކުލަވާލާފައިވާ މި ޕްރޮޓްކޯލަށް މަޖިލީހުގެ ރުހުން ހޯދަން ހުށައެޅުމަށް ރައީސް ޞާލިޙް ނިންމާފައި ވަނީ ވަޒީރުން... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ކުނބުރުދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ފަށައިފި ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާކުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިސްޔާތުގައި އެ ކުންފުނީގެ ބޯޑު މެންބަރު އިބްރާހީމް އަންވަރާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުނބުރުދޫ ކައުންސިލުގެ ރައީސް މުހައްމަދު އަޒުމީ ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަށް... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މި ސަރުކާރުން ވަކި ރަށެއް، ވަކި ފިކުރެއް ތަފާތެއް ނުކުރޭ: އަމީން މި ސަރުކާރަކީ ވަކި ރަށެއް ވަކި ފިކުރެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް އެހީތެރިވެދެއްވާ ސަރުކާރެއް ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވެފައި ވަނީ ހެލްތް މިނިސްޓްރީއިން އެރަށަށް ފޮނުވި އެމްބިއުލެންސް މިއަދު އެރަށަށް ލިބުމާއި ގުޅިގެން އެކަން ފާހަގަ ކުރަށްވާ ދެއްކެވި ވާހަކައިގައެވެ. އަމީން ވިދާޅުވީ، މި ސަރުކާރުން ތަރައްގީ ގެނެސްދެއްވައި، މަޝްރޫޢުތައް ހިންގުމުގައި ވަކި ރަށެއް، ވަކި ދާއިރާއެއް ތ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޅެންވެރިކަމުގެ އޭޝިއާ އެވޯޑް އިއްޒައަށް ރުލާ އެވޯޑުން ކުރިއަށް ގެންދާ އޭޝިއާ އެވޯޑްސް ގެ ޅެންވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ އެވޯޑް ދިވެހިރާއްޖޭގެ ޒުވާން އަދި މަޝްހޫރު ޅެންވެރިޔާ ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދު (އިއްޒަ)އަށް ލިބިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިއްޒަ ބުނެފައި ވަނީ މިފަދަ އެވޯޑްއެއް ލިބުމުން ކުރެވެނީ ވަރަށް އުފާވެރި އިހްސާސްއެއް ކަމަށެވެ. އަދި މި އެވޯޑްގެ ސަބަބުން މި ފަންނުގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް ވެސް އިއްޒަ ފާހަގަ ކުރިއެވެ. […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި މި މަހުން ފެށިގެން އެސްޓީއޯއިން މިނިމަމް ވޭޖް ދޭނެ މިނިމަމް ވޭޖާ އެއްގޮތަށް އެސްޓީއޯއިން މިމަހުން ފެށިގެން މުސާރަ ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެސްޓީއޯއިން މިއަދު ބުނީ މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާއެކު މުސާރައަށް އަހަރަކު 14 މިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށެވެ. ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރގެ ކުދި ފަންތީގެ ވިޔަފާރިތަކުން އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި މަހަކު 4،500 ރުފިޔާ، އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހަކު 7،000 ރުފިޔާ، […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް ހުޅުވައިފި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފިއެވެ. ހިޔާ ފްލެޓްތަކުގެ ދެކުނު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މަސްޖިދު އަބީ ބަކްރިއް ސިއްދީޤް ނަން ދީފައިވާ މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތްކުރާ ވަގުތީ ދެ މިސްކިތުގެ ތެރެއިން ފުރަތަމަ މަސައްކަތް ފެށި މިސްކިތެވެ. މި މިސްކިތް އިމާރާތްކޮށްފައި ވަނީ ޔެސް މޯލްޑިވްސް […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރު ކައުންސިލުން ނައިބު ރައީސް އާއި ބައްދަލުކުރައްވައިފި ހދ. ނޮޅިވަރަންފަރު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢު ތަކާއި ގުޅިގެން ނައިބާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެކައުންސިލުން ފާހަގަ ކޮށްފައިވާ ކަންތައް ތަކުގެ ތެރޭގައި ނޮޅިވަރަންފަރު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ސިއްޚީ މަރުކަޒަށް ދިމާވެފަ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ކޮލަމް ތުއްތު ލުޔޫނުގެ ބޭސްފަރުވާއަށް ޢާއިލާއިން އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް ހއ. ދިއްދޫ، ރޯޝަނީހިޔާ، އިބްރާހީމް ލުޔޫންއަކީ އެ އާއިލާގެ ތިބި ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ފުރަތަމަ ސިއްހީ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވަނީ ލުޔޫންގެ އުމުރުން ތިން އަހަރު ފުރުނު ތަނާއެވެ. އެއީ މި އަަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭރު މާލެ ގޮސް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން ލުޔޫންގެ ސީދާ ބައްޔެއް ދެނެގަތުމަށާއި، ހާލަތު ބެލުމަށް މާލޭގައި މަޑުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރެގިއުލާކޮށް ޑޮކްޓަރަށް ދައްކަމުން ގެންދިޔުމަށް ޑޮކްޓަރު ލަފާދިނެވެ. […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ފުވައްމުލަކު އެތެރޭގެ މަގުތަކުގެ ބޮޑު ބައި ނިމިއްޖެ ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ "ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" އުފެއްދުމުގެ ހުއްދަދީފި އިލެކްޝަން ކޮމިޝަން (އީސީ)އިން “ނެޝަނަލް އިންޓެގްރޭޝަން ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދީފިއެވެ. “ނެޝަނަލް އިންޓެގްރޭޝަން ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ، ސ.ހުޅުދޫ/ ރަސްގެދަރު، މުޙައްމަދު ޔާސީނަށެވެ. އީސީން ވަނީ “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވެސް ދީފައެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. […] އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދަނީ މިދިޔަ ނޮވެމްބަރ މަހު މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ. އެ އިއުލާނުގައި ފުލުހުން ބުނެފައިވަނީ ވައްކަން ކުރި ކަމުގެ ތުހުމަތުގައި މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ މިހާތަނަށް ކުރެވުނު މަސައްކަތުން ކާކުކަން ނޭނގުމުގެ ސަބަބުން މި 2 މީހުން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ މި އިއުލާނާއިއެކު އެ ދެމީހުން ފެންނަ ވީޑިއޯ ކޮޅެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ. […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި އައްޑޫ ހުޅުމީދުއާއި ފޭދޫއާ ދެމެދު ސައިކަލު ފެރީ ފަށައިފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން, އައްޑޫ ސިޓީގެ ހުޅުމީދޫއާއި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ހިދުމަތް ފަށައިފިއެވެ. އެ ކުންފުނިން ބުނިގޮތިގައި މި ދަތުރުތައް ފެށީ މިއަދުއެވެ. މި ހިދުމަތް ދިނުމުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ދިޔަވަރަށް އަންނަ ބަދަލުތަކާއެކުވެސް ސައިކަލުތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ވަނީ ބަހައްޓާފައެވެ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭ.އާރު.އެޗް ގައި ތެލެސީމިއާ ޑީއެންއޭ ޓެސްޓްގެ ޚިދުމަތް ތަޢާރަފް ކޮށްފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭ.އާރް. އެޗް) އިން ތެލެސީމީއާ ޑީއެންއޭ ޓެސްޓް ހެދުމުގެ ޚިދުމަތް ތައާރަފް ކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތަކީ އެ ހޮސްޕިޓަލް އާއި ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަން (ޝީ) އާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ. އެގޮތުން މި ޓެސްޓް ހެދުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހަމަޖެހިފައި ވަނީ އެ ހޮސްޕިޓަލުގެ ވެބްސައިޓް http://krh.gov.mv މެދުވެރިކޮށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ވެބްސައިޓް އިން ހުށައަޅަން... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ކުޅިވަރު ބަޔާން އަތުން ބަލިވެ ބާސާ ޔޫރަޕާ ލީގަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބުދަ ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗުން ބަޔާން މޮޅުވުމުން، މުބާރާތުގެ ގަދަ 16 ބުރުން ބާސާއަށް ފުރުޞަތު ގެއްލިއްޖެއެވެ. މިއީ ފާއިތުވި 21 އަހަރުގެ ތެރޭގައި ބާސާއަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ޖާގަ ނުލިބުން ފުރަތަމަ ފަހަރެވެ. ކޯވިޑް-19 ގެ ކޭސްތައް ޖަރުމަނުގައި އިތުރުވަމުން އައުމާއި ގުޅިގެން، ބާޔާންގެ ދަނޑުގައި ކުޅުނު މި މެޗަށް ސަޕޯޓަރުން ވައްދާފައި ނުވެއެވެ. މި މެޗު ބަޔާނުން […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު - ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1) މި ބޯޖަންގަލީގައި ފޮރުވިފައިވަނީ ކޮންކަމެއްބާއެވެ؟ މާސިންގާ މި ވަލުތެރޭގައި ވަންހަނާ ވެގެން ވަނީ ކޮންއެއްޗެއްބާއެވެ؟ މިތާގައި ވަނީ، ހަމައެކަނި ފަޅުކަމާއި، ހަމަހިމޭންކަމާއި، އެކަނިވެރިކަން ބާއެވެ؟ ނާމާންކަން ބާއެވެ؟ ނޫނެކެވެ. މިތަނުގައި އެވަނީ ޤުދުރަތުގެ އަޖައިބުތަކާއި ތިމާވެށީގެ މުއްސަނދިކަމެވެ. މިތަނާމެދު ނިކަން ވިސްނާލައި، ނަޒަރު ހިންގާލަބަލާށެވެ. މިތަނުގެ މުއްސަނދިކަން ނިކަން ދެކިލަބަލާށެވެ. ސަރާސަރު ބޯޖަންގަލީގެ އެންމެ ފުނަށް ޚިޔާލުތައް ދޫކޮށްލަބަލާށެވެ. އެފެންނަނީ، ދިވެހިރާއްޖޭގެ ތާރީޚާއި ތ... އަޙްމަދު ސާލިމް · 4 އަހަރު ކުރިން