މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަތިވެރީގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

މަތިވެރީގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

އއ. މަތިވެރީގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން އިފުތިތާހުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މު މަޝްރޫއު އިފުތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޗެއާމަން މުހައްމަދު އަބްދުالله އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމެވެ. މަތިވެރީގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރި ވަނީ އެ ރަށ...

އަޙްމަދު ވަހީދު
"މަދު ވިޔަފާރިވެރިންކޮޅެއްގެ ކޮންޓްރޯލުން" ކަންނެލި މަސްވެރިކަން ސަލާމަތްކޮށް، ގައުމީ ސިނާއަތަކަށް ހަދައިދިނުމަށް ގޮވާލައިފި

"މަދު ވިޔަފާރިވެރިންކޮޅެއްގެ ކޮންޓްރޯލުން" ކަންނެލި މަސްވެރިކަން ސަލާމަތްކޮށް، ގައުމީ ސިނާއަތަކަށް ހަދައިދިނުމަށް ގޮވާލައިފި

“ކަންނެތް މަދު ވިޔަފާރިވެރިންކޮޅެއްގެ ކޮންޓްރޯލުން” ކަންނެލި މަސްވެރިކަން ސަލާމަތްކޮށް، އެ މަސައްކަތް ގައުމީ ސިނާއަތަކަށް ހަދައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)އިން ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިހެން ގޮވާލީ، މިއަދު ފާހަގަކުރަމުންދާ އެ ޖަމިއްޔާގެ ފުރަތަމަ އަހަރީ ދުވަހުގެ ޖަލްސާގައެވެ. އެ ޖަލްސާފެށުމުގައި، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަތުމުން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ވަނީ އެ މަނިކުފާނަށް ހުށަހަޅާފައެވެ. މިގޮތުން މ...

ޙުސައިން ޝަހުދީ
ގާފަރުގައި ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ހުޅުވައިފި

ގާފަރުގައި ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ހުޅުވައިފި

ކ. ގާފަރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ. މި އައިސް ޕްލާންޓް ހުޅުއްވައި ދެއްވީ މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަައްމަދު ޞާލިޙް، ގާފަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ...

ޔުމްނާ ޢަލީ
މަސްވެރިންގެ ދުވަހު މަސްވެރިން ބޭނުމީ އެވޯޑެއް ނޫނެވެ!

މަސްވެރިންގެ ދުވަހު މަސްވެރިން ބޭނުމީ އެވޯޑެއް ނޫނެވެ!

ޚިދުމަތެއް ލިބެމުންދާއިރު ޚިދުމަތް ދޭ ފަރާތުގެ މުހިންމުކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. ދިވެހިންގެ ސުފުރާމަތީގައި ދިވެހިން ބާނާ މަހުން ކައްކާ ގަރުދިޔާގެ އިތުރުން މަހުން ތައްޔާރުކުރެވޭ ގިނަ ބާވަތްތައް ތިޔާގިކަމާއިއެކު އަބަދުމެ ލިބެންހުންނައިރު، އެ މަސްބާނާ މަސްވެރިން އެކަމުގައި އުފުލާ ތަކުލީފް އެންމެ ފުރިހަމައަށް ދިވެހިންނަށް ވެސް އިހުސާސް ނުކުރެވި އޮތުމަކީ ދުރުކަމެއް ނޫނެވެ. ނަމަވެސް ދިވެހިންނަށް މަސްވެރިކަމުގެ މުހިންމުކަން ބުނެދިން އެއް ހާލަތެއްގެ މަތިން އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. ކ...

އިބްރާހިމް ޚަލީލް
ކޯވިޑްގެ ދެވަނަ ރާޅަށްފަހު އިންޑިއާއަށް ޑެންގޫގެ ރާޅެއް

ކޯވިޑްގެ ދެވަނަ ރާޅަށްފަހު އިންޑިއާއަށް ޑެންގޫގެ ރާޅެއް

ކޯވިޑް-19ގެ ދެވަނަ ރާޅަށްފަހު މުޅި އިންޑިއާއަށް ޑެންގޫ ހުމުގެ ނުރައްކާތެރިކަން ބޮޑުވެފައިވާކަމަށް އެގައުމުގެ ފެޑެރަލް ހެލްތް މިނިސްޓްރީއިން ހާމަކޮށްފިއެވެ. އެ ގައުމުގެ ފެޑެރަލް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑެންގޫ ހުން ޖައްސާ ނުރައްކާތެރި އެއިޑެސް މަދިރި އާލާވެ، އިންޑިއާގެ ވެރިރަށް ދިއްލީއާއި އެކު އިތުރު 15 ސްޓޭޓެއްގައި ޑެންޑޫ ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރުމަހުގެ ނިޔަލަށް އެ މިނިސްޓްރީއިން ހަ...

އަޒްފާ ރަޝީދު
ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން

ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން

ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތަކާއި ދިގުމުއްދަތުގައި ކުރެވެންހުރި ކަންތައްތައް، ތަރުތީބެއްގެ ތެރެއިން ކުރަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)ގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތު ކަންނެލި ދޯނި ފަހަރުގައި ކުރިއަށް ދަނިކޮށް އެތަނަށް ވަޑައިގެން ބޮޑުކަންނެލި މަސްވެރ...

ޙުސައިން ޝަހުދީ
ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑު އެއްސެވުމަށް ރައީސް ޞާލިޙް ކަންނެލި ދޯނިތަކަށް

ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑު އެއްސެވުމަށް ރައީސް ޞާލިޙް ކަންނެލި ދޯނިތަކަށް

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ބޮޑުކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑުއެއްސެވުމަށް މިއަދު ކަންނެލި ދޯނިތަކަށް ވަޑައިގެންފިއެވެ. މިއަދަކީ މިއަހަރުގެ މަސްވެރިންގެ ދުވަހެވެ. އަދި މިއަދަކީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)ގެ ފުރަތަމަ އަހަރީ ދުވަހެވެ. އެ ޖަމިއްޔާއިން އޮތީ މިއަދު ދެއެއް ޖަހާއިރު އެޖަމިއްޔާގެ އަހަރީ ޖަލްސާ ކަންނެލި ދޯނިތަކުގައި ތިބެގެން ކުރިއަށް ގެންދަން އިންތިޒާމްކޮށްފައެވެ. އަދި މިއަދު ހަވީރު 4 ޖަހާއިރު ކަންނެލި މަސްވެރިންގެ އަޑު އިއްވުމ...

ޙުސައިން ޝަހުދީ
ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު!

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު!

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 13:30 އިން ފެށިގެން ހަވީރު 17:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ އެވެ. Alert white for […]

އަލީ އާދިލް
އެމްޓީސީސީން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ހާއްސަ ފޯރަމެއް

އެމްޓީސީސީން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ހާއްސަ ފޯރަމެއް

މަސްވެރިންގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން “އޮޑިވެރިޔާ” ގެ ނަމުގައު ފޯރަމް ބާއްވައިފިއެވެ. އިއްޔެ މި ފޯރަމް ބޭއްވީ ކ. ގާފަރުގައެވެ. މިއީ އެ ކުންފުނިން ވިއްކާ މެރިން ދާއިރާގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތަކުގެ މައުލޫމާތާއި، ބޯޓު ޔާޑުން ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދިޔަ ފޯރަމެކެވެ. މި ފޯރަމުގައި އެމްޓީސީސީގެ ބޯޓުޔާޑާއި، ކަށަވަރުގެ ހިދުމަތްތަކާ ގުޅޭގޮތުން އެ ކުންފުނީގެ އިންޖީނިއަރިން އަދި ޓްރޭޑިން ޑިވިޝަނުގެ 6 މ...

އަޙްމަދު ވަހީދު
"މަދިރި މަރުޅި"، ފީވަކުން މަދިރި މަދުކުރުމަށް ހާއްސަ ހަރަކާތެއް

"މަދިރި މަރުޅި"، ފީވަކުން މަދިރި މަދުކުރުމަށް ހާއްސަ ހަރަކާތެއް

ށ. ފީވަކުގައި މަދިރި އުފެދޭ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރުމުގެ ގޮތުން ފީވަކުގެ ފުލުހުންނާއި ބައެއް ޢާންމު ރައްޔިތުން ގުޅިގެން ޙަރަކާތެއް ކުރިއަށް ގެންގޮއްސިއެވެ. އެގޮތުން “މަދިރި މަރުޅި” ޝިޢާރުގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ހަވީރު ކުރިއަށް ދިޔަ މި ޙަރަކާތުގައި މީހުން ދިރިއުޅޭ މަގުތަކަށާއި، މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައިވާ ވަލުގެ ސަރަހައްދުތައް ވަނީ ފޮގް ކޮށްފައެވެ. މި ހަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވި ފީވަކުގެ ރައްޔިތެއް މަޢުލޫމާތު ދިން ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ...

ޝިއުނާ އާދަމް
އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ފަރިވަޅު އެރުވުމަށް އިމަގުގެ ކަނބަލުން ތައްޔާރު

އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ މަސްވެރި އުޅަނދުތަކަށް ފަރިވަޅު އެރުވުމަށް އިމަގުގެ ކަނބަލުން ތައްޔާރު

ހއ. އިހަވަންދޫއަށް ބަނދަރު ކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅެއް އެރުވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ގެ ކަނބަލުން ތައްޔާރު ވަމުން އެބަދެއެވެ. މިއަދަކީ ރާއްޖޭގައި މަސްވެރިންނަށް ޚާއްޞަކޮށްގެން ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ. މިދުވަހަށް އިމަގުގެ މަސްވެރިންގެ ގޮފިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އިހަވަންދޫއަށް ބަނދަރުކޮށްފައިވާ ކޮންމެ މަސްވެރި އުޅަނދަކަށް ފަރިވަޅު އެރުވުމަކީ އެ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. އިމަގުގެ މީޑިއާ ކޯޓޑިނޭޓަރު ސައުދުﷲ...

ޙުސައިން ޝަހުދީ
ޝައިޠާނުން ސިޙްރުވެރިޔާއަށް ޚިދުމަތްކުރަނީ ކީއްވެ؟ ސިޙްރުވެރިންގެ މަކަރުވެރިކަން!

ޝައިޠާނުން ސިޙްރުވެރިޔާއަށް ޚިދުމަތްކުރަނީ ކީއްވެ؟ ސިޙްރުވެރިންގެ މަކަރުވެރިކަން!

ޝައިޠާނުން ސިޙްރުވެރިޔާއަށް ޚިދުމަތްކުރަނީ ކީއްވެހެއްޔެވެ؟ ޝައިޠާނާއަކީ އިންސާނާގެ ޢަދުއްވެކެވެ.  އެޝައިޠާނާ އިންސާނާ ސީދާވެގެންވާ މަގުން އެއްކިބާ ކުރުވައެވެ. އަދި އެޝައިޠާނާ އިންސާނާގެ ކައިރިއަށް ކޮންމެ ދިމާއަކުން އަދި ކޮންމެ މަގަކުން އާދެއެވެ. އެޝައިޠާނާގެ ބޭނުންވަނީ އިންސާނާ ﷲ ފިޔަވައި ޚަލްޤުތަކުންނަށް އަޅުކަން ކުރުމަށެވެ. قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ‎﴿٨٢﴾‏ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ ‎﴿٨٣﴾‏ (ص: ٨٢ – ٨٣) މާނައީ ” އެކަލޭގެ ( ޝައިޠާނާ) ދެންނެވިއެވެ. ފަހެ، އިބަ...

ތިލަދުން
އެމެރިކާގެ އުތުރު ހުޅަނގަށް، 48 ގަޑިއިރުގެ ތެރޭގައި 100 އަށްވުރެއްގިނަ ބިންހެލުން

އެމެރިކާގެ އުތުރު ހުޅަނގަށް، 48 ގަޑިއިރުގެ ތެރޭގައި 100 އަށްވުރެއްގިނަ ބިންހެލުން

އެމެރިކާގެ އުތުރު ހުޅަނގަށް، 48 ގަޑިއިރުގެ ތެރޭގައި 100 އަށްވުރެއް ގިނަ ބިންހެލުން އަތުވެއްޖެއެވެ. ނިއުޕޯޓްއިން ފެށިގެން 263 މޭލެއްހާ ބޭރު ކަނޑުގެ ސަރަހައްދަށް އަންނަމުންދާ މިބިންހެލުން ހަފްތާއަކަށް ދެމިގެން ދާނެކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެ އެވެ. އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން މިރެއާއި ހަމައަށް މިބިންހެލުންތައް ދެމިގެން ގޮސްފައިވެއެވެ. މިބިންހެލުންތައް ރެކޯޑް ކުރެވިފައިވަނީ 3.5 އަދި 5.8 ދެމެދުގެ މެގްނެޓިއުޑްގެ ބާރުމިނުގައެވެ. “ދަ ބްލާންކޯ ފުރެކްޗާރ ޒޯން“ ގެ ނަމ...

އަޒްފާ ރަޝީދު
ރައްޔިތުންގެ ބޭންކުގެ ބައެއް ހިދުމަތްތަކަށް މިރޭވެސް ބުރޫ އަރާނެ!

ރައްޔިތުންގެ ބޭންކުގެ ބައެއް ހިދުމަތްތަކަށް މިރޭވެސް ބުރޫ އަރާނެ!

ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތަކަށް މިރޭވެސް ބުރޫ އަރާނެ ކަަމަށް ބުނެފިއެވެ. އަހަރެންގެ ބޭންކް ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 01:00ން 05:00ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް ބުރޫ އަރާނެ ކަމަށެވެ. މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެނެންސް މަސައްކަތެއް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން އިތުރަށް ބުނީ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ [...

އިބްރާހިމް އަސްވާޤް
އިދިކޮޅުން ބާއްވާ "ކޮތަރުކޮށި ޖަލްސާ" ކާނިވަލުގައި ބާއްވަން ނިންމައިފި

އިދިކޮޅުން ބާއްވާ "ކޮތަރުކޮށި ޖަލްސާ" ކާނިވަލުގައި ބާއްވަން ނިންމައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭ ފޭސް 2 ގައި ބާއްވަން ޢިއުލާންކޮށްފައިވާ “ކޮތަރުކޮށި ޖަލްސާ” މާލޭގެ ކާނިވާ ސަރައްދުގައި ބާއްވަން ނިންމައިފިއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ބުނެފައިވާ ގޮތުގައި “ކޮތަރުކޮށި ޖަލްސާ” ދެން އޮންނާނީ މާދަމާ ރޭ މާލޭގެ ކާނިވަަލުގައެވެ. އެ ޖަލްސާ ފަށަން ހަމަޖައްސާފައި ވަނީ 20:30 ގައެވެ. ދެވަނަ ފޭސްގެ ހިޔާފްލެޓް ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ...

އަލީ އާދިލް