މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
"ރިވެލި ތަރި 2021" އިހަވަންދޫ ގެ ތިން ދަރިއަކަށް

"ރިވެލި ތަރި 2021" އިހަވަންދޫ ގެ ތިން ދަރިއަކަށް

“ރިވެލި ތަރި 2021” އިހަވަންދޫ ގެ ތިން ދަރިއަކަށް ލިބިއްޖެ އެވެ. “ރިވެލި ތަރި” އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުން އަންނަ އެވޯޑެކެވެ. ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މިއެވޯޑް ލިބިފައިވަނީ، ތަޢުލީމީ ދާއިރާ އިން، ރަޔާން ރިޔާޟް ޢަބްދުލްވާޙިދު / ވަފާ އަދި މުޙައްމަދު މާޢިޒު / ދުންތަރި […]

އިބްރާހިމް އަސްވާޤް
ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ޠޫބާ

ޔޫތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ޠޫބާ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އަދާލަތު ޕާޓީގެ ޠޫބާ ރަޝީދު އައްޔަނުކޮށްފިއެވެ. އެ މަގާމަށް ތޫބާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ޠޫބާ އައްޔަނުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އޭނާ މިއަދު އެ ވަޒީފާއަށް ރަސްމީކޮށް ނުކުންނަވަން ފައްޓަވާނެ ކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ. […]

އަލީ އާދިލް
ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުން، އެކަމަށް ސަލާންޖެހުން މިހާރުވާނީ ހުއްޓުމަކަށް ގެނެވިފައި: ރައީސް

ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުން، އެކަމަށް ސަލާންޖެހުން މިހާރުވާނީ ހުއްޓުމަކަށް ގެނެވިފައި: ރައީސް

ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުން، ތެރަޕިއުޓިކް ފަރުވާއަށް އެދި ސަލާންޖެހުން މިހާރު ހުއްޓުމަކަށް ގެނެވިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރިވެލި އެވޯޑް 2021 ދިނުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމުގެ ސަބަބުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހ...

އަލީ އާދިލް
ތުރާކުނުގައި ކޯވިޑަށް ފަރުވާދެމުންދިޔަ 92 އަހަރުގެ މީހަކު ނިޔާވެއްޖެ

ތުރާކުނުގައި ކޯވިޑަށް ފަރުވާދެމުންދިޔަ 92 އަހަރުގެ މީހަކު ނިޔާވެއްޖެ

ހއ. ތުރާކުނުގައި ކޯވިޑް19 އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ހެނދުނު 8:28 ގައި ތުރާކުނުން ނިޔަވީ 92 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި ނިޔާވި 2 ވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. Today (4/12/21) at 08:28 am a 92-year-old Maldivian male from HA […]

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރު ކައުންސިލް ކަޕް، މިމަހު 23 ގައި ފަށަނީ

ނޮޅިވަރަންފަރު ކައުންސިލް ކަޕް، މިމަހު 23 ގައި ފަށަނީ

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ “ނޮޅިވަރަންފަރު ކައުންސިލް ކަޕް 2021” ފުޓްސަލް މުބާރާތް މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ. އެ ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބުރާތް ކުރިއަށް ދާނީ އަންހެން އަދި ފިރިހެނުންނަށްވެސް ބައިވެރިވެވޭ ގޮތަށް ދެޑިވިޝަންއަކަށް ބަހާލެވިގެން ކަމަށެވެ. ކޮންމެ ޑިވިޝަންއަކުން (އަންހެން/ ފިރިހެން) މަދުވެގެން 3 ޓީމް ބައިވެރިވާން ޖެހޭނެ ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފ...

އައިޝަތު ނަސާޔާ
ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. މިއަދު ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކަނޑިތީނު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީން އަބްދުލް ހަކީމާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ށ. އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް ޝިޔާމް އަދި ގޮއިދޫ ކައުންސިލުގެ ރައީސް އިންރާހިމް ޝާހިދެވެ. މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އަފީފުއްދީން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފި

ކުޅުދުއްފުށީ ޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އަފީފުއްދީން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކުޅުދުއްފުށި ޕޯޓް ލިމިޓެޑް (ކޭޕީއެލް) އާ ގުޅިގެން އަފީފުއްދީން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފިއެވެ. އެމްޕީއެމްލުން އެ ސްކޫލަށް ދެ ޓީވީ ހަދިޔާ ކުރަން ނިންމާފައިވާއިރު ކޭޕީއެލް އިން ވަނީ ތިން ޓީވީ ހަދިޔާ ކޮށްފައެވެ. އެމްޕީއެލުން ދޭ ދެޓީވީ ދޭން ނިންމީ އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓުގެ ދެ ބޭފުޅުންނެވެ. މި ޓީވީތައް ހަވާލުކޮށްފައިވަނީ މިއަދު މެންދުރު އަފީފުއްދީން ސްކޫލްގައި […]

އަޙްމަދު ވަހީދު
ޔަހޫދީ އިޒުރާއިލްގައި ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލިއްޖެ

ޔަހޫދީ އިޒުރާއިލްގައި ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލިއްޖެ

މުސްލިމުންގެ އަގުން ފޭރިގަނެގެން ގަދަބާރުން ދައުލަތެއް ހަދައިގެން އުޅޭ ޔަހޫދީ އިޒްރާއިލްގައި، މުދަލާއި ހިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލި އިންސްފްލޭޝަން މިހާރު އަތްނުފޯރާ ހިސާބައް ގޮސް ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލިއްޖެ އެވެ. ކޮވިޑް 19 އާއި ގުޅިގެން މުޅި ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ ގައުމުތަކުގެ އިންފްލޭޝަން ރޭޓްތައް ވެސް ވަނީ ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ. އިކޮނިމިސްޓް އިންޓެލިޖެންސް ޔުނިޓް (އީ.އައި.ޔޫ)ގެ ދިރިއުޅުމުގެ ހ...

އަޒްފާ ރަޝީދު
ށ. ފުނަދޫގައި 20 ޓަނުގެ އައިސް ޕްލާންޓެއް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫގައި 20 ޓަނުގެ އައިސް ޕްލާންޓެއް ހަދަން ހަވާލުކޮށްފި

ށ. ފުނަދޫގައި 20 ޓަނުގެ އައިސްޕްލާންޓެއް ގާއިމް ކުރުމަށް އެގްރީމެންޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެރަށުގެ ކުންފުންޏެއް ކަމަށްވާ އީ.އޭ.ފައިވް އިންވެސްޓްމެންޓާއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާޅުވީ މި ކަމަށް ބިން ހަވާލުކުރީ 25 އަހަރު ދުވަހަށް ކަމަށެވެ. އަދި މި އެއްބަސްވުމުގައި އީ.އޭ.ފައިވް ގެ ފަރާތުން ސޮއިކޮށްފައިވަނީ  އީސާ އިސްމާއިލް އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަޙްމ...

އައިޝަތު ނަސާޔާ
ފީވަކުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ފީވަކުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ށ. ފީވަކުގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. މިއަދު ފީވަކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދު ޝަހީމް އަބްދުލް ހަކީމާއި ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގު އަދި ފީވަކު ކައުންސިލުގެ ރައީސް އަލީ ރަޝީދު ހަސަނެވެ. ފީވަކު ފެނުގެ ނިޒާމު ގާއ...

އަޙްމަދު ވަހީދު
ބަނގުރާ ވިއްކަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި

ބަނގުރާ ވިއްކަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ، ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 51 އަހަރުގެ ބަނގުލަދޭޝް ފިރިހެނެެއްކަމަށެވެ. އެގޮތުން...

އަލީ އާދިލް
ވަށަފަރު ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ވަށަފަރު ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. އިއްޔެ ވަށަފަރުގައު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް ފަށަައިދިނީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގު އަދި ވަށަފަރު ކައުންސިލުގެ ރައީސް އަހުމަދު މުއީނެވެ. މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައިވާއި...

އަޙްމަދު ވަހީދު
އަލްބަޓް އައިންސްޓައިންގެ އަގުބޮޑު ދެ މެސެޖު، މިލިއަން ޑޮލަރުގެ ނޯޓުގައި އޮތީ ކީކޭ؟

އަލްބަޓް އައިންސްޓައިންގެ އަގުބޮޑު ދެ މެސެޖު، މިލިއަން ޑޮލަރުގެ ނޯޓުގައި އޮތީ ކީކޭ؟

އަލްބަޓް އައިންސްޓައިންގެ އިތުރު ތައާރުފަކަށް ބޭނުން ވާނެހެން ހިޔެއް ނުވެއެވެ. އަސްރާނީ މި ޒަމާނުގައި އުފެދުނު އެންމެ ވަރުގަދަ ތިން ސައިންސުވެރިންގެ ތެރޭގައި ހިމެނޭ، އަދި އޭގެ ތެރެއިން ވެސް އެންމެ ވަރުގަދަ ސަައިންސުވެރިޔޭ ބުނެވިދާނެ އިލްމުވެރިޔާއޭ ބުނުމުން ފުދެއެވެ. ފޮޓޯއިން ފެންނަ ދެ ނޯޓަކީ އަލްބާޓް އައިންސްޓައިންގެ އަތު ލިއުމެވެ. މަތީގައި އެވާ ނޯޓަކީ 1922 ވަނަ އަހަރު ފިޒިކްސް އިން ނޮބެލް ޕްރައިޒް ލިބުމާއި އެކު އަލްބާޓް އައިންސްޓައިން ޖަޕާންގެ ޓޯކިޔޯގައި އޮތް ލެކްޗަރެއްގައި ބައިވެރިވުމަށް […]

އަޒްފާ ރަޝީދު
ނޮޅިވަރަމްގައި، އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ނޮޅިވަރަމްގައި، އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ހދ. ނޮޅިވަރަމްގައި އެރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކަރަންޓް ވައިރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަމް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިދިޔަ ނޮވެމްބަރު 25 އިން 30 އަށް، ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ އިދާރާގައި ކުރިއަށްދިޔަ މި ޕްރޮގްރާމް ނޮޅިވަރަމްގެ 31 އަންހެނަކު ވަނީ ފުރިހަމަ ކޮށްފައެވެ. މި ޕްްރޮގްރާމްގައި ދަސްކޮށްދިން ކަންކަމުގެ ތެރޭގައި އޮޓޯ ސްވިޗް ރަ...

ޔުމްނާ ޢަލީ
ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް، ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. މިއަދު ހިރިމަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖާއި އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދުއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު އެރަ...

އަޙްމަދު ވަހީދު