ވިޔަފާރި އެސްޓީއޯއަށް އޭސީސީއޭ އެމްޕްލޯޔާ ސްޓޭޓަސް ލިބިއްޖެ އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް ލިބިއްޖެއެވެ. އެސްޓީއޯ އިން ބުނީ މި ސްޓޭޓަސް އެކުންފުންޏަށް ލިބުނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލް އާއި ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޕްލެޓިނަމް ލެވެލްގައި ކަމަށެވެ. ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްކީމް މުހިއްމު ދައުރެއް އަދާކުރެއެވެ. އޭސީސީއޭގެ ސްޓޭޓަސް ލިބުމަކީ އެސްޓީއޯގައި ވަޒީފާ އަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ ހދ.ކުޅުދުއްފުށީ ސިޓީގެ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރަށް (6527177) ގުޅުއްވައިގެން ނުވަތަ https://forms.office.com/r/fty81aAbu9 މި ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ކަނބަލުން މޫނު ނިވާކުރަނީ ވެސް، މޫނު ފެންނަގޮތަށް ތިބެނީ ވެސް ކީރިތި ޤުރުއާނުގައިވާ ދަލީލުގެ މައްޗަށް ބިނާކޮށް: ޑރ. އަނާރާ ކަނބަލުން މޫނު ނިވާކުރަނީ ވެސް އަދި މޫނު ފެންނަގޮތަށް ތިބެނީ ވެސް ކީރިތި ޤުރުއާނުގައިވާ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. މޫނު ބުރުގާ އާއިގުޅޭ ބަހުސް ވަރަށް ގަދަޔަށް ހިނގަމުންދާ މި ދަނޑިވަޅުގައި ޑރ. އަނާރާ މިހެން ވިދާޅުވީ މީސް މީޑިއާ މެދުވެރިކޮށެވެ. ޑރ. އަނާރާ ވިދާޅުވީ، […] ތިލަދުން · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ ށ. ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާން ކޮށްފިއެވެ. މި ފުރުސަތު އާންމުކޮށް ހުޅުވާލަމުން ނޫމަރާ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ރަށު ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ދުވަސްތަކުގައި ނޫމަރާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ” ބީލަން ހުށައަޅާ ފޯމް” މެދުވެރިކޮށް ބ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަންނާނުގެ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާ ކުރުމަށް ހަންނާން އާއި އެމްއެންޕީގެ ލީޑަޝިޕް ކޮމަންޑޫ ދާއިރާއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް އާއި، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާއަށް ކުރާ ދަތުރެއްގައި މިއަދު ފުރައިފިއެވެ. އެމްއެންޕީން ބުނީ މި ދަތުރުގައި މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ، ހަންނާނުގެ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާ ކުރުން ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން ޙަންނާންއަށް ތާއީދު ހޯދުމަށް ޖަލްސާ ބޭއްވުމުގެ އިތުރުން ޑޯޓުޑޯ ހަރަކާތް ހިންގުމަށް ހަމަޖެހިފައި... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ ސްކޫލްގެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން ގޮވާލައިފި ކުމުންދޫ ސްކޫލްގައި ކިޔަވައިދެމުން ދަނީ ވަރަށް ނުރައްކާތެރި ހާލަތުގައި ހުރި އިމާރާތެއްގައި ކަމަށާއި، އެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ގޮވާލަށްވައިފިއެވެ. އަމީންގެ މި ކަންބޮޑުވުމާއެކު ވަނީ އެ ސްކޫލްގެ އިމާރާތެއް ހާލަތު ފެންނަ ވީޑިއޯއެއް ވެސް ޓްވީޓާގައި އާންމު ކުރަށްވާފައެވެ. އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޢަލީ އާއި، އެޗްއާރުސީއެމް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ޓެ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ ޗާޓާޑް އެކައުންޓެންޓުން ތަމްރީންކުރުމަށް ހުޅުވާލި 150 ފުރުސަތަށް 493 ފަރާތަކުން ކުރިމަތިލައިފި ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީންކުރުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލި 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލައިފިއެވެ. ހަޔާ އެޑިޔުކޭޝަނުން 150 ސްކޮލަޝިޕަށް ފުރުޞަޠު ހުޅުވާލީ މިދިޔަ ޑިސެމްބަރު 30 ގައެވެ. މި ފުރުސަތުގެ ސުންގަޑި ހަމަވީ އިއްޔެ މެންދުރު 14:00 ގައެވެ. މި މުއްދަތުގައި އެ 150 ސްކޮލަޝިޕަށް 493 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަނުން ވިދާޅުވެއެވެ. މިއަހަރު ބޭއްވުނު ފަބްލިކް އެކައުންޓެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މި ދާއިރާއަށް މީހުން... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ތެލުގެ އަގަށް ބަދަލު ގެނެސްފި އެސްޓީއޯއިން ރާއްޖޭގައި ވިއްކަމުން އަންނަ ތެލުގެ އަގަށް ބަދަލު ގެނެސްފި އެވެ. އެސްޓީއޯއިން މިރޭ ބުނެފައިވަނީ މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައިކަމަށެވެ. މިހެންވުމުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑުވެފައިވާކަމަށް ބުނެފައި ވެއެވެ. މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތަކަކީ ޕެޓްރޯލް ލީޓަރެއް 12.06 ރ. އަށް އަދި ޑީސަލް […] އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މިވަގުތު އަރާ ފޭބުން މަނާކޮށްފައި އޮތް ހދ. ނެއްލައިދޫއަށް، އެ އަތޮޅު ނައިވާދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިކަން ފާހަގަ ކުރަށްވައި ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އަވަށްޓެރި ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނެއްލައިދޫގެ ރައްޔިތުންނަށް ވެދެއްވި ދީލަތި އެހީތެރިކަމަށް، ނެއްލައިދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ނައިވާދޫގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. “މިފަދަ ދަނޑިވަޅެއްގައި، ތިދެއްވި... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫގައި އިތުރު މިސްކިތެއް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ ހދ ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި އެކުއެވެ. މި އެއްބަސްވުމުގައި ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިސްމާއިލް ޖަލީލެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މި މިސްކިތުގެ ޢަމަލީ މަ... އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ރާއްޖެ ތަރައްގީގެ ނަމުގައި ދަނީ އިންތިޚާބަށް ނުފޯޒު ފޯރުވަމުން: ޑރ. މުޢިއްޒު ތަރައްގީގެ ނަމުގައި ސަރުކާރުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ނުފޯޒު ފޯރުވުމަށް މަސައްކަތް ކުރަށްވަމުންދާ ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ފެނިގެންދަނީ ހެދިފައި ހުރި ޤާނޫނުތަކާއި އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ އުޞޫލުތަކަށް ވެސް ބެލުމެއް ނެތި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އުޅޭ މަންޒަރު ކަމަށެވެ. އެފަދަ އެތައް ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށާއި މި ކަންކ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާލެ ސަރައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ހަންނާން ދޮރުން ދޮރަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް، މާލެ ސަރައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ފައްޓަވައިގެން ކުރިއަށްދާކަމަށް އެ ޕާޓީން ބުނެފިއެވެ. މިހަރަކާތަކީ ހަންނާނަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެމްއެންޕީން ބުނެއެވެ. މިހަރަކާތުގައި އެމްއެންޕީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމުގައި އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރޭ: އެޑިޔުކޭޝަން ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު މޫނު ފެނުން ލާޒިމްވާ ސަބަބުތަކަކީ ކޮބައިކަން ބަޔާންކޮށް އެޑިޔުކޭޝަން މިނިސްޓްރީއިން ބަޔާނެއް ނެރެފިއެވެ. މިގޮތުން އެ މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކަމަށެވެ. އަދި އެ އުސޫލަށް ފަހުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައ... އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ރާއްޖެ ކޯވިޑްގެ ހާލަތާއި ގުޅިގެން އައިޖީއެމްއެޗްގެ ބައެއް ސާޖަރީތައް މެދުކަނޑާލައިފި ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވަމުން ދާ ދިއުމާއި ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ދުރާލާ ރޭވިގެން ކުރެވޭ ނުވަތަ ރޫޓިންގް ސާޖަރީތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މިއީ މާލެ ސިޓީގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެ ހޮސްޕިޓަލުން ދެވޭ ބައެއް ޙިދުމަތްތަކަށް ގެނެވުނު ބަދަލްތަކާއި ގުޅިގެން ގެނެވުނު ބަދަލެކެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން 2 ހަފްތާގެ ނިޔަލަށް ދުރާލާ ތާވަ... އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗްގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ހަވާލުކޮށްފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ކޭއާރުއެޗް އިން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. ކޭއާރުއެޗުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީ.އާރު.ވީ އޭސީ އަދި ފްރެޝް އެއާރ ސިސްޓަމް ޤާއިމްކުރެވިގެންދާ... ޝިއުނާ އާދަމް · 4 އަހަރު ކުރިން