މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ލިވަޕޫލް ފަރަގު ކުޑަ ކުރިއިރު ބާންލީ އަތުން އާސެނަލްއަށް ޕޮއިންޓެއް

ލިވަޕޫލް ފަރަގު ކުޑަ ކުރިއިރު ބާންލީ އަތުން އާސެނަލްއަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރި އިރު، އާސެނަލްއާއި ބާންލީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ލީގުގައި ވިދިވިގެން ބާރަ މެޗުން މޮޅުވުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ ވަނީ ސައުތެމްޓަންއާއި އެއްވަރުވެ ދެ ޕޮއިންޓް ގެއްލިފައެވެ. ލިވަޕޫލުން މިރޭ ޕެލަސްއާއި ދެކޮޅަށް ނުކުތްއިރު މެޗުން މޮޅުވެގެން […]

އިބްރާހިމް ޚަލީލް
މޮޅަދޫ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި

މޮޅަދޫ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި

ހއ. މޮޅަދޫގައި ހުންނަ ހަމައެކަނި މިސްކިތްކަމަށްވާ މަސްޖިދުއްނޫރުގައި ކުރަންހުރި މަސައްކަތްތަކަށް އެހީތެރިކަން ފޯރު ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މޮޅަދޫ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން 20 ޖަނަވަރީ 2022 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށު މަސްޖިދުއްނޫރުގެ ސައުންޑް ރަނގަޅުކޮށް، މިސްކިތާ މިސްކިތުގެ ގޯތިތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ނުވަތަ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަ...

އިބްރާހިމް ޚަލީލް
"ޅަ އިހަލަކުން ނާޅާތި!" ދާއިރާގެ ހުރިހާ ރައްޔިތުންގެ ވޯޓު ރާޑޯއަށްދީ: އާސިފް

"ޅަ އިހަލަކުން ނާޅާތި!" ދާއިރާގެ ހުރިހާ ރައްޔިތުންގެ ވޯޓު ރާޑޯއަށްދީ: އާސިފް

އެމްޑީޕީ ސަރުކާރަކީ ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި، ކޮމަންޑޫ ދާއިރާގެ ރަށްތަކަށް އަންނަމުންދާ ތަރައްގީއަށް ވިސްނައި “ޅަ އިހަލަކުން ނާޅައި” ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ވޯޓުވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ދެއްވުމަށް ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ގޮވާލަށްވައިފިއެވެ. ރޭ ފޯކައިދޫގައި ކުރިއަށް ދިޔަ ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އ...

އަލީ އާދިލް
ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ތިން ވަނަ ބުރު ކުޅުދުއްފުށީގައި ފަށައިފި

ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ތިން ވަނަ ބުރު ކުޅުދުއްފުށީގައި ފަށައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ، ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ތިން ވަނަ ބުރު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިކޯސް ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މިކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެކަޑަމިކް ރައިޓިންގ އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހު...

އައިޝަތު ނަސާޔާ
ސައުތެމްޓަނުން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

ސައުތެމްޓަނުން ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ސިޓީން މި މެޗަށް ނުކުތްއިރު އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު ބާރަ މެޗުން ވެސް ވަނީ މޮޅުވެފައެވެ. މި މެޗުން އެއްވަރު ވުމާއިއެކު މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައި ނަމަވެސް ސިޓީ މިވަގުތު އޮތީ […]

އިބްރާހިމް ޚަލީލް
މާޅޮހުގެ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި

މާޅޮހުގެ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި

އއ. މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ހާއްސަ މެޝިނަރީއަށް އިންވެސްޓްކުރަމުން އަންނަ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ […]

އަޙްމަދު ވަހީދު
ކުރިނބީ ކައުންސިލާއި ކޯޓު ފަޅާލާ ވައްކަން ކޮށްފި

ކުރިނބީ ކައުންސިލާއި ކޯޓު ފަޅާލާ ވައްކަން ކޮށްފި

ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓް އަދި ކުރިނބީ ކައުންސިލް އިދާރާގެ އޮފީހުގެ ތިޖޫރީ ފަޅާލައި އަގު ބޮޑު ބައެއް ތަކެތި ވަގަށް ނަގައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން ކައުންސިލް އިދާރާ އޮފީހުގެ ތިޖޫރީއިން -/1000 (އެއްހާސް ރުފިޔާ) ވަގަށް ނަގާފައިވާއިރު ކޯޓުގެ ތިޖޫރީއިން -/500 (ފަސްސަތޭކަ ރުފިޔާ) ވަގަށް ނަގާފާއިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާއިން ޑިޖިޓަލް ކެމަރާއަކާއި ކޯޓުން ލެޕްޓޮޕ...

އައިޝަތު ނަސާޔާ
ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ

ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ

ހދ. ވައިކަރަދޫއާއި އެއަތޮޅު ނޮޅިވަރަމުން އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޓެސްޓް ކުރުމަށް މިހާތަނަށް 1196 ސާމްޕަލެއް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ. އޭގެތެރެއިން 74 ސާމްޕަލެއް އޮމިކްރޯނަށް ޕޮޒިޓިވް ކަމަށް ވިދާޅުވިއެވެ. އެންމެފަހުން އޮމިކްރޯން ހުރިތޯ ޓެސްޓްކުރަން ސާމްޕަލް ފޮނުވާފައި ވަނީ...

ޙުސައިން ޝަހުދީ
ގްރޭޓާ މާލޭ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށައިފި

ގްރޭޓާ މާލޭ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށައިފި

ސްޓެލްކޯގެ ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑު މެދުވެރިކޮށް، ހުޅުލެއަށް ކަރަންޓުފޯރުކޮށްދޭން ފަށައިފިއެވެ. އެ ކުންފުނިން ބުނީ، މާލެ ހުޅުމާލެ އަދި ހުޅުލެ ކަރަންޓު އެއް ވިއުގައަކުން ގުލާލުމައްޓަކައި، ހުޅުލޭގެ ގްރިޑާއި އިންޓަކަނެކްޝަން ގްރިޑް ގުޅުވާލީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. ދެ ގްރިޑު ގުޅާލާފައިވަނީ، ހުޅުލެއަށް ކަރަންޓު ފޯރުވައިދިނުމަށް ސްޓެލްކޯއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ...

އަޙްމަދު ވަހީދު
ދިއްދޫ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ދިއްދޫ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހއ. ދިއްދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ، އެ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މާދަމާ، 24 ޖެނުއަރީން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09...

އައިޝަތު ނަސާޔާ
ދަނޑުވެރިކަމަށް އުތީމުން 40 ބިން ދޫކުރަނީ

ދަނޑުވެރިކަމަށް އުތީމުން 40 ބިން ދޫކުރަނީ

ދަނޑުވެރިކަމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް 40 ދަނޑުބިން ދޫކުރުމަށް ހއ. އުތީމު ކައުންސިލުން ނިންމައިފިއެވެ. އެރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި ދަނޑުބިން ތަކަށް އެދިލައްވަން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ ފޯމް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އެފަރާތްތަކުން ފޯމު ހުށައެޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ. އެކައުންސިލުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓަށްވުރެ ބޮޑުނުވާ ގޮތަށ...

އައިޝަތު ނަސާޔާ
"އެންމެ ފަހުވަގުތުވެސް އަތުގައި ހިފައިގެންހުރެ އެމްޕީ ދެއްވި ހެޔޮ ނަސޭހަތް އަޑުއަހައި، އެގޮތުގެ މަތީގައި ދެމިހުންނާން: ރާޝިދު

"އެންމެ ފަހުވަގުތުވެސް އަތުގައި ހިފައިގެންހުރެ އެމްޕީ ދެއްވި ހެޔޮ ނަސޭހަތް އަޑުއަހައި، އެގޮތުގެ މަތީގައި ދެމިހުންނާން: ރާޝިދު

އެންމެ ފަހުވަގުތުވެސް އޭނާގެ އަތުގައި ހިފައިގެންހުރެ މަރްޙޫމް ޙުސައިން ވަޙީދު ދެއްވި ހެޔޮ ނަސޭހަތް އަޑުއަހައި، އެގޮތުގެ މަތީގައި ދެމިހުންނަވާނެ ކަަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ. ރޭ ފޯކައިދޫގައި ކުރިއަށް ދިޔަ އޭނާގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، ދާއިރާއަށް މިއަދު ލިބެމުންދާ ކުރިއެރުމަކީ އެދުވަހު ދާއިރާގެ ރައްޔިތުންނުކުމެ އަނިޔާވެރ...

އަލީ އާދިލް
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފި

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފި

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ބުނެފައިވާ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑްތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައި މިވަނީ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަކީ ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަންތަންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ފާހަގަކޮށްފައިވުމުން ކަމަށެވެ. އެގޮތުން އެ އޮފީހަކީ ރައްޔިތުންގެ އައ...

އައިޝަތު ނަސާޔާ
ކޯވިޑް ބަލީގައި 42 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 42 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖެއިން 42 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:01 ހާކަށް ހާއިރުއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 270 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވިއިރު، މިވަގުތު ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ނާޒުކް ފައްތަރެއްގައެވެ. މުޅިރާއްޖެއިން ޕޮޒިޓިވްވާ ނިސ...

ޔުމްނާ ޢަލީ
މަކުނުދޫ ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

މަކުނުދޫ ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓްރީ ކުރުމަށް 22 ޖަނަވަރީ 2022 ން 31 ޖަނަވަރީ 2022 ގެ 11:00 ގެ ނިޔަލަށް https://forms.gle/7Qt8Jn7Ed8pUgToRA  މި ލިންކްގައިވާ ފޯމް ފުރިހަމަ ކުރުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި...

އިބްރާހިމް ޚަލީލް