ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ސްކޫލް މުވައްޒަފުން އަދިއްޔުއަށް އެހީތެރިވެއްޖެ ހދ. ނެއްލައިދޫ ސްކޫލްގެ ހުރިހާ މުވައްޒަފުުންގެ ފަރާތުން އެރަށުގެ ހާއްސަަ އެހީއަށް ބޭނުންވާ، އެ ސްކޫލްގެ ދަރިވަރު، މުހައްމަދު އަދިއްޔު އާދަމްއަށް އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ރަޝީދު ވިދާޅުވީ މިހަރަކާތުގެ ދަށުން އަދިއްޔުއަށް 12،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެއީ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި ގާތް ކުރާ އަދަދެއް ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ. ޗައިލްޑް އޯޓިޒަމް ވިތް... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ދިވެހި ޒުވާނާގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުން ލަންކާއަށް އަވަށްޓެރި ސްރީލަންކާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް އިއްޔެ އެ ގައުމަށް ފުރައިފިއެވެ. ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ޒުވާނާއަކީ، ދ. މީދޫއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރު އެވެ. ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސީޕީ އަފްހާމްގެ މަރާއި ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫ މާކިޅީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިއިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ އިއްޔެ ހަވީރު 16:20 ހާއިރުއެވެ. މިހާދިސާގެ ރިޕޯޓު ލިބުމާއެކު އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާންފެށި ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މާ ކިިޅި ސަރަހައްދުގައި ރޯވި އަލިފާން ވަނީ ފަތިހު 04:00 ހާއިރު ނިއްވާލެވިފައެވެ. “އަލިފާންގަނޑު އަލުން ރޯވެދާނެކަމަށްޓަކާ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ލޯންޗެއްގައި އަލިފާން ރޯވެއްޖެ ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގއ. އަތޮޅުގައި އޮންނަ ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރީ އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިގޮތުން އެ ސަރަހައްދުގައި އެމްއެންޑީއެފް ތިނަދޫ ފަޔަރ ސްޓޭޝަނުން ހަަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި ލޯންޗްގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ 21:23 ގައެވެ. އަލިފާން ނިއްވާލި ނަމަވެސް، ލޯ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުގެ 720 ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމުގެ 720 ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ހުޅުވާލައިފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި ފުރުސަތުގެ ދަށުގެ ދަށުން ލޯނަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު އަންނަ މާރޗް މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ 13.30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ފޯމް ހުށައަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ މަދަނީ ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ފައިސާގެ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ. އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އެހީއަށް އެދި ހުށަހެޅޭނީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށެވެ. އެގޮތުން އެފަދަ ޖަމްޢި... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި ހދ. ހަނިމާދޫގައި އިތުރު މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވިގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެ މިނިސްޓްރީއާއެކު މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަލާފް ޕްރައިވެޓް ލިމިޓެޑްއެވެ. އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ މުއްދަތުގައި މި މަސައްކަތް ނިންމަންޖެހޭއިރު، މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫއަކީ 11.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ހަނިމާދޫގައި މިހާރު ވެސް ތިން މިސް... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް ދިވެހި ދައުލަތުން އަރުވާ ޝަރަފެއް ކަމަށްވާ ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުވައިފިއެވެ. ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް މި ޢިއްޒަތް އަރުވާފައި މިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމި... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި އަނގޮޅިތީމު ބަނދަރުގެ 80 އިންސައްތަ ނިމިއްޖެ ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ލުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިއަދު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް،... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ 620 ގުރާމް ޑްރަގް: ލެބޯޓްރީއާ ހަމައަށް ގެންދިޔަ ގޮތް ގޯސްވުމުން ކުށް ސާބިތެއް ނުވި ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 620 ގުރާމް މަސްތުވާތަކެތި ތަހުލީލުކުރަން ލެބޯޓްރީއާ ހަމައަށް ގެންދިއުމުގައި އަމަލުކުރި އިޖްރައާތު ގޯސްވުމުން އެ މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ. ސ. ހުޅުދޫ ކުރިކީލަގޭ ސާނިއާ ރަޝީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ އޭނާ 2016 ވަނަ އަހަރުގެ މެއި މަހު ރާއްޖެ އައިއިރު އޭނާގެ ލަގެޖުން 620 ގުރާމް މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އަތުލައިގަތް ކަމަށް […... ހުސައިން ހަބީބް · 4 އަހަރު ކުރިން
މަޖިލިސް ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުން އިވޭ: ސައްލެ މި ސަރުކާރުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމާއި، ތަރައްގީއަށް ގިނަ މަސައްކަތްތަކެއްކޮށްފިކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުގައި ދައްކަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ޢިއުލާން ކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީއިން ވަނީ ހަމަ އެރޭ ރޭޢިއުލާން ކޮށްފައެވެ. މިއަދު ޢިއުލާންކުރި ދާއިމީ ނަތީޖާއާއި، ވަގުތީ ނަތީޖާގެ ތަފާތެއް ނެތެވެ. މިގޮތުން އީސީން މިއަދު ޢިއުލާން ކުރި ދާއިމީ ނަތީޖާގައި ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ އިންތިހާބުގެ ނަތީޖާ ބުނެދިނީ ރީތި އަހްލާގައި އިހްލާސްތެރިކަން މީހުން ބަލައިގަންނަނީ ނަމެއްގައިކަން: އަސްރާ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ދޭހަވެގެން ދިޔައީ ރީތި އަހްލާގައި އިހްލާސްތެރިކަން މީހުން ބަލައިގަންނަނީ ނަމެއްގައިކަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން ހޮނިހިރު ދުވަހުގެ ރޭޢިއުލާން ކޮށްފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގޮނޑި ކާމިޔާބ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ހިންމަފުށީގެ އެއްގަމުތޮށި ލާން ބޭނުންވާ ކްންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް ހިންމަފުއްޓަށް ގެންދިޔައީ މި މަހުތެ ހަތަރެއްގައެވެ. މި ޕްރޮޖެކްޓުގެ ދަށުން އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ވަނީ ނިމިފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ 67 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 8:50 ހާކަށް ހާއިރުއެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ހެން މީހަކު މި ބަލީގައި ނިޔާވަމުން އަންނައިރު، މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 284 ވަނަ މީހާއެވެ. މި ބަލީގައި އިއްޔެ ރާއްޖެއިން ވަނީ 21 އަހަރުގެ ޒުވާނަކު ވެސް ނިޔާވެފައެވެ. އޭނާ […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން