ރާއްޖެ ޕީޕީއެމަށް ލިބުނީ ކާމިޔާބެއް، ފެނުނީ އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރިތަން: ޑރ. މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އިންތިޚާބާއި ގުޅިގެން ފެނިގެންދިޔައީ ސަރުކާރުން ޤާނޫނުތަކާއި އުޞޫލުތަކުގެ ބޭރުން އެތައް ކަމެއް ކުރަމުންދިޔަތަން ކަމަށާއި، މި އިންތިޚާބަކީ ޙަޤީޤަތުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބެއް ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅިގެން ޕީޕީއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. އިއްޔެގެ އި... އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު ލައިޕްޒިގް ބަލިކޮށް ބަޔާނުން ފަރަގު ބޮޑުކޮށްފި ޖަރުމަނު ބުންޑަސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކާއި އާރްބީ ލައިބްޒިގް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގައި ފަރަގު ބޮޑު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބަޔާނުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަރުމަނުގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާއެވެ. ލެވަންޑޯސްކީ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ވަޅުގައި ތާށިވި ރަޔަން، ވަޅުން ނެގިއިރު އޮތީ ނިޔާވެފަ 100 ފޫޓު ފުން ވަޅުގަނޑަކަށް މީގެ ފަސް ދުވަސް ކުރިން ވެއްޓުނު ފަސް އަހަރުގެ ރަޔަން ވަޅުން ނެގި އިރު އޮތީ ނިޔާވެފައިކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެފި އެވެ. މޮރޯކޯގެ ރެސްކިއު ޓީމުން ތަކުން އައީ މެދު ކެނޑުމެއް ނެތި ރަޔަން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ރަޔަން ވަޅުން ނަގައިގެން ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މާގިނަ މަޢުލޫމާތު ތަކެއް އަދި ނުލިބެ އެވެ. ރަޔަން ވަޅުގަނޑުން ނެރުނު އިރު އެސަރަހައްދުގައި ރަޔަންގެ މަންމަ އާއި ބައްޕަ އެސަރަހައްދު... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ފެނިގެން ދިޔައީ ސަރުކާރުގެ ސިޔާސަތު ތަކާއި ރައްޔިތުން ރުހޭ މިންވަރު: ސައުދު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ފެނިގެން ދިޔައީ ސަރުކާރުގެ ސިޔާސަތު ތަކާއި ރައްޔިތުން ރުހޭ މިންވަރު ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ. ސައުދު މިހެން ވިދާޅުވެފައި ވަނީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކާމިޔާބު ހޯދި އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދަށާއި، އެމްޑީޕީއަށް މަރުޙަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ. ސައުދު ވިދާޅުވީ، މި ކާމިޔާބީ ގުޅިފައި ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށާއި، މި ސަރުކ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ތުރުކީގެ ރައީސް، އުރްދުގާން ކޯވިޑަށް ޕޮޒިޓިވްވެއްޖެ ތުރުކީ ވިލާތުގެ ރައީސް ތައްޔިބު އުރްދުގާން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ރައީސް އުރްދުގާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ އިތުރުން އަނބިކަނބަލުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ. އުމުރުން 67 އަހަރުގެ އުރްދުގާން ވިދާޅުވީ، ހުރިހާ ރައްޔިތުންގެ ހެޔޮ ދުޢާއަށް އެދިވަޑައި ގަންނަވާ ކަމަށެވެ. އަދި ގެކޮޅުގައި ހުންނަވައިގެން ވެސް މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. “މިއީ އޮމިކްރޯން ވޭރިއ... ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާނަން: އެމްއެންޕީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ. އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ހާމަވެގެންދިޔަ އެއްކަމަކީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ކަމަށެވެ. އަދި އިންތިޚާބުތ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިއަހަރުގެ "އުތީމު ބަދަހި ދަތުރު" ނިންމާލައިފި ހއ. އުތީމުގެ 30 އަހަރުން މަތީގެ ފިރިހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “އުތީމު ބަދަހި ދަތުރު” ގެ މިއަހަރުގެ ދަތުރު މިއަދު ނިންމާލައިފިއެވެ. މިއަދު މިދަތުރު ފަށާފައި ވަނީ ހެނދުނު 07:30 ގައި އެވެ. ދަތުރު ނިންމާލާފައި ވަނީ ހަވީރު 16:30 ގައެވެ. ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރު 2020 ވަނަ އަހަރުވެސް ވަނީ ކުރިއަށް ގެންގޮއްސައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކޯވިޑްގެ ހާލަތުގެ ސަބަބުން މިދަތުރު ކުރިއަށް ގެންގޮސްފައި ނުވެއެވެ. ކުރީ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ ދާއިރާ ކާމިޔާބުކުރީ ރާޝިދު މިއަދު ކުރިއަށްދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު މި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑީޑޭޓް މުހަމަދު ރާޝިދު އެވެ. ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަން އާއި ވާދަ ކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް އެވެ. ނަތީޖާ އެންމެ ވާދަ ވެރިކޮން ދިޔައީ މިދެކެނޑިޑޭޓުންގެ މެދުގައެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލް ހަންނާން އިދުރީސް އެވެ. މިހާތަނަށް ނަތީޖާ ނުލިބި […] އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫ ދާއިރާ ވަގުތީ ނަތީޖާ ރާޝިދު ފަތުހީ ހަންނާން ރަށް ފޮށި # 161 95 41 މަރޮށި C9.1 1 144 152 37 ކޮމަންޑޫ -1 C11.1 2 159 92 64 ކޮމަންޑޫ -2 C11.2 3 225 200 12 ފޯކައިދޫ -1 C7.2 4 195 201 13 ފޯކައިދޫ -2 C7.1 5 280 242 88 މާލެ – 1 T0.1 6 237 179 68 މާލެ – 2 T0.2 […] ތިލަދުން · 4 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ ކޯވިޑް ޖެހިގެން 80 އަހަރުގެ އަންހެނެއް ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި މިމީހާ ނިޔާވެފައިވަނީ މިއަދު މެންދުރުފަހު 15:35 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. މިއީ ކޯވިޑްގައި ރާއްޖެއިން ނިޔާވި 281 ވަނަ މީހާއެވެ. ކޯވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އިއްޔެ އެކަނިވެސް 1955 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. Today (05/02/22) at 03:35 pm a 80-year-old Maldivian female admitted […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ޓޫރިޒަމް "އަޕްބީޓް ޓޯކް ޝޯ" މިމަހު 17 ގައި ދިވހެި ރާއްޖޭގެ ޓޫރިޒަމްއަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ކުރިއަށް ގެންދާ “އަޕްބީޓް ޓޯކް ޝޯ” މިމަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޝޯގެ ފެށުމުގެ ގޮތުން ބާއްވާ ސެޝަންގައި ފަތުރުވެރިކަމުގެ ޕައަރނިއަރުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ މަޓީގެ ޗައަރމަން އަލްފާޟިލް މުޙައްމަދު އުމަރު މަނިކު، މިނިސްޓަރ އޮފް […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައީސް ވިދާޅުވި ގޮތަށް ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން ހދ. ހަނިމާދޫގައި ބަނދަރުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވި ގޮތަށް ކުރިއަށް ނުދާތީ، ބަނދަރުގެ މަސައްކަތް ރައީސް ވިދާޅުވިގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލައި ހަނިމާދޫ ބަނދަރުގައި ބެނާއެއް ދަމައިފިއެވެ. މިއަދު ހަނިމާދޫ ބަނދަރުގައި ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ ” ރައީސް ވިދާޅުވި ގޮތަށް ބޭރުތޮށީގައި ރިވެޓްމެންޓް ޖަހައިދީ” މިހެންނެވެ. ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިފަރުގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ. ނައިފަރު ކައުންސިލުން އާއްމު ކޮށްފައިވާ ލިސްޓްގައި ހައުސިންގ ޔުނިޓްއަށް އެދުނު ފަރާތްތަކުގެ ތެރެއިން 741 މީހުންގެ ޝަރުތު ހަމަވާކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި 17 މީހުންނަށް ގޯތި ލިބިފައި ނުވާއިރު 8 ފަރާތެއްގެ ފޯމް ވަނީ ބާތިލް ކޮށްފައެވެ. ފޯމް ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ލިބިފައިވަނީ 91 ޕަސެންޓެވެ. އެގޮތުން އެ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޤާނޫނުތަކާ ޚިލާފު ކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު،ޤާނޫނުތަކާ ޚިލާފު ކެމްޕޭން ކުރުމުގެ އެއްވެސް ޢަމަލެއް ނުހިންގުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން އިލްތިމާސްކޮށްފިއެވެ. މި އިންތިޚާބުގެ ކެމްޕޭން ކުރުމުގެ ސުން ގަޑި އިއްޔެ ހަވީރު 18:00 އަށް ވަނީ ހަމަވެފައެވެ. އޭގެފަހުން ކެމްޕޭންގެ އެއްވެސް ހަރަކާތެއް، އަމަލެއް ހިންގުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. ނަމަވެސް ރޭ ވެސް މިއަދު ވެސް ކެމްޕޭންކުރުމާއި، ވޯޓު ހޯދުމަށް ރިޝްވަތުބެހުމާއި، ވޯޓަށް ނުފޫޒު ފޯރުވުމުގެ ކަންތަ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ވިޔަފާރި ގަލޮޅުގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ގަލޮޅުގެ ފާށަނާ ކިލެގެ މަގާއި، މަޖީދީމަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ. މިގަޑިތައް މިހެން ބަޔާންކޮށްފައިވީނަމަވެސް، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ ސަބަބުން ދިމާވެދާނެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން