ތިލަދުންމަތީ ޚަބަރު ރަށުޕިކަޕުގެ ހުރިހާ ސްޕެއަރ އެއްމެ އަގުހެޔޮކޮށް، ބެސްޓް ބަޑީގެ ފިހާރަތަކުން ރާއްޖޭގެ މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ ރަށު ޕިކަޕުގެ ހުރިހާ ސްޕެއަރ ޕާރޓްސްއެއް އެންމެ އިތުބާރާއި ޔަގީން ކަމާއި އެކު އެންމެ އަގުހެޔޮކޮން ލިބެން ހުރި ފިހާރަ އަކީ ބެސްޓް ބަޑީގެ ފިހާރަތަކެވެ. ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި ރަށު ޕިކަޕް އެތެރެކުރާ ފަރާތްކަމުގައިވާ ބެސްޓް ބަޑީއިން އަންނަނީ ރަށު ޕިކަޕުގެ ޓެކްނިކަލް ސަޕޯޓުވެސް ފުޅާދާއިރާއެއްގައި ދެމުންނެވެ. އަދި އާފްޓަރސޭލްސް ސާރވިސް ވެސް އެފިހާރައިން އަންނަނީ ފޯރުކޮށްދެމުންނެވެ. ރަށުޕިކަޕަކީ ބޭނުން ބޮޑުވެފައި ގެންގުޅެން ކުޑަބަޖެޓަކުން... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ކަނބަލުންނަށް ހާއްސަކޮށްގެން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ އާމިނަތު ނަހުލާ ވިދާޅުވީ މިއީ ރަށުގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 ދުވަހުގެ ނިޔަލ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ އަސްރާގެ މައްސަލަ ޕީޖީން ދޫކޮށްލައިފި، ލޯބިވެރިޔާ ވެސް ސަލާމަތްވެއްޖެ ލަވަކިޔުންތެރިޔާ ހައްވާ އަސްރާ އާއި އޭނާގެ ލޯބިވެރިޔާގެ ތިބި ކޮޓަރިއަކުން މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ދެ މީހުންނަށް ކުރި ދައުވާގައި އަސްރާގެ ބައި ދައުލަތުން އަނބުރާ ގެންގޮސް އަދި އޭނާގެ ލޯބިވެރިޔާ ހައި ކޯޓުން ވެސް ސަލާމަތްވެއްޖެ އެވެ. އޮގަސްޓް، 2016 ގައި އަސްރާ އާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހް މާލޭގެ ގެއެއްގެ ކޮޓަރީގައި ތިއްބާ އެތަނަށް ފުލުހުން ވަދެ ފާސް ކުރިއިރު އެތަނުން 30 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރަށުގެ އެކި ތަންތަނަށް ކުނި ނޭޅުމަށް ތަކަންދޫ ކައުންސިލުން އެދިއްޖެ ހއ. ތަކަންދޫގެ އެކި ސަރަހައްދުތަކަށް ބައެއް ފަރާތްތަކުން ގަވާއިދާއި ޚިލާފަށް ކުނި އަޅަމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ. އެރަށު ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް އެކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކަށް އަޅާފައިވާ ކުނި ނަގާ ސާފުކޮށް އެސަރަހައްދުތަކަށް ކުނި ނޭޅުމަށް ބޯޑު ތަކެއް ވަނީ ޖަހާފައެވެ. އަދި ކުނިއެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފެނަކަ ސީއެސްއާރުގެ ދަށުން ށ. އަތޮޅު ތައުލީމީ މަރުކަޒަށް 10 ޓީވީ ހަދިޔާކޮށްފި ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒަށް 55 އިންޗީގެ 10 ޓީވީ ހަދިޔާކޮށްފިއެވެ. މިއީ އެ ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އަޕްގުރޭޑް ކުރުމަށް ބޭނުންވާ އެހީތެރިކަމެކެވެ. މިކަމަށްޓަކައި އެމަރުކަޒުގެ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުވައްޒަފުންނާއި، ސީނިޔަރ މެޖޭޖުމެންޓާއި އަދި ޕީޓީއޭގެ ފަރާތުން، ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަށާއި އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ. ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ކިނޮޅަހު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތާއި މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ބޭރުތޮށި ލުމާއި، 65 މީޓަރުގެ ރިވެޓްމެންޓް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
މަޖިލިސް ދޫނިތައް މަރާލުން ކުށްވެރިކުރަން، އެކަން ބަލައެއް ނުގަނެވޭނެ: ރާޝިދު ދޫނިތައް މަރާލި މަރާލުން ކުށްވެރިކުރަށްވާ ކަމަށާއި، އެކަން ބަލައެއް ނުގަނެވޭނެ ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ކޮމަންޑޫ ދާއިރާ ކުރިން ތަމްސީލް ކުރެއްވި މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމުން މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި އެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު، ރާޝިދު މެންބަރުކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނުއެވެ. އެއަށްފަހު އޭނާ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. ޤަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އަންހެނުންގެ ކޮމެޓީން ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފަށަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެރަށު ސްކޫލްގެ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނަށާއި ރަށުގެ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ ހދ.ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިއީ ފެނަކައިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި ދެވަނަ އިޢުލާނެވެ. ފުރަތަމަ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިޢުލާން ކޮށްފައި ވަނީ ފާއިތުވި އަހަރު ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން ކުރިންކުރި އިޢުލާނަށް އެކަށީގެންވާ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ނޭވާ 2 ގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ރެކޯޑެއް ހެދުމަށް ބާއްވާ، ނޭވާ 2 ގެ ކޯ ސްޕޮންސަރަކަަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ ފުރަތަމަ ލޯކަލް ޑައިވިންސްކޫލް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސްއިން, މޫދު އަޑީގައި ނޭވާ ހިފެހެއްޓުމުގެ ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން، އެންމެ ގިނަ މީހުން އެއްފަހަރާ ސްޓެޓިކް އެޕްނިއާގެ ރެކޯޑެއް ހެދުމަށް މި ހަރަކާތުގައި މަސައްކަތް ކުރާނެއެވެ. ސްޓެޓިކް އެޕްނިއާއަކީ ނުފީނާ، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ އުކުޅަށް ކިޔާ ނަމެވެ. އެ ހަރަކާތުގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި އިހަވަންދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަަަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި، 284 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ފުލުގައި އޮތް ބާންލީ އަތުން ޔުނައިޓެޑަށް ޕޮއިންޓެއް އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ބާންލީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އަންގާރަ ދުވަހުގެ ރޭ ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ޔުނައިޓެޑަށް އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް އެ ޓީމުން ވަނީ ބާންލީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މުޅި ރާއްޖެއަށް ހުޅުވައިގެން ކުރިއަށްގެންދާ “ގޯލްޑަން ފުޓްސަލް ޗެލެންޖް”ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރިލްވާން މޫސާއެވެ. މި މުބާރާތުގައި 91 ޓީމެއް ބައިވެރިވާއިރު 177 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅު... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
މަޖިލިސް ރާޝިދު ހުވާ ކުރައްވައިފި މިމަހުގެ 5 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، މުހައްމަދު ރާޝިދު، މެންބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ. އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާޝިދަށް މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. މިިރަސްމިއްޔާތުގައި ރައްޔި... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ބިންތަކަށް ބިޑް ހުށަހެޅުން މާދަމާ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާންކުރި 60 ބިމުގެ ތެރެއިން ބީޗްފްރަންޓް ބިންތަކަށް ބިޑްކުރުން މާދަމާ ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތާވަލު ކޮށްފިއެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުުރި ގޯތީގެ ތެރޭގައި ހިމެނޭ ބީޗް ފްރަންޓް 26 ބިމަށް މާދަމާ ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން، ކޮންމެ ބީލަން ފޯމަކާ އެކު ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެއް […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން