ތިލަދުންމަތީ ޚަބަރު "ޕާލޭ އެއާ ޗެލެންޖް" ގައި ބޮޑު ކާމިޔާބީއެއް ހޯދި ނޮޅިވަރަންފަރު ސްކޫލަށް އިނާމު ހަވާލުކޮށްފި ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ 2021” ގައި ބޮޑު ކާމިޔާބެއް ހޯދި ހދ. ނޮޅިވަރަންފަރު ސްކޫލަށް ޕާލޭގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ. ޕާލޭ އިން ކުރިއަަށް ގެންދިޔަ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް ސްކޫލް ގެ ގޮތުގައި ނޮޅިވަރަންފަރު ސްކޫލް […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކޮށްފި ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ވިދާޅުވި ގޮތުގައި އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން ސިވިލް ކޯޓަށް ދެ ފަނޑިޔާރުން މިހާރު އައްޔަނު ކުރަށްވާފައިވާ ކަމަށެވެ. އެ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑަޅައިފި އަންނަ ރޯދަމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފިއެވެ. މިގޮތުން ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮވިޑާއި ގުޅިގެން ސައުދީގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލައިފި ކޮވިޑް-19 އާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އެގައުމުގެ ސަރުކާރުގެ ރަސްމީ މީޑިޔާ ކަމުގައިވާ ސައުދީ ގެޒެޓްގައި ބުނެފައިވަނީ، ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މި ހޮނިހިރު ދުވަހުން ފެށިގެން އުވާލާން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާތްވެގެންވާ ދެ ހަރަމާއި، ސައުދީގެ ހުރިހާ މިސްކިތެއްގައި އިޖުތިމާއީ ގައިދުރުކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސްކިތްތަކ... ޖަލްވާން ޖާދުﷲ · 4 އަހަރު ކުރިން
ކުޅިވަރު ފުރާންސްލީގް: ޕީއެސްޖީ ބަލިކޮށް އޯޖީސީނައިސް ތާވަލްގެ ދެވަނަ އަށް ފުރާސްލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން ޕީއެސްޖީ ބަލިކޮށް އޯޖީސީ ނައިސް ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. 62 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައިވާ ޕީއެސްޖީ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދި އޯޖީސީނައިސް އަށް ތާވަލްގެ ދެވަނަ ލިބެނީ 49 ޕޮއިންޓް ހޯދައިގެންނެވެ. މި ދެޓީމުވެސް މިހާތަނަށް ލީގުގައި ވަނީ 27 މެޗް ކުޅެފައެވެ. އޯޖީސީނައިސް އިން ޕީއެސްޖީ ގޯލާ އަމާޒުކޮށް 6 ހަމަލާއެއް ފޮނުވާލިއިރު އޯޖީސީނައިސް ގޯލާ އަމާޒުކޮށް ޕީއެސްޖީއަށް ފޮނުވާލެވިފައިވަނީ އެންމެ 2 ހަމަލާއެވެ. މި […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ކުޅިވަރު ވެސްޓްހަމް އަތުން ލިވަޕޫލް އަށް މުހިއްމު މޮޅެއް އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ވެސްޓްހަމް މަށްޗައް ލިވަޕޫލްއިން ކުރި ހޯދައިފިއެވެ. މެޗުގަ ފެނުނު ހަމަ އެކަނި ގޯލް މެޗުގެ 27 ވަނަ މިނެޓުގައި އެލެކްސެންޑާ އާނޯލްޑް ގެ އެހީތެރިކަމާއެކު ޖަހައިދިނީ ސާޑިއޯ މާނޭ އެވެ. ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅެމުންދިޔަ ލިވަޕޫލްވަނީ 13 ހަމަލާއެއް ފޮނުވާލާފައެވެ. މީގެން 5 ހަމަލާ ގޯލާ އަމާޒުވީއިރު ވެސްޓްހަމްގެ 7 ހަމަލާއިން 4 ހަމަލާ ވަނީ ގޯލާ އަމާޒުވެފައެވެ. https://twitter.com/LFC/status/1500229672461733890?t=5m6KRVHAtKYvK... އަލީ ރިޔާޟް · 4 އަހަރު ކުރިން
ވިޔަފާރި ފޭސްބުކް މެދުމެރިކޮށް އުރީދޫ ނަންބަރުތަކަށް ރީޗާޖް ކުރެވޭގޮތާއި އެޑްއޮން ގަނެވޭގޮތް ހަދައިފި ފޭސްބުކް މެދުވެރިކޮށް އުރީދޫ ނަންބަރުތަކަށް ރީޗާޖްކުރެވޭ ގޮތާއި އެޑްއޮން ގަނެވޭ ގޮތް އުރީދޫއިން ހަދައިފިއެވެ. މި ހިދުމަތް ދެނީ އުރީދޫ އާއި ފޭސްބުކްގެ މައި ކުންފުނި، މެޓަ އާ ދެމެސު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އުރީދޫން ބުނީ މެެޓަ އާއި އެކު ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދެނީ ފޭސްބުކްގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިނޭ އަންހެނުންގެ ކޮމިޓީން ހައްދާފައިވާ ބަރަބޯ ބާޒާރަށް ނެރެފި ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހައްދަމުންދާ ދަނޑުތަކުގައިވާ ބައެއް ބާވަތްތައް ބާޒާރަށް ނެރެފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފިނޭ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ޝަކީބާ އަލީ ވިދާޅުވީ މިމަސައްކަތަކީ އެކޮމިޓީއަށް އާމްދާނީ ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާތަނަށް އެދަނޑުތަކުގައި ހައްދާފައިވާ ތަކެތީގެ ތެރޭގައި ބަރަބޯ، ދަނޑި އަލުވި، ރަންގު ކައްޓަލައިގެ އިތުރުން... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި އުނގޫފާރު މަގުހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ކޭބަލް ޖަންކްޝަންތަކާއި ކާބް ގަލުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕޭވްމަންޓް ބްލޮކްތަކުގެ ކާސްޓިން މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ފަސް މަގެއްގައި ތާރު އަޅާނެއެވެ. އަދި 7511.70 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު ހއ. އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައި މިވަނީ އެރަށުަގއި ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވާފައިވާތީއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކު އަންހެނުންގެ ކޮމޮޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރީޝާ ވިދާޅުވީ މި ޕްރޮގްރާމަކީ ކޮންމެ މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިއަދުގެ ހަރަކާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވޭ ގޮތް ނުވި ނަމަވެސް އެކޮމިޓީގެ މެމްބަރުން ވަނީ އެހަރަކާތް ކުރިއަށް ގެންގޮސްފައެވ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ހިލޭ ސާބަހަށް މުޖުތަމައުގެ ހޭލުންތެރިކުރުމުގެ މަސައްކަތުގައި އެވިޑް ކޮލެޖް ދެމިއޮންނާނެ: މުޝްތާޤް އިޖުތިމާއީ ޒިންމާތަކުގެ ތެރެއިން ހިލޭ ސާބަހަށް މުޖުތަމައުގެ ހޭލުންތެރިކުރުމުގެ މަސައްކަތުގައި އެވިޑް ކޮލެޖް ތާއަބަދުމެ ދެމި އޮންނާނެ ކަމަށް އެވިޑްކޮލެޖްގެ ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ. އެވިޑް ކޮލެޖުން އިސްނަގައިގެން އިއްޔެ ހަވީރު މާލޭ ސޯސަލް ސެންޓަރު ކައިރީ ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަކޮށްގެން ހެލްތު ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޮލެޖްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ކޭމްޕަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޒިޔާ... ޙުސައިން ޝަހުދީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގެ ފައިނަލަށް ފެނަކާއާއި ހޮސްޕިޓަލް ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް” ފުޓްސަލް މުބާރާތުގެ ފައިނަލުން ދިއްދޫ ފެނަކަ ބްރާންޗާއި ހއ.އަތޮޅު ހޮސްޕިޓަލްގެ ޓީމް ޖާގަ ހޯދައިފިއެވެ. މި މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. ޕޮއިންޓް ތާވަލުގެ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމްގެ މެދުގައި ސެމީ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކުޅިވަރު ބޮޑު މޮޅަކާއިއެކު އިންޓަ މިލާން އެއްވަނައަށް އިޓާލިއަން ސީރިއާ އޭގައި ހުކުރު ދުވަހުގެ ރޭ އިންޓަ މިލާނާއި ސެލަނިޓާނާ ބައްދަލުކުރު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އިންޓަ މިލާން ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައ އިންޓަގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް ވަނީ ހެޓްރިކް ހަދާފައެވެ. އިންޓައިން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ބަރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އަނެއްކާވެސް އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލިފައިވާއިރު އެސްޓީއޯއިން ވިއްކާ ތެލުގެ އަގުވެސް ބޮޑުކޮށްފިއެވެ. މި ބަދަލާއެކު މާދަމާއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.60ރ. އަަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 14.80ރ. އަށެވެ. މިފަހަރު އެސްޓީއޯއިން ތެލަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވެފައިވަނީ ޕެޓްރޯލް ލީޓަރަކުން 1.71ރ. އެވެ. ޑީސަލް ލީޓަރަކުން 1.76ރ. އެވެ. އެހެން ކަމުން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ވަނީ %13 ބޮޑުވެފަ އެވެ. ދުނިޔޭގެ ބާޒާރުގައި މިވަގު... އަޙްމަދު ވަހީދު · 4 އަހަރު ކުރިން