ފައްޔާޒު ކެމްޕޭން ނިންމާލެއްވީ "އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން" ވޯޓު ލާން ނިކުތުމަށް އެދި
އަލުން އާބާރަކާއެކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހިންގާލަން، އެ ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ގޮވައިލައްވައިފިއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނީ މާދަމާއެވެ. އެ އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ހޮވާނެއެވެ. ފަޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެން އެކުވެ ގުޅ...