ރައީސް ސޯލިހަށް އުރީދޫއިން ވޯލްޑްކަޕްގެ ރަސްމީ ބޯޅަ "އަލް ރިހްލާ" ހަދިޔާ ކޮށްފި
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީ ވޯލްޑް ކަޕް ބައްލަވައިލެއްވުމަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް، ދައުވަތު އަރުވައިފިއެވެ. އޫރީދޫ އިން ރައީސް ސޯލިހަށް ދައުވަތު އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ސޯލިހާއި ހާލިދު އާ ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި އުރީދޫން ރާއްޖޭގައި ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުވުމުގ...