ކުޅިވަރު އެމްބާޕޭ ދެއްކި ވާހަކައަކުން ޗައިނާ ''ހިތުގައި ޖެހި'' މުޅި ގައުމުގައި ލަލީގާ ދެއްކުން މަނާކޮށް، ސްޕޮންސާ ހުއްޓާލައިފި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ސްޕެނިޝް ލަލީގާގެ މެޗުތައް ޗައިނާގައި ދެއްކުން އެ ގައުމުގެ ދައުލަތުގެ ޓީވީތަކުންނާއި މައި ބްރޯޑްކާސްޓަރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގާ ގުޅުވައި އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން އުފެދުނު ބޮޑު ހިތްހަމަނުޖެހުމަކާ ގުޅިގެންނެވެ. މި މައްސަލަ އުފެދެން މެދުވެރިވީ، މީޑިއާ އިންޓަވިއުއެއްގެ ތެރޭގައި އެމްބާޕޭ ދެއްކި ވާހަކަތަކަކ... އަޙްމަދު ވަހީދު · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު އުފެއްދުންތެރިކަމުގެ މައުރަޒުން ކަނޑިތީމުގެ ނާއިޝް ތިން ދާއިރާއަކުން ވަނަ ހޯދައިފި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ކަނޑިތީމަށް ނިސްބަތްވާ ޙުސެއިން ނާއިޝް ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައި އެވޯޑް ޙާޞިލުކޮށްފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ބޮޑު މައުރަޒުގައި ނާއިޝް ވަނީ މުޅިއެކު ތިން ދާއިރާއަކުން ވަނަ ކަށަވަރުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ތްރީޑީ އާޓްސް ކެޓަގަރީން 1 ވަނަ ހޯދުމުގެ އިތުރުން، ކްރިއޭޓިވް އާޓްސް އެނ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ޓެކްނޮލޮޖީ 100 އަށް ވުރެ ގިނަ ގައުމުގައި ސްޓާލިންކް ބޭނުންކުރާ މީހުންނަށް އިސްރާއީލުގެ ޖާސޫސީ ކުންފުންޏެއްގެ ނުރައްކާ ސްޕޭސްއެކްސްގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތް ކަމަށްވާ ސްޓާލިންކް ބޭނުންކުރާ ފަރާތްތަކަށް ޖާސޫސުކުރުމަށްޓަކައި، އިސްރާއީލުގެ އިޝްތިހާރު ޓެކްނޮލޮޖީ ކުންފުންޏަކުން އަމާޒުކޮށްގެން ފާރަލަމުންދާ ކަމަށް ސައިބާ ސެކިއުރިޓީ ތަޖުރިބާކާރުން ބުނެފިއެވެ. މި މައްސަލައިގެ މައުލޫމާތު އެނގޭ ހަ ފަރާތަކާ ހަވާލާދީ ހާމަވެފައިވާ ގޮތުގައި، 100 އަށް ވުރެ ގިނަ ގައުމުގައި ސްޓާލިންކް ބޭނުންކުރާ ފަރާތްތަކަށް މި ނުރައްކާ ވަނީ ކުރިމަތިވެފައެވެ. ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ސައިބާ ސެކިއުރިޓީ ކުންފުނި ޓްރެންޑް މައިކްރޯގެ ދަށުން... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ''މުތީއެއް ފަދަ އުތީމު'': ކުށުގެ ރެކޯޑު ދަށް އުތީމުގައި އެކަން ދަމަހައްޓަން ސިލްސިލާ ސެޝަންތަކެއް ހއ. އުތީމަކީ ނިސްބަތުން ކުށުގެ ރެކޯޑު ދަށް ރަށެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓައި، ކުށުގެ ވެށިން ރައްކާތެރިވެފައިވާ އަމާން މާހައުލެއް އެ ރަށުގައި ގާއިމުކުރުމަށްޓަކައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ އުތީމު ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެކެވެ. މި ސިލްސިލާގެ ފުރަތަމަ ސެޝަން މިހާރު ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި 87 ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
މަޖިލިސް މަޖިލިސް ރައީސާ އެއްވަރުކުރަން އުއްތަމަ ފަނޑިޔާރުގެ އިނާޔަތް ބޮޑުކުރަން ކޮމެޓީން ފާސްކޮށްފި އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އެހެނިހެން މަސައްކަތްތަކުގެ ބައިގައި މި މައްސަލަ ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. މިއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރަ މުރާޖައާކުރުމަށް ހުށަހެޅުއްވި ހުށަހެ... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
މަޖިލިސް ގަރާރު ބަލައިނުގަނެފި ނަމަ ދެން ބަހުސެއް ނޯންނާނެ، މަޖިލީހުގެ ގަވާއިދަށް ބޮޑު ބަދަލެއް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބަލައިގަންނަން ފާސްނުވާ ނަމަ ބަހުސަކާ ނުލައި ގަރާރު ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދު މިއަދު އިސްލާހުކޮށްފިއެވެ. މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ ކުރިން އޮތް ގޮތުން ނަމަ، މެންބަރަކު ގަރާރެއް ހުށަހެޅުއްވުމާ އެކު، އެ ގަރާރު ބަލައިގަތުމުގެ ކުރިން އެ މައްސަލައަކަށް ބަހުސްކުރުމުގެ ފުރުސަތު މެންބަރުންނަށް އޮވެއެވެ. އަދި އެ ގަރާރެއް ބަލައިގަތުމާ މެދު މެންބަރުންގެ މެދު... އަލީ އާދިލް · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކޭއާރްއެޗްގައި ބަލިމީހުން ބައްލަވަން ފަށްޓަވައިފި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ކުޑަކުދިންގެ ނާރުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދެއްވުމަށް ޑޮކްޓަރަކު ބައްލަވަން ފަށްޓަވައިފިއެވެ. މި ޚިދުމަތް ފަށްޓަވާފައިވަނީ ކުޑަކުދިންގެ ނާރުގެ ބަލިތަކާ ބެހޭ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް، ޑރ. އާމިނަތު އަބޫބަކުރެވެ. ކޭއާރްއެޗުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. އާމިނަތު އަބޫބަކުރު މިހާރު ވަނީ އެ ހޮސްޕިޓަލާއި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ އޯޕީޑީގައި ބަލިމީހުން ބައްލަވަން ފަށްޓަވައި، އައުޓްޕޭޝަންޓް ކޮންސަލްޓޭޝަންތައް ދެއްވަން ފައްޓަވާފައެވެ. އ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ރާއްޖެ ލޫލާގެ ކާމިޔާބީން ހާމަވަނީ ރައްޔިތުންގެ އިތުބާރު އޮތް މިންވަރު: ރައީސް މުޢިއްޒު ފެޑެރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް، ދިވެހިރާއްޖޭގ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި އިންތިޚާބުގައި ރައީސް ލޫލާއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. ދިވެހި ސަރުކާރާއި ރައްޔިތުން... ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން
ޚަބަރު ފެނަކައިގެ ޕްރޮކިއުމަންޓްގެ ކުރީގެ ހެޑް އެއް އަހަރާއި ހަތް މަހަށް ޖަލަށް ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ވެރިޔާ މަރިޔަމް ދީނާ ސާލިހް އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލާގައި ދީނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު […] ޔުމްނާ ޢަލީ · 1 ހަފްތާ ކުރިން · 2 މިނިޓު
ކުޅިވަރު ލިއޯން ބަލިކޮށް ޕީއެސްޖީ އަލުން ލީގުގެ އެއްވަނައަށް ފްރެންޗް ލީގު ވަންގައި ހޯމަ ދުވަހު ކުޅުނު މެޗުން ލިއޯންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މި މޮޅާއެކު އެ ޓީމު ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހޯދި އަށްވަނަ މޮޅު ހަމަކޮށްފައެވެ. އަމިއްލަ ދަނޑުގައި ޕީއެސްޖީން ކުޅުނު މި މެޗަށް ދެ ޓީމު ނުކުތްއިރުވެސް އޮތީ 14 ޕޮއިންޓް ލިބިފައެވެ. ޕީއެސްޖީގެ އިތުބާރާއި ދަނޑުގެ ފައިދާގެ ކުރިމަތީގައި ލިއޯނުން މެޗުގައި ވަރުގަދަ […] އަޙްމަދު ވަހީދު · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ދައްޕަރު މައްސަލައިގައި ނޫމަޑިން 1.1 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ބާތިލުކޮށްފި ހއ. ދައްޕަރުގެ ލީޒްހޯލްޑް ހައްގުތައް ވިއްކުމަށް ބްރޯކަރަކާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސަސް އޭ.ޖީ. އިން 1.1 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އަނީކް ޢާމިރު، ނޫމަޑިއާ ދެކޮޅަށް ކުރި މި ދައުވާއަކީ އޭނާގެ އަމިއްލަ ނަމުގައި ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ނިންމުމަށް ފަހުގައެވެ. އޮކްޓޯބަރު 25 ވަނަ ދުވަހު […] އައިޝަތު ޢާދަމް · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ހިންގުމަށް ނިންމާފައިވާ މޭކަޕް ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ދިއްދޫގައި ދިރިއުޅެމުންދާ 18 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށްގެން، އެ ފަރާތްތަކަށް އަމާޒުކޮށްގެން އިންތިޒާމުކޮށްފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތުދެއެވެ. އެ ކޮމިޓީން ބުނެފައިވާ ގޮތުގައި، މި މޭކަޕް ކޯސް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ފުނަދޫ ހިޔާވެހި، ފާޠިމަތު ޝުޢާޢު ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ހޯދައި އެވޯޑް ޙާޞިލްކޮށްފިއެވެ. ޝުޢާޢު މި މައުރަޒުގައި ވާދަކޮށްފައިވަނީ ދީނީ އުފެއްދުންތަކުގެ ދާއިރާއިންނެވެ. މި މައުރަޒުގެ ދީނީ އުފެއްދުންތަކުގެ މައި ގިންތިން ޝުޢާޢު ވަނީ 1 ވަނަ ހޯދާފައެވެ. މީގެއިތުރުން، ދީނީ އުފެއްދުންތަކުގެ ދަށުގިންތި ކަމަށްވާ، ކުޑަކުދިންނަށް ދީނީ ކަންކަން އުނގަންނައިދިނުމަށް ބޭނުންކުރެވޭ އުފެއްދުންތައް އުފެއްދުމުގެ ބައިން ވެސް އޭނާ ވަނީ ކާމިޔާބީ ހ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ވިޔަފާރި ޗައިނާގެ އޭއައި ބަބްލް ''ފަޅައިގެން'' ގޮސް 480 ބިލިއަން ޑޮލަރު ގެއްލިއްޖެ ޗައިނާގެ މާލީ ބާޒާރުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުގެ ހިއްސާގެ އަގުތައް އިންތިހާއަށް އުފުލި އުފެދުނު “ބަބްލް” ފަޅައިގެން ގޮސް، ބާޒާރުގެ އަގުން ގާތްގަނޑަކަށް 480 ބިލިއަން އެމެރިކާ ޑޮލަރު ގެއްލިއްޖެއެވެ. ޗައިނާގެ މައި ބާޒާރާއި ހޮންކޮންގުގެ ހިއްސާގެ ބާޒާރުގައި އޭއައި، ސެމީކޮންޑަކްޓާ އަދި ހާޑްވެއާ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާތައް ކުއްލިއަކަށް ބޮޑުތަނުން ވިއްކާލަން ފެށުމާ ގުޅިގެން މުޅި ދާއިރާއަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މި ވެއްޓުމާ ގުޅިގެން، ޗައިނާގެ އެންމެ ކުރިއަރ... ނާޒިމާ އަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަގުތީ ގޮތުން ކަރާ އިންދުމަށް، ހއ. ކެލާގެ ދެކުނުކޮޅުން 5،000 އަކަފޫޓުގެ ދަނޑުބިންތަކެއް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ދެކުނުކޮޅު ވަތަބަނޑޭރި މަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ކަމަށެވެ. އަދި މި ބިންތައް ދޫކުރާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ. މި... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން