ޚަބަރު ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭ ގޮތް ހަދަން ނައިވާދޫ ކައުންސިލުން މުހުލަތެއް ދީފި ހދ. ނައިވާދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ގޭގޭގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ރަށު ކައުންސިލުން މުހުލަތެއް ކަނޑައަޅައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނީ، ކޮންމެ ގެއެއްގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ނިޒާމެއް 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޤާއިމުކުރުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ، ވިއްސާރައިގައި ފުރާޅ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް ޑިސެމްބަރު މަހު، ސްޕޮންސަރުންނަށް ފުރުސަތު ހުޅުވާލައިފި ހއ. ހޯރަފުށީގެ ހަހެތި ޖަމްޢިއްޔާއިން ކޮންމެ އަހަރަކު ވެސް އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް” މިއަހަރު ވެސް ބޭއްވުމަށް ތައްޔާރުވެ، މުބާރާތުގެ ސްޕޮންސަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 އިން 22 އަށެވެ. މިއީ ހއ. އަތޮޅުގައި ބާއްވާ 21 އަހަރުން ދަށުގެ ހަމައެކަނި ފުޓްސަލް މުބާރާތެވެ. މި ފަހަރު ބާއްވަނީ “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް” ގެ 7 ވަނަ މުބާރާތެވެ. ހޯރަފުށީގެ އިތުރުން […] ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު މާއުނގޫދޫ ބަށި މުބާރާތް ނޮވެމްބަރު މަހު، ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ފުރުޞަތު ހުޅުވާލައިފި ށ. މާއުނގޫދޫ ބަށި މުބާރާތް 2026 ގައި ބައިވެރިވާ ޓީމުތަކުން ޓީމު ރަޖިސްޓްރީކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިއީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)ގެ އިސްނެގުމާއެކު މާއުނގޫދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ. މާއުނގޫދޫ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި، މި މުބާރާތުގެ މަޤްޞަދަކީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި، ގުޅުން ބަދަހިކޮށް އެކުވެރި މާޙައުލެއްގެ ތެރެއިން ކަނބަލުންގެ ކުޅިވަރު... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ، ށ. ފުނަދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ކުރިން ކައުންސިލުގެ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން ރަޖިސްޓްރީވާ ފަރާތ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ކުޅިވަރު 84 ދަރަޖަ ދަށުގެ ޓީމެއް އަތުން ބަލިވެ އާސެނަލަށް ލަދުވެތި ނިމުމެއް އިންގްލިޝް ލީގު ކަޕްގެ 66 އަހަރުވީ ތާރީޚުގައި ފެނުނު އެންމެ ބޮޑު ސިހުމަކާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލް، ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރާ ފްލީޓްވުޑް ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުގެ ގަދަ 16 އިން އަންގާރަ ދުވަހު ކަޓައިފިއެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވިތާ ފަސް މަސް ފަހުން އާސެނަލަށް އަނެއްކާވެސް މިވަނީ ޕެނަލްޓީ ޝޫޓްއައުޓެއްގައި ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެވެ. […] އަޙްމަދު ވަހީދު · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ޚިދުމަތްތައް ފުޅާކުރަން ހޯރަފުށިން އެސްޓީއޯ އަށް 6،700 އަކަފޫޓުގެ ބިމެއް ދީފި ހއ. ހޯރަފުށީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، އެ ރަށުން އެ ކުންފުންޏަށް 6,700 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކޮށްފިއެވެ. މި ބިން އެސްޓީއޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ހޯރަފުށީ ކައުންސިލާއި އެސްޓީއޯއާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ބިން އެ ކުންފުންޏަށް ދޫކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ހޯރަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ދެ ފަރާތުގެ ދ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރަން ޖަޕާނުން ބަންގްލަދޭޝްގެ 100000 މީހުން ވަޒީފާއަށް ގެންދަނީ ޖަޕާނަށް ކުރިމަތިވެފައިވާ މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ މަދުވެގެން އެއްލައްކަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދިނުމަށް އެ ޤައުމުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަދު (29 މެއި) ބޭއްވި “ބަންގްލަދޭޝް ސެމިނާ އޮން ހިއުމަން ރިސޯސަސް” ގެ ތެރެއިން ދެ ޤައުމުގެ ކަމާބެހޭ އޮފިޝަލުންނާއި ވިޔަފާރިވެރިންނެވެ. މި ސެމިނާގައި ވާހަކަދައްކަވަމުން ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރު މުޙައްމަދު ޔޫނުސް ވިދ... ނާޒިމާ އަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ރޯދައަށް ކަރައާއި ކިޔުކަންބާ ހައްދަން ދަނޑަން އެދެން ނަރުދޫގެ ގޭބިސީތަކަށް ފުރުޞަތު ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ރަމަޟާން މަހު ށ. ނަރުދޫގައި ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ދަނޑު ނަގަން ބޭނުންވާ ފަރާތްތަކަށް އެރަށު ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން މި ފުރުޞަތު ހުޅުވާލާފައިވަނީ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބަހާލައިގެންނެވެ. މިކަމާ ގުޅިގެން ނަރުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި އަހަރުވެސް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ “ރޯދައަށް ދަނޑުބިން ދޫކުރުމުގެ އުޞޫލު” ގައިވާ ގޮތުގެމަތިން، މީހުން ދިރިއުޅޭ ގ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ކުޅިވަރު ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އައިސް ގުރައިދޫގައި ކޭމްޕް ޖަހައިފި ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށްޓަކައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ޓީމު މާލެ އައުމަށްފަހު، މިހާރު ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށް ގޮސްފައިވާ ކަމަށެވެ. އަދި މި ކޭމްޕުގެ މުއްދަތުގައި އެ ޓީމު މަރުކަޒުވެ ތިބުމަށް ހަމަޖެހިފައިވަނީ ވެސް ގުރައިދޫގައެވެ. ފަލަސްޠީނުގެ ޒުވާން ކުޅުންތެރިން ގުރައިދޫއަށް ދިއުމުން އެ ރަށުން ވަނީ އެ […] އަޙްމަދު ވަހީދު · 1 ހަފްތާ ކުރިން
މަޖިލިސް އިދިކޮޅުގެ ވާހަކަ އަޑުއަހާނެ ރައްޔިތަކު ނެތް، އިޚްލާޞްތެރިކަމެއް ވެސް ނެތް: ހަސަނާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން، އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތައް އަޑުއަހާނެ މާ ގިނަ ރައްޔިތުންތަކެއް މިއަދު ނެތް ކަމަށާއި، އެ ބޭފުޅުންގެ ކިބައިގައި ޤައުމާ މެދު އެއްވެސް އިޚްލާޞްތެރިކަމެއް ނެތް ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމް... އަލީ އާދިލް · 1 ހަފްތާ ކުރިން
ރިޕޯޓް ''އިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ރޭޕާއި ނަސްލު ފޮހެލުމުގެ ބޮޑެތި ޖަރީމާތަކެއް، ގަސްދުގައި ކުޑަކުދިން މަރައި، އަނިޔާކުރޭ'' އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަނގުރާމައިގެ ޖަރީމާތަކާއި، ލާއިންސާނީ އަނިޔާދިނުމާއި، ރޭޕްކުރުމާއި އަދި ޖިންސީ ގޯނާ ފަދަ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް އދ. ގެ މިނިވަން ބައިނަލްއަގުވާމީ ތަހުގީގީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާއިރު، އދ.ގެ ފަހުގެ މި ރިޕޯޓަކީ އިސްރާއީލްގެ ލާއިންސާނީކަމާއި ޖައްބާރުކަމުގެ ފަރުދާ ކަހައިލިދިން އައު ރިޕޯޓެކެވެ. ފަލަސްތީނުގައި ޒަމާނުއްސުރެ އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ ދުނިޔެއަށް ސިއްރެއް ނުމެނޫންމ... ނާޒިމާ އަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ޒިޔާދަށް ލަތީފް ވަރުގަދަ ދަޢުވަތެއް: ''ސަރުކާރުން ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވަން އަޅުގަނޑާއެކު ވަޑައިގަންނަވާ!'' މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް، އޭނާއާ އެކު ހއ. ދިއްދޫއަށް ވަޑައިގެންނެވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު މިއަދު ވަރުގަދަ ދަޢުވަތެއް ދެއްވައިފިއެވެ. ޢަބްދުއްލަޠީފް މި ދަޢުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާ... އަލީ އާދިލް · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރަން ހޯރަފުށީ ކައުންސިލުން ސައުތު ފިއުލްގެ އެއްބަސްވުން އިސްލާހުކޮށްފި ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ހޯރަފުށީ ކައުންސިލާއި ސައުތު ފިއުލް ސާވިސަސްއާ ދެމެދު ވެފައިވާ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް އިސްލާހު ގެނައުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ނިންމުމާއެކު އެ ރަށުގައި ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ. މި އެއްބަސްވުމަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ ސައުތު ފިއުލް ސާވިސަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. އެގޮތުން، މި ހުށަހެޅުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާފައިވަނީ 23 ސެޕްޓެމްބަރު... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން
ބައިނަލްއަގުވާމީ އެމެރިކާގެ އެހީގައި ބްރެޒިލްގެ އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ފްލާވިއޯ ފުރުން މަނާކޮށް ބޮޑު ތަހުގީގެއް ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ސޯޝަލް މީޑިއާގެ އަލްގޮރިޒަމްތަކަށް ބަދަލު ގެނައުމާއި، އެމެރިކާ އާއި އިސްރާއީލް ހިމެނޭހެން ބޭރުގެ ފަރާތްތަކުން ފައިސާގެ އެހީ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ގައުމުގެ ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯއާ ދެކޮޅަށް ތަހުގީގެއް ހިންގުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އޭނާ ގައުމުން ފުރުން މަނާކޮށް، ޕާސްޕޯޓް ހަވާލުކުރުމަށް ވެސް ފުލުހުން ވަނީ އަންގައިފައެވެ. ހޯމަ ދުވަހު ބްރެޒިލްގެ ފެޑެރަލް ޕޮލިހުން ވަނީ ސެނެޓަރު ފްލާވިއޯ ބޮލްސޮނ... ނާޒިމާ އަލީ · 1 ހަފްތާ ކުރިން
ތިލަދުންމަތީ ޚަބަރު ކުޑަކުދިންގެ ''ބިޒީ ބުކް'' އިން މައުރަޒު ފަތަހަކޮށް، ވަށަފަރު އިމްތިނާންގެ ''ފިޔަވަޅު ޕްރިންޓްސް'' އަށް ބޮޑު ކާމިޔާބީއެއް! ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ބައިވެރިވެ، ހއ. ވަށަފަރު، އިމްތިނާން ޝަރީފްގެ “ފިޔަވަޅު ޕްރިންޓްސް” އިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ފިޔަވަޅު ޕްރިންޓްސް އިން މި މައުރަޒުގައި އެވޯޑު ހާސިލުކޮށްފައިވަނީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރާ ތަކެތީގެ ގިންތިން ތިންވަނަ ހޯދައިގެންނެވެ. މި އެވޯޑު އެ ފަރާތަށް ލިބިފައިވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ބިޒީ ބުކް” އަށެވެ. މައުރަޒުގެ ސްޓޯލްތަކުގަ... ފާތިމަތު ސަޙާ · 1 ހަފްތާ ކުރިން