ޚަބަރު ލަމްހާ މިފަހަރު ވެސް ބަންދުން ދުލެއް ނުކުރި ލޯބިވެރިޔާއާ ގުޅިގެން ފިލިޕީންސްގެ ނަރުހަކު މަރާލިކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި ޅ. ހިންނަވަރު ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެތަނުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ... ހުސައިން ހަބީބް · 4 އަހަރު ކުރިން
ރާއްޖެ ސިންގަޕޫރްގެ ސަފީރުކަމަށް ތަސްމީން އައްޔަންކުރަން ރުހުންދީފި ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަންކުރަން ކުރީގެ ހޯމް މިނިސްޓަރު އަހްމަދު ތަސްމީނަށް ރުހުންދޭން ފާސްކޮށްފި އެވެ. ޑީއާރްޕީގެ ކުރީގެ ލީޑަރުކަންވެސް ކުރައްވާފައިވާ ތަސްމީން އެ މަގާމަށް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުންދީފަވަނީ، ވޯޓުގައި ބައިވެރިވި 58 މެމްބަރުން ވޯޓުން ނެވެ. މިހާރު ސިންގަޕޫރު ސަފީރަކަށް ހުންނަވަނީ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް އެވެ. އެމަގާމަށް ތަސްލީމް އައްޔަން ކުރުމަށްފަހު، ޝަހީބު ހަމަޖައްސަން ނިންމާފައި ވަނީ... އަލީ އާދިލް · 4 އަހަރު ކުރިން
ރާއްޖެ އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުވާތީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފިއެވެ. ގާނޫނުގައި ބަޔާން ކުރާ މެންބަރުންގެ އަދަދު ހަމަނުވާތީ، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ޕާޓީއަކުން އީސީން ވަނީ އުވާލާނެ ކަމުގެ ނޯޓިސް ދީފަ އެވެ. އެއީ އެމްއެލްއެސްޑީޕީގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. މި […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ކޮލަމް އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން "ކީރިތި ޤުރްއާން" (02) އިސްލާމީ ޝަރީޢަތުގެ “މަޞްދަރު” ތަކާ ބެހޭގޮތުން ލިޔަމުން މިގެންދާ ސިލްސިލާ ލިޔުމުގައި މިހާރު ލިޔަމުން މިދާބައިގައި (ކީރިތި ޤުރްއާން އާއި ބެހޭ ބައިގައި) އަޅުގަނޑު މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އިންސާނާގެ ދުނިޔަވީ ދިރިއުޅުމުގައި ނުވަތަ މާއްދީ ކަންތައްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ބައެވެ. ދެވަނަ ބަޔަކީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޙުކުމްކުރުމުގައި ޤުރްއާނުގެ ޙުއްޖިއްޔަތުގެ އާރާއި ބާރުގެ މައްޗަށް ލިޔަން ޤަޞްދުކުރާ ބައެވެ. މި ލިޔުމުގައި މި އަލިއަޅުވާލަނީ އިންސާނީ... ޤާސިމް މުޙައްމަދު · 4 އަހަރު ކުރިން
ރާއްޖެ އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ހަވާލުކޮށްފި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ ސައިޓް ، މި މިސައްކަތް ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް ޓީމާއި ކޮންޓްރެކްޓަރގެ ޕްރޮޖެކްޓް ސްޓާފުން އަދި ރަށު ކައުންސިލްގެ މެމްބަރުން ހިމ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި ނޫސްވެރިންނަށް މައުލޫމާތު ލިބުނު މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ސަރުކާރުން ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅި އެ ބިލުގައި ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބެ އެވެ. އެގޮތުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބިދެނީ ޓެރަރިޒަމް އާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލަތަކުގަ އެވެ. އެ ބިލު ހުށަހެޅީއްސުރެ ނޫސްވ... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމް ނިންމާލައިފި ފުނަދޫ ކައުންސިލާ ގުޅިގެން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭއްވި ކަސްރަތު ޕްރޮގުރާމް ނިންމާލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމަކީ ކައުންސިލުން 40 އިންސައްތަ އަދި ކޮމެޓީން 60 އިންސައްތަ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ ދިގުމުއްދަތުގެ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ސާޅީހަށްވުރެ ގިނަ ބައިވެރިން ބައިވެރިވި ނަމަވެސް މިހާތަނަށް އާދެވުނު އިރު ދެމިތިބީ 23 ކަނބަލު... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސް ވާނެ: މެޓް ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކޮށްފިއެވެ. މީޓިއޮރޮލޮޖިކަލް ސާރވިސްގެ މެޓް އޮފީހުން އިން ލަފާކުރާ ގޮތުގައި މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. މި މުއްދަތުގައި، ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މިރެއިން ފެށިގެން ހަފްތާ ބަންދާއެކު، ހާއްސަކޮށް އުތުރާއި މެދު […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ރާއްޖެ ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި ޔޯގާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. އެގޮތުން ޔޯގާ މައްސަލައާ ގުޅިގެން ފުލުހުން ބަންދުކުރި ޝައިހް ފަޒްލޫންގެ ބަންދަށް 7 ދުވަސް އަދި ޝައިހް އާދަމް ނިޝާން ޢަލީގެ ބަންދަށް 3 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރު ކޮށްފައެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ދިމާކޮށް ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު، އައިސީސީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބޭއްވި ޔޯގާ އިވެންޓަށް […] ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ޒުވާނުންނަށް އަމާޒުކޮށް ސެޓްފިކެޓް ލެވެލް 3 ގެ ސަރފް ގައިޑިން ކޯހެއް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގެ ޒުވާނުންނަށް ސަރޓިފައިޑް ސަރފް ގައިޑިންގް ކޯހެއް ހިންގަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ މި ސަރފް ގައިޑިންގް ކޯހަކީ އެމްކިޔުއޭ ޤަބޫލުކުރާ ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭގޮތަށް ހިންގާ ކޯހެއް ކަމަށެވެ. މި ކޯހަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާ ގުޅިގެން ހިންގަމުންދާ “ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވަރކްފޯސް” ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެ... ސަނިއްޔާ އަބޫބަކުރު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދޮގު ހަބަރު ފެތުރިކަމަށްބުނެ 10 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ސައްލެ ކޯޓަށް ރާއްޖޭގެ އޮންލައިން ނޫހަކުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އާ ގުޅޭ ދޮގު ހަބަރު ފެތުރިކަމަށް ބުނެ އެ ނޫހާއި، އެ ނޫހުގެ މަސްއޫލުވެރިޔާއާއި ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ސައްލެ މައްސަލަ ހުށަހެޅީ “ދިޔަރެސް” ނޫހާއި، އެ ނޫހުގެ މަސްއޫލުވެރިޔާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުއާ ދެކޮޅަށެވެ. މެމްބަރު ސަލީމް މި މައްސަލަ ހުށަހަޅާފައި ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި […] ޝިއުނާ އާދަމް · 4 އަހަރު ކުރިން
ރާއްޖެ އާރަށް މައްސަލަ: "ރަށްތައް ދޫކުރި ގޮތާމެދު ކަންބޮޑުވުން ހިއްސާކުރިން" އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރި ގޮތުން ކަންބޮޑުވުން ހުށަހަޅާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ހެކިވެރިއަކު މިއަދު ބުނެފި އެވެ. ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ މުވައްޒަފެކެވެ. އޭނާ ބުނިގޮތުގައި އޭރު ރަށްތައް ދޫކުރަމުން ދިޔައީ އޭރުގެ ޓޫރިޒަމް މިިނިސްޓަރު އަހުމަދު […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަނޑުމަތީގައި ނުރައްކާތެރި 8 ހާދިސާއެއް: ލޯންޗަކާއި ދޯންޏެއް ބަންޑުންޖަހާލާ "މަހާޖައްރާފާ" ގެ ނަގިލި ކަހާލި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން މިރޭ ކަނޑުމަތީގެ 8 ހާދިސާއެއްގެ ހިނގައިފި އެވެ. މިހާދިސާތަކުގެ މަޢުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ މިހާދިސާތަކުގެ ތެރޭގައި ލޯންޗަކާއި ދޯންޏެއް ބަންޑުންޖަހާލާ “މަހާޖައްރާފާ” ގެ ނަގިލި ކަހާލި ކަމަށެވެ. މިގޮތުން މިރޭ 19:59 ހާއިރު، “ކުރޫޒަރ 3” ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާކަމަށެވެ. އެއާއި އެކު، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ ޑައިވަރުނ... އިބްރާހިމް އަސްވާޤް · 4 އަހަރު ކުރިން
ރާއްޖެ ނަހުލާ ދެއްކެވީ ދޮގު ވާހަކަ، ކައުންސިލުން ވިލިމާލެއަށް އިހުމާލެއް ނުވާނެ: މޭޔަރު މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ މީސްމީޑިއާގައި ދައްކަވަމުން ގެންދަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި، ސިޓީ ކައުންސިލުން ވިލިމާލެއަށް އިހުމާލެއް ނުވާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މޭޔަރު މިހެން ވިދާޅުވީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 58 ވަނަ ރަސްމީ ޢާންމު ޖަލްސާގައި، ނަހުލާގެ ޝަކުވާ ކުރައްވާ ކައުންސިލަރަކު ދެއްކެވި ވާހަކައަކާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ކައުންސުލަރު […] އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހާލުގައި ޖެހުނު ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ހއ. ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ޑިންގީއަކީ ތިން މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއްކަމަށެވެ. މޫސުން ގޯސްވެ އެ ޑިންގީ ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. ސިފައިންނަށް މި ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިރޭ 19:15 ހާއިރު އެވެ. އެ ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑު […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން