މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނޫސްވެރިންގެ މަސްދަރު ހާމަކުރާ ބިލު، ތަސްދީގު ނުކުރެެއްވުމަށް އެމްއެމްސީން އެދިއްޖެ

ނޫސްވެރިންގެ މަސްދަރު ހާމަކުރާ ބިލު، ތަސްދީގު ނުކުރެެއްވުމަށް އެމްއެމްސީން އެދިއްޖެ

ނޫސްވެރިންގެ މަސްދަރު ހާމަކުރަން ޖެހޭހެން މަޖިލީހުން ފާސްކޮށްފައިވާ ހެއްކާބެހޭ ބިލު ތަސްދީގު ނުކުރެެއްވުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިލައްވައިފި އެވެ. މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެކައުންސިލުން ވިދާޅުވީ، އެބިލާއިމެދު ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްފައިނުވާތީ، ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމަށް، އެދި އެކައުންސިލުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން...

އަލީ އާދިލް
ކޮރަލްސްއިން ބާއްވާ ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ކޮރަލްސްއިން ބާއްވާ ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ކުލަބް ކޮރަލްސްއިން އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކުލަބް ކޮރަލްސް ވާދެމުން 1443” އާއި “ކުލަބް ކޮރަލްސް ފައިގަތަޅާ 1443” މި ދެ މުބާރާތާއި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުލަބް ކޮރަލްސްއިން ހާމަކޮށްފައިވާ ގޮތުގައި އީދުގައި ވާދެމުމުގެ މުބާރާތެއް އެ ރަށުގައި ކުރިއަށް ގެންދިޔުމުގެ މަގުސަދުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން މި އަހަރު އަޟްހާ އީދު “މުއްސަނދި ސަގާފަތާއި” އެކީ ފާހަގަ ކުރުމަށް […...

އިބްރާހިމް ޚަލީލް
ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ފުރައިފި

ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ފުރައިފި

ދިވެހިރާއްޖޭން މިއަހަރު ޙައްޖަށްދާ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖޭން ފުރިއިރު އަލްވަދާޢު ވިދާޅުުވުމަށް ރައީސް ޞާލިހު އެއާޕޯޓަށް ވަޑައިގެން އަލްވަދާޢު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އެ އެބޭފުޅުންގެ ޙާލު އޮޅުން ފިލުއްވިއެވެ. ޙައްޖުގެ އަޅުކަމަށް މިރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލު...

ސަނިއްޔާ އަބޫބަކުރު
ޑަބްލިޔުޑީސީގެ ތިން ގޮނޑިއެއް އެމްޑީޕީއަށް

ޑަބްލިޔުޑީސީގެ ތިން ގޮނޑިއެއް އެމްޑީޕީއަށް

މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންތަކުން ތިން ގޮނޑިއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކާމިޔާބު ކޮށްފިއެވެ. މިއަދުގެ އިންތިޚާބުގައި 4 ރަށެއްގެ ކޮމެޓީތަކަށް 5 މެންބަރަކު އިންތިޚާބު ކުރިއެވެ. މިގޮތުން ށ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ޒުހުރާއެވެ. ޒުހުރާ އެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެ...

ޔުމްނާ ޢަލީ
މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް ހުޅުވައިފި

މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް ހުޅުވައިފި

މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް މިރޭ ހުޅުވައިފިއެވެ. “މަސްޖިދު ރަޝީދު” ނަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ކަމަށް މިރޭ ހުޅުމާލޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މިސްކިތް ބިނާކޮށްފައި ވަނީ މިސްކިތް އެ ބޭފުޅަކަށް ނިސްބަތްވާ...

ސަނިއްޔާ އަބޫބަކުރު
ތ.އަތޮޅުގެ ބައެއް ރައްތަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ތ.އަތޮޅުގެ ބައެއް ރައްތަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

މޫސުން ގޯސްވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުހުތާދުޖެހިފައިވާ ތ. އަތޮޅުގެ ބައެއް ރަށަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ އިދާރާގެ ސެންޓްރަލް އޭރިއާ ކޮމާންޑް ސިފައިންގެ ޓީމެއް އަދި ވެސް ތިމަރަފުށީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސިފައިން ދަނީ ޕަންޕުބޭނުން ކޮށްގެން ފެންހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. މިއަދު ވެސް ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި އެރަށް ވަނީ އުދައަރާފައެވެ...

ސަނިއްޔާ އަބޫބަކުރު
ބާޖެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ބާޖެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ބާޖެއް އޮޔާދާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް، ސިފައިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުން ދިޔަ ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. މި ބާޖު ކަނޑައިގެން ގޮސްފައި ވަނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުންނެވެ. އެ ހާދިސާ ހިނގާފައި ވަނީ ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން...

މުޙައްމަދު ވަސީމް
އެމްއެންޕީއަށް ތާރީޚީ މޮޅެއް، ކޮމަންޑޫ ޑަބްލިޔުޑީސީ ގޮނޑިއެއް ކާމިޔާބުކޮށްފި

އެމްއެންޕީއަށް ތާރީޚީ މޮޅެއް، ކޮމަންޑޫ ޑަބްލިޔުޑީސީ ގޮނޑިއެއް ކާމިޔާބުކޮށްފި

ށ. ކޮމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދެ މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގައި އެއް ގޮނޑި ކާމިޔާބުކޮށް، ފުރަތަމަ އިންތިޚާބީ މޮޅު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހޯދައިފިއެވެ. މި އިންތިޚާބުގައި ތިން ސިޔާސީ ޕާޓީއަކުން ފަސް ކެންޑިޑޭޓަކު ވާދަ ކުރިއެވެ. އެ ކެންޑިޑޭޓުންނަނީ، ޒަޢީމާ އާދަމް، ނާޒް، ށ.ކޮމަންޑޫ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޢާއިޝަތު ވަޙީދާ، ފެމޯރާ، ށ.ކޮމަންޑޫ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މަރްޔަމް ނަބާހާ، ކަށި...

އަލީ އާދިލް
ކަނޑުދަތުރުކުރާ ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

ކަނޑުދަތުރުކުރާ ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

ކަނޑުދަތުރުކުރާ ހއ.ހޯރަފުށީ އުޅަނދުފަހަރުގެ މަޢުލޫމާތު ދަތުރު ފެށުމުގެ ކުރިން ހިއްސާކޮށްދިނުމަށް ހޯރަފުށީ ކައުންސިލުން އެދިއްޖެއެވެ. މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިންދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން ވިދާޅުވެފައިވާތީ، މިއަދު ހޯރަފުށީ ކައުންސިލުން މިކަމަށް ސަމާލުވުމަށް އެދި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ  ކަނޑުދަތުރު ކުރައްވާއިރު، އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިނނާއި ދަތު...

އިބްރާހިމް ޚަލީލް
ތޮޅެންދޫ މައްސަލަ: ހައިކޯޓުގައި ވެސް ކާމިޔާބުވީ ނ. އަތޮޅު ކައުންސިލް

ތޮޅެންދޫ މައްސަލަ: ހައިކޯޓުގައި ވެސް ކާމިޔާބުވީ ނ. އަތޮޅު ކައުންސިލް

ނ. ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ނެރެފައިވާ އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ. ތޮޅެންދޫ ސަރުކާރުން އަމިއްލަ ބަޔަކަށް 21 އަހަރަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ކޯޓަށް ދިޔައީ ނ. އަތޮޅު ކައުންސިލުންނެވެ. އަދި އެ މައްސަލަ ނިމެންދެން، ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން ސިިވިލް ކޯޓުން މިދިޔަ މާޗް މަހު އަމުރެއް ނެރުނެވެ. އެ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ […]

ހުސައިން ހަބީބް
މި ދުވަސްވަރު ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރު ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

މި ދުވަސްވަރު ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިލްތިމާސްކޮށްފި އެވެ. އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނީ އަވަހަށް ދިއުމަށް އިލްތިމާސް ކުރަނީ މިއީ ޗުއްޓީ ދުވަސްވަރަށްވުމާއެކު އެއާޕޯޓުގައި ކިޔޫ ދިގުވާނެތީ ކަމަށެވެ. އަވަހަށް ދިއުމުން ކިޔޫގައި ތިބެން ޖެހޭ ވަގުތު މަދުވާނެ ކަމަށާއި ފްލައިޓް ޑިލޭވުން ފަދަ ކަންކަން ވެސް މަދުވާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެއާޕޯޓުގައި އުޅޭ ވަގުތު މާސްކު އެޅުމަށާއި އެޗްޕީއޭއިން ކޮވިޑް-19 އާ […]

އަޙްމަދު ވަހީދު
ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް، ރީންދޫ ސަމާލުގެ ވަގުތު ދަންމާލައިފި

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް، ރީންދޫ ސަމާލުގެ ވަގުތު ދަންމާލައިފި

މޫސުން ގޯސްވެ 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ޅ އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު ދަންމާލައިފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދެންމެ ނެރުނު ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން 14:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ […]

އިބްރާހިމް އަސްވާޤް
ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟

ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟

ހަމަކަށަވަރުން ﷲ ތަބާރަކަ ވަތަޢާލާ ވަނީ އަންހެނުންނާއި ފިރިހެނުން ހައްދަވާފައެވެ. އެ އިލާހު ވަޙީ ކުރައްވަނީ وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ‎﴿النجم: ٤٥﴾‏ މާނަ: “އަދި ހަމަކަށަވަރުން އެއިލާހު ވަނީ ދެޖިންސު ޚަލްޤު ކުރައްވާފައެވެ. އެއީ އަންހެން ޖިންސާއި ފިރިހެން ޖިންސެވެ.” އަދި އެއިލާހު ވަނީ މިދެބައިމީހުން ކިބައިގައި އެއްބަޔަކު އަނެއް ބަޔަކަށް ޝަހުވަތްތެރިކަން ލައްވާފައެވެ. އިންސާނާގެ ފިޠުރަތުގައި އަނެއް ޖިންސަށް ލެނބުމުގެ ޝަހުވަތް ލެއްވުމާއެކީ އެއިލާހު ނިންމަވާލެއްވީއެއް ނޫނެވ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހޯމަ ދުވަހު ހޯރަފުއްޓާއި މާވަރުލަށް ހާއްސަ ފްލައިޓުތަކެއް

ހޯމަ ދުވަހު ހޯރަފުއްޓާއި މާވަރުލަށް ހާއްސަ ފްލައިޓުތަކެއް

ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓަށް އިތުރު ދަތުރުތަކެއް ބާއްވަން ތާވަލު ކޮށްފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ. މޯލްޑިވިއަނުން ކުރި ޓްވީޓުގައި ބުނީ މާލެ އިން މާވަރުލަށް އަދި މާވަރުލުން މާލެއަށާއި މާލެއިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ހޯމަ ދުވަހު ދަތުރުތައް އޮންނާނެ ކަމަށެވެ. އަދި ޑިމާންޑަށް ބަލައި ކުރިއަށް އޮތްތަނުގައި އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަނުން އިތުރު ދަތުރުތައް ބާއްވަމުންގެންދަނީ އީދު ބަންދާ...

އަޙްމަދު ވަހީދު
ނައިޖީރިޔާގައި ލިވާތުކުރި 3 ފިރިހެނުން ރަޖަމްކުރަން ހުކުމް ކޮށްފި

ނައިޖީރިޔާގައި ލިވާތުކުރި 3 ފިރިހެނުން ރަޖަމްކުރަން ހުކުމް ކޮށްފި

ނައިޖީރިޔާގެ ބައުޗީ ސްޓޭޓްގެ ނިންގީގައި 3 ފިރިހެނުން އެއްޖިންސުން ގުޅުންހިންގި މައްސަލައެއް ފެންމަތިވިތާ މަހެއް ނުވަނީސް އެމީހުން ރަޖަމުކުރަން ހުކުމް ކޮށްފި އެވެ. ބައުޗީ ސްޓޭޓްގެ ނިންގި އެލްޖީއޭގެ މައި މަރުކަޒު ގައި ހުންނަ ޝަރީއާ ކޯޓަކުން ތިން މީހަކު ގަލުން ޖަހައި މަރުގެ ހުކުމް އިއްވާފައި ވަނީ ދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އިސްލާމްދީނުގައި ހަރާންކަމެއްކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުމުގައި ބައިވެރިވެފައިވާތީއެވެ. ފަސްލައްކައެއްހާ މީހުންގެ އާބާދީއ...

އަލީ އާދިލް