ޔޯގާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެގޮތުން ޔޯގާ މައްސަލައާ ގުޅިގެން ފުލުހުން ބަންދުކުރި ޝައިހް ފަޒްލޫންގެ ބަންދަށް 7 ދުވަސް އަދި ޝައިހް އާދަމް ނިޝާން ޢަލީގެ ބަންދަށް 3 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރު ކޮށްފައެވެ.

Ad
rt

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ދިމާކޮށް ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު، އައިސީސީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބޭއްވި ޔޯގާ އިވެންޓަށް ނުރުހުން ފާޅުކޮށް ހިންގި ޙަރަކާތްތަކާ ގުޅިގެން އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން މަޝްހޫރު ޢިލްމުވެރިޔާ ޑރ.މުހައްމަދު ޢިޔާޟް ކުރެއްވި ޓްވީޓެއްގައި ވަނީ ޔޯގާ ދުވަހުގެ ހަމަނުޖެހުން ހުއްޓުވުމަށް ޝައިޚް ނިޝާން މަސައްކަތް ކުރައްވާ މަންޒަރު ފެންނަ ވީޑިއޯ އެއް ޢާއްމު ކުރައްވާފައެވެ.

މީގެ އިތުރުން ޑރ. އިޔާޟް ވަނީ ބަންދުކޮށްފައި ހުންނެވި ޝައިޚަށާއި ޢާއިލާ އަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.