ރާއްޖެ އަމީނީމަގު ހަދަމުންދާގޮތާއި މެދު މޭޔަރުގެ ކަންބޮޑުވުން މާލޭގެ އަމީނީމަގު ހަދަމުންދާގޮތާއި މެދު މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މޭޔަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މަގު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ދުވާރު ފުޅާ ކޮށް އުޅަނދުތައް ދުއްވާ ޖާގަ ހަނި ކޮށްފައިވާ ކަމަށެވެ. އެގޮތުން މަގު ހަދަމުންދަނީ ދުއްވަން އޮންނަބައި 25 ފޫޓުން 21 ފޫޓް 10 އިންޗިއަށް ހަނިކޮށްކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަކަމަށް މޭޔަރ ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ޔާމީންގެ ދިފާއީ ހެކިންގެ ބަސް ދޮގުކުރަން އާ ހެކިތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ކޯޓުގައި ހެކިބަސް ދިން ހެކިންގެ ބަސް ދޮގުކުރަން ދައުލަތުން އާ ހެކިތަކެއް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ދައުވާގެ ދިފާއުގައި ކުރީގެ ބައެއް ވަޒީރުން ކޯޓުގައި ހެކިބަސް ދިނެވެ. ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތުކުރަން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި ހއ މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މާބަނޑު މީހަކު ވިއްސައިފި އެވެ. އެރަށު ސިއްހީ މަރުކަޒުގެ ފޭސްބުކްގައި އާންމުކޮށްފައިވާ ލިޔުމެއްގައި ވަނީ ކުއްލިއަކަށް ނަގަންޖެހުނު މިކޭސް މެނޭޖްކުރުމުގައި މަރުކަޒުގެ ޑޮކްޓަރާއި ނަރުހުން އަދި މަރުކަޒުގެ އެންމެ ހާ މުއައްޒަފުންގެ އަގުހުރި މަސައްކަތް ނުހަނު އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ. މިކަމުގައި އެ އަތޮޅު ހޯރަފުށި ސިއްޙީ މަރުކަޒުގެ ފަރާތުން ވެދެއްވި އަވަސް އެހީތެރިކަން ވެސް ފާހަގަކޮށް، މަރުކަޒުގެ ވެރިންނާއި މުއައްޒަފުންނަށް ވެސް ވަނީ ޝުކުރު ދަންނަ... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ މުދައްރިސުންނަށް ބަތަލުންގެ ދަރަޖަ ދޭންޖެހޭ: މުދައްރިސުންގެ ޖަމިއްޔާ ދިވެހި ގައުމީ ބަތަލުންގެ ދަރަޖަ ޓީޗަރުންނަށް އަރުވަންޖެހޭ ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ވިދާޅުވެއްޖެ އެވެ. އެޖަމިއްޔާ އިން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އުނގަންނައިދިނުމުގައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ އިޚްލާސްތެރި މަސައްކަތެއް ކަމަށެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ފުރަބަންދާއި ގުޅިގެން ގައުމު ބިނާކުރުމަށް ޓީޗަރުން ދެއްކެވި ނަމޫނާއަކީ އަދި ވެލެއް... މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ރާއްޖެ ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި ހއ. ދިއްދޫގެ ރައްޔިތުންނަށް ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފެށި ޕްރޮގްރާމެކެވެ. އެ ރަށު ކައުންސިލާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ހިންގާ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ފެށީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ […] މުޙައްމަދު އަފްރާޙް · 4 އަހަރު ކުރިން
ކުޅިވަރު އިންޓަމިލާން އަތްދަށުވެ ބާސާ ގުރޫޕް ގެ ތިނަވަނައަށް ވެއްޓިއްޖެ ޔުއެފާ ޗެމްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން އިންޓމިލާން އަތުން ބަލިވެ ބާސާ ގުރޫޕްގެ 3 ވަނައަށް ވެއްޓިއްޖެއެވެ. އިންޓަމިލާން ދަނޑުގައި ކުޅުނު މެޗުގައި ފެނުނު ހަމަ އެކަނި ގޯލު މެޗުގެ ފުރަތަމަ ހާފު ގެ ފަހުމިނެޓުގައި ޑިމާކޯ ގެ އެހީތެރިކަމާއެކީ ހަކަންޗަލަނޯލޫ އެވެ. މިއީ އެންމެ ފަހުން މި ދެޓީމުގެ ކުރޮމަތިލި ފަސްމެޗުގެ ތެރެއިން އިންޓަމިލާން އަށް ކުރި ލިބުނު ފުރަތަމަ މެޗެވެ. ގިނަވަގުތު ބޯޅަ ހިފައްޓައިގެން މޮޅަށް ކުޅެމުންދިޔަ ބާސާ އިން […] އަލީ ރިޔާޟް · 4 އަހަރު ކުރިން
ވިޔަފާރި އެމަރެލްޑް ކަލެކްޝަނުގެ ދެވަނަ ރިޒޯޓް ރ. އަތޮޅުގައި ހުޅުވައިފި ދުނިޔޭގެ މަޝްހޫރު އެމަރެލްޑް ކަލެކްޝަންގެ ދެވަނަ ރިސޯޓް ކަމަށްވާ އެމަރެލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ ހުޅުވައިފިއެވެ. މި ރިސޯޓް ހުޅުވާފައިވަނީ ރ. އަތޮޅުގައެވެ. މިއީ ފަސް ތަރީގެ ރިސޯޓެކެވެ. އާ ރިސޯޓާއި އެމެރަލްޑްގެ ފުރަތަމަ ރިސޯޓް، އެމަރެލްޑް މޯލްޑިވްސް އާ ދޭތެރޭގައި ލޯންޗުން އެންމެ 20 މިނެޓުން ދަތުރު ކުރެވޭނެއެވެ. އެމަރަލްޑްގެ އާ ރިސޯޓުގައި ކޮންޓެމްޕްރަރީ އަދި އިންޑިޕެންޑެންޓް 50 ވިލާ ހުންނައިރު އިންޓަނޭޝަނަލް ކުޒީން ލިބޭ ހަތަރު ރެސްޓޯރަންޓުވެސް ހުރެއެވެ. އަދި ދެ ބާ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ކާރިސާތައް ގިނަވުމުން، ދިރިއުޅެން ޖެހިފައިވަނީ "މަރާއި ހަނގުރާމަކުރަމުން": ގުޓެރެސް ދުނިޔޭގައި މިހާރު ސަލާމަތްވެވެން އޮތީ ދިރި ހުރުމާއި މަރާއި ހަނގުރާމަ ކޮށްގެން ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ކޮންގޯގެ ވެރިރަށް ކިންޝަސާގައި ކުރިޔަށްދާ މޫސުމާއި ބެހޭ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ގުޓެރެސް ވިދާޅުވީ މޫސުމަށް ނޭދެވޭ އަސަރުކޮށް ދުނިޔެއަށް ބޮޑެތި ގެއްލުންތައް ލިބެމުންދަނީ ހީވެސް ނުކުރާހާ ހަލުވިކަމާއި އެކު އަވަހަށް ކަމަށެވެ. ގުޓެރެސް ވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ތަރައްގީވެފައިވާ 20 ގައުމުން ކަމަށެވެ. […] މުޙައްމަދު ވަސީމް · 4 އަހަރު ކުރިން
ރާއްޖެ އަލީ ވަހީދަށް ކުރާ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލައިފި ކޯޓަށް ހާޒިރުނުވެ، ފިލައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ރޭޕާއި ޖިންސީ ގޯނާގެ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރަން އުޅުނު ކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް މިދިޔަ އަހަރު ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެ ވަޑައިގަތްފަހުން އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އޭނާ ކޯޓަށް ހާޒިރު ނުވާތީ އޭނާ ދެ މަހަށް ޖަލަށްލާން […] ހުސައިން ހަބީބް · 4 އަހަރު ކުރިން
ވިޔަފާރި ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރު ފެށީ އިއްޔެއެވެ. އެ އެއާލައިނުގެ ފުރަތަމަ ފްލައިޓަށް އެއާޕޯޓުން ފެނުގެ ސެލިއުޓާއެކު މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ. ވިޒްއެއާގެ ދަތުރުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބާއްވާއިރު، ދަތުރުތަކުގެ އަގު ފެށޭނީ ކޮޅަކަށް 97 ޑޮލަރުން (1،495 ރުފިޔާ) އަށެވެ. ދެކޮޅު ޓިކެޓް ނަގާނަމަ 2760 ރުފިޔާއަށެވެ. މިއީ މާލެއިން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (5) ކުރީ އަދަދާއި ގުޅޭ ދޮންބެ ކޮންކަމަކާ މާ އަވަހަށް ތި ހޭލި. އެއްކަލަ ތަނުން އިންޓަރވިއުއަށް ގުޅައިފިތަ؟”. ޝެލިން އަހާލިއެވެ. މިކްޔާލްގެ ފަރާތުން ލިބޭނޭ ޖަވާބަކަށް އިންތިޒާރު ކޮށްގެން ހުރެއެވެ. ” ނޫން. އަދި ނުގުޅާ”. މިކްޔާލްގެ ޖަވާބު ކުރެވެ. ވާހަކަ ދެއްކީ މަޖުބޫރުވެގެން ކަހަލައެވެ. ހިނދުކޮޅަކު ވިސްނަން އިނދެފައެވެ. ” މަންމައަށް ގޮވާލަދީބަ. ބޭރަށް ނުކުތް މީހާ ނާދޭ އަދިވެސް. މިހާރު މިކަން މި ނިމެނީ”.. ޝެލިން ބުންޏެވެ. މިކްޔާލް މަޑު ހޫމްއެއް އަޅުވާލި އަޑު […] މާސާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ނޮޅިވަރަންފަރުގައެވެ. މި މަހުގެ 10-22 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ތާވަލު ކޮށްފައި ވަނީ އަންހެން ކެޓަގަރީގެ ހުރިހާމެޗެއް ދުވާލު ކުޅޭ ގޮތަށެވެ. އަދި ފިރިހެން ކެޓަ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވީ 12 ރަށަކުން ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން، އެ މުބާރާތުގައި ބައިވެރިވެފައިވާ 12 ރަށުގެ މަޢުލޫމާތު މިއަދު އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަމް، ނެއްލައިދޫ، ނޭކުރެންދޫ، ކުމުންދޫ، ނޮޅިވަރަންފަރު، ކުރިނބީ، ހިރިމަރަދޫ، ނައިވާދޫ، ފިނޭގެ އިތުރުން ހަނިމާދޫއެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ނޮޅިވަރަމުގައެވެ. ނޮޅިވަރަމު ކައުންސިލ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބީލަން މަރުހަލާ ފަށައިފި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން މަރުހަލާ މިއަދު ފަށިއިފިއެވެ. އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްޤލގީ ކުރާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއްވެސް ގާއިމުކުރާނެއެވެ. އަދި އެއާޕޯޓ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟ ދިވެހިރާއްޖޭގެ އެންމެ ބޮޑު ޠަބީޢީ އަތޮޅަކާ މެދު ކުރެވޭ ބަހުސަކީ ޝަޢުޤުވެރި، ފޯރިގަދަ ބަހުސެކެވެ. އެއްކޮޅުން ވާދަކުރަނީ މާސިންގާ ބޮޑުތިލަދުންމައްޗެވެ. އަނެއްކޮޅުން ވާދަކުރަނީ ބޮޑުސިންގާ ހުވަދު އަތޮޅެވެ. ރާއްޖޭގެ ދެއަތޮޅެއް ކަމަކު ވާދަކުރަނީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައެވެ. އެއްވަނައަށް ދާ ބަޔަކަށް މުޅި ދުނިޔެއާއި ރާއްޖޭގެ އެއްވަނަ ލިބޭއިރު ދެވަނައަށް ދާ ބަޔަކަށް ވެސް މުޅި ދުނިޔެއާއި ރާއްޖޭގެ ދެވަނަ ލިބޭނެއެވެ. މި ދެއަތޮޅަށް ވުރެ އަދި މާބޮޑެތި އަތޮޅުތަކެއް ދުނިޔޭގައި އޮތްނަމަވެސް އެއަތޮޅުތަކަކ... އަޙްމަދު ސާލިމް · 4 އަހަރު ކުރިން