ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ނެދަލެންޑްސް
ބައިނަލްއަގުވާމީ ފުޓުބޯޅައަށް ރަސްމީކޮށް ނެދަލެންޑްސް ތައާރަފުވީ 1905 ވަނަ އަހަރުއެވެ. ދުނިޔޭގެ ފުޓުބޯޅައިގައި ނެދަލެންޑްސްއަކީ ވަގުގަދަ ބާރެކެވެ. ނެދަލެންޑްސް އަށް ލިބިފައިވާ އެންމެ ބޮޑު މާޔޫސްކަމަކީ މިހާތަނަށް ވޯލްޑް ކަޕް ތަށްޓެއް ހޯދިފައި ނުވުމެވެ. ނަމަވެސް އެޓީމުން ވާދަކުރި ވޯލްޑް ކަޕް މުބާރާތް ތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވެއެވެ. ނެދަލެންޑްސް އިން ވޯލްޑް ކަޕެއްގައި ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ނަމަވެސް ވޯލްޑް ކަޕުގައި ވަރުގަދަ ޓީމެއްގެ ގ...