ހަނިމާދޫ ސްކޫލް ބެލެނިވެރިން ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި
ހދ. ހަނިމާދޫ ސްކޫލް ކުރިމަތީގައި ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބެލެނިވެރިން ހިޔާ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ކެންޓީނާއި އެ ސަރަހައްދުގައި ތަރައްޤީ ކުރާ ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ އެ ކައުންސިލުން ވިދާޅުވެފައި ވަނީ ބެލެނިވެރިންގެ ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކޮށް ބީއޯކިޔު ހަދައިދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދިލައްވާ ކަމަށެވެ. މ...