ޗެމްޕިއަންސް ލީގު: ޕީއެސްޖީއާއި ބެންފީކާ ދެވަނަ ބުރަށް
އިޒްރޭލުގެ މެކަބީ ހައިފާއަތުން ފަސޭހަކަމާއިއެކު މޮޅުވެ ޕީއެސްޖީން ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު، ޔުވެންޓަސް ބަލިކޮށް ބެންފީކާއިން ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ. ގްރޫޕް އެޗްގައި ރޭ ޕީއެސްޖީއާއި މެކަބީ ހައިފާ ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ސީޒަންގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައިނުވާ ޕީއެސްޖީން ވަނީ ރޭ ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ހާއްސަކޮށް އެ ޓީމްގެ ކުރިއަށް ކުޅެމުން […]