އިސްލާމްދީން ގަބޫލުކުރުމާއެކު، ރާއްޖެއަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އައި: ރައީސް
އިސްލާމްދީން ގަބޫލުކުރުމާއެކު، ރާއްޖެއަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ. މީގެ އިތުރުން މި ދެކޭ ދިވެހިރާއްޖެއާއި، މި ރާއްޖޭގެ އަހުލުވެރިންނަށް ވަންތަކަމެއް ނުވަތަ ވަކި އައިޑެންޓިޓީއެއް ލިބި، ތާރީހުގެ ފަތްފުށްތަކުގައި ބަޔާންކުރެވެން ފެށީ، ރާއްޖެ...