ލައިވް ކުރަމުން ކާރު ދުއްވީ 300 ކިލޯމީޓަރު ބާރަށް، ބުނަމުންދިޔައީ "އެންމެން މިފަހަރު މަރުވާނެ"
ފޭސްބުކްގައި ލައިވް ސްޓްރީމް ކުރަމުން، ގަޑިއަކު 300 ކިލޯމީޓަރު ބާރު މިނުގައި ކާރު ދުއްވަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހުން މަރުވެއްޖެ އެވެ. އިންޑިޔާގެ ބިހާރު ސިޓީއަށް ނިސްބަތްވާ ހަތަރު އެކުވެރިން މިދިޔަ ހަފްތާގައި ބީއެމްޑަބްލިއު ކާރެއްގައި ދަތުރު ކުރަމުން ފޭސްބުކް ލައިވް ސްޓްރީމް ކުރަމުން ދިޔައިރު، ކާރު ދުއްވަން އިން އުމުރުން 35 އަހަރުގެ ޑރ. އަނަންދު ޕްރަކާޝް ބުނަމުން ދިޔައީ އެ “ހަތަރު މީހުން މަރުވާނީ ބާރަށް ކާރު ދުއްވައިގެން އެއްކޮށް” ކަމަށެވެ. […]