އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރާނަމަ ފިޔަވަޅުއަޅާނަން: އެޗްޕީއޭ
އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ދުންފަތުގެ ބާވަތްތައް ރަމްޒު ކޮށްދޭ ނަންބޯޑުތަކާއި އިލެކްޓޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ އަދި އެހެނިހެން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރަމުންދާ ދުންފަތުގެ އިޝްތިހާރުތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ. މީގެ އިތުރުން އޮންލައިން ވަސީލަތްތައް ބޭނުންކޮށް...