ރެކޯޑެއް ހަދަން 264 ގަޑިއިރު ނުނިދާ ހުރި މީހަކަށް ވީގޮތް
ކޮންމެ ކަމަކުންވެސް ދުނިޔޭގެ ރެކޯޑެއް ހެދޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ހާއްސަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި، އާންމުންނާއި ތަފާތު ދާއިރާތަކުން ކިޔަވައިގެން ތިބި އެކި އުމުރުގެ މީހުންނަކީ ރެކޯޑު ހެދުމާއި އެހެން މީހުންގެ އަތުގައި އޮންނަ ރެކޯޑު މުގުރާލުމުގައި ކޮންމެ ފަދަ ހަރުފަތަކަށްވެސް އަރާފާނެ ބައެކެވެ. މިފަހަރު މިއީ އެފަދަ ދެ އެކުވެރިއަކު ކަނޑައެޅި އަޒުމަކުން ނުކުތް ނަތީޖާއެއްގެ ވާހަކަ އެވެ. 1963 ވަނަ އަހަރު އެމެރިކާގެ އުމުރުން 17 އަހަރުގެ […]