ކެނދިކުޅުދޫ ގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ސަރުކާރުން ދެކެމުން އައި ހުވަފެނެއް: ޑރ. އިބްރާހިމް ހަސަން
ނ. ކެނދިކުޅުދޫ ގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ސަރުކާރުން ވަރަށް ޒަމާން ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް މިނިސްޓަރު އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. މިއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ބޮޑުއަކުރުން ލިޔެވި، ވަރަށްގިނަ މަސައްކަތްތަކާއި ވަރަށްގިނަ ވަގުތެއް ހޭދަކުރެ...