ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ށ. އަތޮޅު ފުނަދޫ ބަނދަރު ތެރޭގައި އޮތް މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ރޯޒީ ނަމަކަށް ކިޔާ ފައިބަރު ދޯންޏެއްގަ އެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު 11 ޖަހައިކަށް ހާއިރު އެވެ. އެ ދޯނީގައި އަލިފާން ރޯވުމާއިއެކު ފަޅުތެރޭގައި އޮތް އެހެން ކަންނެލި ދޯނިތަކުގެ ފަޅުވެރިންނާއި، އެ ރަށު ރައްޔިތުންނާއި، އެ ރަށު އެއާޕޯޓްގެ ފަޔަރ ޓީމާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު […]