މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޓުވިޓާ އިން "ފަލަސްތީނު އޮންލައިން" ސަސްޕެންޑްކޮށް، ޓްރަމްޕްގެ އެކައުންޓު އަނބުރާ ދީފި

ޓުވިޓާ އިން "ފަލަސްތީނު އޮންލައިން" ސަސްޕެންޑްކޮށް، ޓްރަމްޕްގެ އެކައުންޓު އަނބުރާ ދީފި

ފަލަސްތީނުގެ ގާޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާތަކުގެ ހަބަރުތަކާއި މައުލޫމާތުތައް އެންމެ ތާޒާކަމާއި އެކު ފޯރުކޮށްދޭ “ފަލަސްތީން އޮންލައިން” ގެ ޓުވިޓާ އެކައުންޓު ސަސްޕެންޑުކޮށްފައިވާއިރު މިއަދު ދުނިޔޭގެ ހުރިހާ ނޫހެއްގެ ފަލަ ސުރުހީން ޖާގަ ހޯދާފައިވަނީ އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު އަނބުރާ ދިން ޚަބަރަށެވެ. ފަލަސްތީން އޮންލައިން އަކީ އެގައުމުގައި ހިންގާ އެންމެ ނުފޫޒު ގަދަ އެއް އޮންލައިނެވެ. ޓުވިޓާގައި އެ އެކައުންޓު، 80،000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރެ...

މުޙައްމަދު ވަސީމް
އަންނަ އަހަރު ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

އަންނަ އަހަރު ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން ބުނެފައިވަނީ ދަތުރުތައް ފަށަން ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް ކަމަށެވެ. ފުރަތަމަ ދަތުރުތައް ފަށަން ތާވަލު ކޮށްފައިވަނީ 22 އޮކްޓޯބަރު 2023 އެވެ. އަންނަ އަހަރަށް ދަތުރުތައް ތާވަލު ކުރި ނަމަވެސް މި މަހުގެ 30 އިން ފެށިގެން ބުކިންތަކަށް ހުޅުވާލާނެއެވެ. މި ދަތުރުތައް ކުރަން ނިންމާފައިވަނީ ލަންޑަނުގެ ހީތުރޯ އެއޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށ...

އަޙްމަދު ވަހީދު
އުރީދޫ ފަން ރަން: ގިނަ ބައެއްގެ އެދުމުގެ މަތިން ރަޖިސްޓްރޭޝަންގެ މުއްދަތު އިތުރުކޮށްފި

އުރީދޫ ފަން ރަން: ގިނަ ބައެއްގެ އެދުމުގެ މަތިން ރަޖިސްޓްރޭޝަންގެ މުއްދަތު އިތުރުކޮށްފި

ގިނަ ބައެއްގެ އެދުމާ އެއްގޮތަށް އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އުރީދޫ މޯލްޑިވްސް އިން ބުނީ މިހާރު ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ލިބޭނެ ކަމަށެވެ. މި ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް http://ore.do/funrunkit މެދުވެރިކޮށެވެ. ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް […]

އަޙްމަދު ވަހީދު
އެއިންސްޓެއިން އާއި ހޯކިން އަށް ވުރެ ވިސްނުންތޫނު މުސްލިމް ކުއްޖެއް

އެއިންސްޓެއިން އާއި ހޯކިން އަށް ވުރެ ވިސްނުންތޫނު މުސްލިމް ކުއްޖެއް

އިނގިރޭސިވިލާތުގެ ސިޓީއެއް ކަމަށްވާ ލީޑްސް ގައި ދިރިއުޅޭ ޔޫސުފް ޝާހް އަކީ ވިސްނުންތޫނުކަމަށް މުޅި ދުނިޔެއަށް މަޝްހޫރު މީހުން ކަމަށްވާ އެއިންސްޓެއިން އާއި ސްޓީވަން ހޯކިންގް އަށް ވުރެ ވެސް އައި ކިއު ލެވެލް މަތި ކުއްޖެކެވެ. ބްރިޓިޝް މެންސާ އައިކިއު ޓެސްޓްގައި، އުމުރުން އެންމެ 11 އަހަރުގެ މި ފިރިހެން ކުއްޖާ އަށް 162 ލިބުނެވެ. އައިކިއު ޓެސްޓަކީ ވިސްނުން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޔޫސުފް ޝާހު، އައިކިއު ޓެސްޓު ހެދީ […]

މުޙައްމަދު ވަސީމް
މާލީ ދާއިރާގެ ހަބަރުތައް ލިޔަން ނޫސްވެރިން އަހުލުވެރިކޮށްފި

މާލީ ދާއިރާގެ ހަބަރުތައް ލިޔަން ނޫސްވެރިން އަހުލުވެރިކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދިވެހި ރާއްޖޭގެ މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް “ފައިނޭންޝިއަލް ޖަރނަލިޒަމް ވޯކްޝޮޕް” އެއް ބާއްވައިފި އެވެ. މަހަޓާން ބިޒްނަސް ހޮޓެލެސްގައި އިއްޔެ ކުރިއަށްދިޔަ މި ވޯކްޝޮޕަކީ ނޫސްވެރިންނަށް އިންތިޒާމް ކޮށްގެން ފައިނޭންސް ގުޅޭ ހަބަރުތައް ރިޕޯޓްކުރާނެ ގޮތާއި ގުޅޭ ގޮތުން ކުރިއަށްދިޔަ ވޯކްޝޮޕެކެވެ. 5 ސެސަން އަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަންތައް ނަންގަވައިދެއްވީ ބީއެމްއެލްގެ ފަރާތުން ތަޖު...

އިބްރާހިމް އަސްވާޤް
ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ބާއްވައިފި

ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ބާއްވައިފި

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ދިވެހިރާއްޖޭގެ ބާ އިމްތިޙާނު މިއަދު ބާއްވައިފިއެވެ. މިއީ މި އިމްތިހާނު ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ބާ ކައުންސިލުން ވިދާޅުވިގޮތުގައި މިއަދު ބޭއްވި ބާ އިމްތިހާނު 176 މީހަކު ވަނީ ހަދާފައެވެ. މި އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށެވެ. މި އަހަރުގެ ބާ އިމްތިޙާނުގެ ސުވާލުތައް ދީފައި ވަނީ، ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ، ކޮންޓްރެކްޓް ލޯ، ކްރިމިނަލް ލޯ، ޓޯޓް […]

ޔުމްނާ ޢަލީ
މި ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ އެމްޑީޕީގެ މެންބަރުންނަށް ޣައްދާރުވާ މީހެއް: ޝިފާޢު

މި ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ އެމްޑީޕީގެ މެންބަރުންނަށް ޣައްދާރުވާ މީހެއް: ޝިފާޢު

މިހާރު މިއޮތް ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނަށް ޣައްދާރުވާ މީހެއް ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް ވިދާޅުވަމުން، ފާޑުވިދާޅުވެ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް ފާޅުކުރެއްވި ޝ...

އަލީ އާދިލް
މި ސަރުކާރުން އަންނަ ރިޔާސީ ރޭސް ނިންމާނީ ކާމިޔާބު ހޯދައިގެން: މައުސޫމް

މި ސަރުކާރުން އަންނަ ރިޔާސީ ރޭސް ނިންމާނީ ކާމިޔާބު ހޯދައިގެން: މައުސޫމް

އަންނަ ރިޔާސީ އިންތިޚާބު މިހާރުގެ ސަރުކާރުން ކާމިޔާބުކުރާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ. މި ހިނގާ ނޮވެމްނަރު މަހުގެ 17 ވަނަ ދުވަހަށް މި ސަރުކާރަށް ވަނީ 4 އަހަރު ފުރިފައެވެ. ސަރުކާރާއި، ސަރުކާރަށް ތާއީދުކުރާ ފަރާތްތައް 4 އަހަރުގެ ކާމިޔާބީ ފާހަގަ ކުރަމުން ދަނީ ”ހަމަހަމަ 4 އަހަރު”ގެ ގޮތުގައިއެވެ. އަދި އެފަރާތްތަކުގެ ޝުއޫރުތައް ދަނީ މީސް މީޑިއާއަށް ބަންޑުން ކުރަމުންނެވެ. މި ސަރުކާރުގެ ދައުރުގެ ފަހު އަހަރު ގުނަން ފެށުނުކަން […]

އަލީ އާދިލް
13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހަ މީހުންގެ ބަންދަަށް 15 ދުވަސް

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހަ މީހުންގެ ބަންދަަށް 15 ދުވަސް

ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއި ހަލައްކައަށް ވުރެ ގިނަ ރުފިޔާ އާއެކު ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މިހައިތަނަށް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ. މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވާކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގ...

މުޙައްމަދު އަފްރާޙް
ބައިނަލްއަގުވާމީ ފްރެންޗައިޒް “އެންވައި ސްޓޭކް ޝެކް” ހުޅުމާލޭގައި ހުޅުވަނީ

ބައިނަލްއަގުވާމީ ފްރެންޗައިޒް “އެންވައި ސްޓޭކް ޝެކް” ހުޅުމާލޭގައި ހުޅުވަނީ

ބައިނަލްއަގުވާމީ ފްރާންޗައިޒެއް ކަމަށްވާ އެމެރިކާގެ “އެންވައި ސްޓޭކް ޝެކް” ގެ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ. ހުޅުމާލެ ސެމްޓްރޯ މޯލްގެ ގްރައުންޑް ފްލޯގައި މި ރެސްޓޯރެންޓް ހުޅުވަނީ މި މަހުގެ 24ގައެވެ. މި ރެސްޓޯރެންޓް ހުޅުވަން އެޗްޑީސީގެ އިސްވެރިންނާއެކު ފްރާންޗައިޒް ގްރޫޕްގެ ސީއީއޯ ބައިވެރިވާނެއެވެ. އަދި ލައިސެންސް ރާއްޖޭގެ ފްރާންޗައިޒާ ހަވާލު ކުރައްވާނެއެެވެ. އަލަށް ހުޅުވާ މި ރެސްޓޯރެންޓްގައި 250 މީހުންގެ ޖާގަ ހުންނާނެއެވެ. މިއީ ހުޅުމާލޭގައި ހުޅުވާ އެންމެ ބޮޑު އެއް ރެސްޓ...

އަޙްމަދު ވަހީދު
ޓެކްސް ބޮޑުކުރުމަށް އިދިކޮޅުން ދެކޮޅުހަދައި ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް: އަމީރު

ޓެކްސް ބޮޑުކުރުމަށް އިދިކޮޅުން ދެކޮޅުހަދައި ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް: އަމީރު

ޓެކްސް ބޮޑުކުރުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުކަން ހާމަކޮށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓެކްސް ބޮޑުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އިތިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށެވެ. އަމީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވަށައިޖެހޭ ޓެކްސް ނިޒާމެއް އެކުލަވާލައި، އިންކަމް ޓެކްސްއާއި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގަންޖެހޭ ގޮތް އިސްލާހުކޮށްފައިވާ ކަމަށ...

މުޙައްމަދު އަފްރާޙް
ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް

ލައިފް ސްކިލް ޕްރޮގްރާމުން އެއްބައިވަންތަ ރަށެއް ގޮތުގައި ދެމި ތިބުމަށް އައު ހިތްވަރެއް ލިބުނު: އުތީމު ކައުންސިލް

އުތީމު ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލް ޕްރޮގްރާމުން އެރަށުގެ ރަށުވަންތަ ސިފަ ހިފަހައްޓައި، އެއްބައިވަންތަ ރަށެއްގެ ގޮތުގައި ތިބުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ނޮވެމްބަރު މަހުގެ 10 އިން 12 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ލައިފް ސްކިލް ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއްވީ މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މަސްއޫދު ޢަލީ އެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އ...

ޔުމްނާ ޢަލީ
ފޭދޫގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފި

ފޭދޫގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީސް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގުރާމްގެ ދަށުން ށ. ފޭދޫ ކައުންސިލްއާއި ގުޅިގެން އެ ރަށުގައި ހިންގާ ބޭސިކް ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުން މެދުގައި ދަނޑުވެރިކަމަށް އޮންނަ ލޯބި އިތުރުކޮށް، ދަނޑުވެރިކަން ކުރިއަރުވައި އެކަމާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް...

އިބްރާހިމް ޚަލީލް
ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ފަށައިފި

ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ފަށައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ އިއްޔެ ފަށައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށާއި މުސްތަޤްބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށްދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯ ބަ...

ޔުމްނާ ޢަލީ
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: މޮރޮކޯ

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: މޮރޮކޯ

މޮރޮކޯ އަކީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ ޓީމެކެވެ. މޮރޮކޯ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1970 ވަނަ އަހަރުގައެވެ. އޭގެ ފަހުން 1986، 1994 އަދި 1998 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. މޮރޮކޯއަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވުނީ 1986 ވަނަ އހަރުގެ ވޯލްޑް ކަޕުގައެވެ. އެފަހަރު މޮރޮކޯއިން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި […]

ތިލަދުން