އަންނަ ރިޔާސީ އިންތިޚާބު މިހާރުގެ ސަރުކާރުން ކާމިޔާބުކުރާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

މި ހިނގާ ނޮވެމްނަރު މަހުގެ 17 ވަނަ ދުވަހަށް މި ސަރުކާރަށް ވަނީ 4 އަހަރު ފުރިފައެވެ.

Ad
rt

ސަރުކާރާއި، ސަރުކާރަށް ތާއީދުކުރާ ފަރާތްތައް 4 އަހަރުގެ ކާމިޔާބީ ފާހަގަ ކުރަމުން ދަނީ ''ހަމަހަމަ 4 އަހަރު''ގެ ގޮތުގައިއެވެ. އަދި އެފަރާތްތަކުގެ ޝުއޫރުތައް ދަނީ މީސް މީޑިއާއަށް ބަންޑުން ކުރަމުންނެވެ.

މި ސަރުކާރުގެ ދައުރުގެ ފަހު އަހަރު ގުނަން ފެށުނުކަން ފާހަގަ ކުރައްވަމުން ވަޒީރު، ޑރ. މައުސޫމް ވިދާޅުވީ، 2018-2023 ރޭހުގެފަހު ފަސްވަނަ ލެޕު (ފަހުލެޕު) ފެށިފައިވާ ކަމަށެވެ.

''ދިވެހިރާއްޖޭގެ މުޅި މާޒީގައިވެސް ސަރުކާރެއް ނުދުއްވާހާ ބާރަށް މިސަރުކާރުން ފޯރީގަ ފަހުލެޕު ދުއްވާ ކާމިޔާބާއެކު ރޭސް ނިންމާނެކަމަށް ބެލެވޭ، މޮޅަށްކުޅެންޏާ ސާބަސްދިނުމަކީ ތަހުޒީބު މުޖުތަމުއުގަ ވާދަވެރިންވެސް ކަންކުރާގޮތް'' މައުސޫމް ވިދާޅުވެފައިވެއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމަކީ މި ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ފަތުރުވެރިކަމުގެ ވުޒާރާ ހިންގަވަމުންގެންދަވާ ވަޒީރެވެ. ޖޭޕީން ވެސް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބުނެފައިވެއެވެ.