ފަލަސްތީނުގެ ގާޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާތަކުގެ ހަބަރުތަކާއި މައުލޫމާތުތައް އެންމެ ތާޒާކަމާއި އެކު ފޯރުކޮށްދޭ "ފަލަސްތީން އޮންލައިން" ގެ ޓުވިޓާ އެކައުންޓު ސަސްޕެންޑުކޮށްފައިވާއިރު މިއަދު ދުނިޔޭގެ ހުރިހާ ނޫހެއްގެ ފަލަ ސުރުހީން ޖާގަ ހޯދާފައިވަނީ އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު އަނބުރާ ދިން ޚަބަރަށެވެ.
ފަލަސްތީން އޮންލައިން އަކީ އެގައުމުގައި ހިންގާ އެންމެ ނުފޫޒު ގަދަ އެއް އޮންލައިނެވެ. ޓުވިޓާގައި އެ އެކައުންޓު، 80،000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރެ އެވެ.
އެ އެކައުންޓު ސަސްޕެންޑު ކުރީ ޓުވިޓާގެ ގަވައިދުތަކާއި ހިލާފަށް ހަމަނުޖެހުމަށް މަގުފަހިވާގޮތަށް އަމަލު ކުރުމުން ކަމަށް ބުނެފައިވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އާންމުކޮށް ގަވައިދާ ހިލާފަށް ކުރި ޓުވީޓެއް އެ ޔޫސާއަކަށް ބުނެދިނަސް ފަލަސްތީން އޮންލައިންއަށް އެފަދަ އެއްވެސް އެންގުމެއް ނާންގަ އެވެ.
މި މައްސަލައިގަ ފަލަސްތީންގެ ސޯޝަލް މީޑިއާ އިންފުލުއެންޒާއިން ދަނީ އެއީ އެމީހުންގެ އަޑުކަނޑުވާލަން ޓުވިޓާއިން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ފުރިހަމަށް ތާއީދު ކުރާކަމަށް ބުނި ޓުވިޓާގެ އާ ވެރިޔާ އީލޮން މަސްކްގެ ބަހުގައި އިތުބާރުނެތްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ފަލަސްތީން އޮންލައިން ސަސްޕެންޑު ކުރުން ކުށްވެރިކޮށް އެ ގައުމުގައި ހިންގާ އެހެން މަޝްހޫރު ނޫސްތަކުން ދަނީ ސޯޝަލް މީޑިއާގައި ޓުވިޓާ ސެންސާޑް ފަލަސްތީން ނަމުގައި ހޭޝްޓެގް ބޭނުންކޮށްގެން ގާޒާގައި ހިންގަމުން ލާއިންސާނީ އަމަލުތައް ދުނިޔެއަށް ދައްކަމުންނެވެ.
ފަލަސްތީން އޮންލައިން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރާ ވީޑިއޯތަކުގެ ތެރޭގައި އިސްރާއީލް ސިފައިންނާއި އާންމުން ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ދޭ ހަމަލާތަކާއި ހިންގާ ޖަރީމާތަށް ހިމެނެ އެވެ. އެގޮތުން ފަލަސްތީން މީހުން ގެދޮރު ބޭރު ކުރާ ތަނާއި އިސްރާއީލް މީހުން ފަލަސްތީން މީހުންނަށް ދޭ އެތައް ހަމަލާއެއް މަންޒަރުތައް އާންމުކޮށްފައިވެ އެވެ.
ޓަރަމްޕް އެންމެ ފަހުން އޭނާގެ ޓުވިޓަރ އެކައުންޓް ބޭނުން ކޮށްފައިވަނީ 2020 ވަނަ އަހަރު ކުރިޔަށްދިޔަ އޭނާގެ ރިޔާސީ ޕްރައިމަރީގައެވެ. އޭރު ޓަރަމްޕް ހުންނެވީ އެމެރިކާގެ ރައީސްކަމުގެ މަގާމްގައެވެ. އެއަށްފަހު ޓްރަމްޕްގެ ޓުވިޓަރއިން ސަސްޕެންޑް ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެއީ އޭނާއަށް ތާއީދުކުރާ މީހުންނަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގަތުމަށް އެ އެކައުންޓުގެ ބޭނުން ކޮށްގެން ހިތްވަރު ދީފައިވާކަމުގެ ތުހުމަތުގައެވެ.
އޭރު ޓުވިޓަރއިން ބުނެފައިވަނީ ޓްރަމްޕްގެ ޓުވިޓަރ އެކައުން ބޭނުންކޮށްގެން އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ރިސްކު އޮތުމާގުޅިގެން، އެ ޓުވިޓަރ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވާކަމުގައެވެ.
ދުނިޔޭގަ މިވަގުތު ހުރި އެންމެ މުއްސަދި މަހުޖަނުކަމުގައިވާ އެލޮން މަސްކު ޓުވިޓަރ ސޯޝަލް މީޑިއާ ޕްލެޓްފޯމް ގަތުމާއި ގުޅިގެން، ޑޮނަލްޑް ޓްރަމް މަރުހަބާ ދަންނަވަމުން ވިދާޅުވީ ބޯ ހަމަޖެހޭ މީހެއްގެ އަތްމައްޗަށް ޓުވިޓަރ ދިއުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށާއި، ހައްދު ފަހަނައަޅާފައިވާ އެގައުމު ދެކެ ނަފްރަތުކުރާ މޮޔައިން އެ ޕްލެޓްފޯމު ހިންގުމުގައި ނެތުމަކީ އުފާކުރަން ޖެހޭކަމެއްކަމުގަ އެވެ.
44 ބިލިއަން ޑޮލަރަށް ޓުވިޓަރ ގަނެފައިވާ މަހުޖަނު އެލޮން މަސްކު ކުރިން ވިދާޅުވެފައިވަނީ، ޓުވިޓަރ ޕްލެޓްފޯމުން މީހުން އުމުރަށް ސަސްޕެންޑް ކުރުމަކީ އޭނާ ތާއީދުކުރާ ސިޔާސަތެއް ނޫންކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!