މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނެދަލެންޑްސްއާއި ސެނެގާލް ދެވަނަ ބުރަށް

ނެދަލެންޑްސްއާއި ސެނެގާލް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަބުރުން ނެދަލެންޑްސްއާއި ސެނެގާލް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗު ނެދަލެންޑްސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މުޅި މެޗު ޑޮމިނޭޓް ކޮށްގެން ނެދަލެންޑްސްއިން ކުޅެފައިވާއިރު، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުން ކުރީގައި އޮވެއެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ޑެވީ ކްލާސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު […]

އިބްރާހިމް ޚަލީލް
މާލޭގައި ހުރި ގަރާޖުތައް ބަދަލު ކުރަން ހުޅުމާލެއިން ބިން ދެނީ

މާލޭގައި ހުރި ގަރާޖުތައް ބަދަލު ކުރަން ހުޅުމާލެއިން ބިން ދެނީ

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގަރާޖުތައް ރައްކާތެރި ތަނަކަށް ބަދަލުކުރަން ހުޅުމާލެއިން ބިން ދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މާލޭގައި ހިންގާ 1،000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް 1،000 އަކަފޫޓު އަދި އެއަށްވުރެ ބޮޑު ގަރާޖުތަކަށް 1،300 އަކަފޫޓުގެ ބިން ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، ގަރާޖުތައް ހަދަން ދޫކުރާ ބިމުގައި ދެ ބުރިއަށް އިމާރާތްކުރެވޭނެއެވެ. މީހުން ދިރިއުޅޭ ގެތަކުގައި ހިންގާ ގަރާޖުތަކުގައި ވެލްޑ...

އަޙްމަދު ވަހީދު
އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް

ވެހިރާއްޖޭގެ ސަރުކާރުގެ އެދުމުގެމަތިން އިންޑިއާއިން، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް، ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީފޯރުކޮށްދީފިއެވެ. މި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތެއް މިއަދުވަނީ ފޮރިން މިނިސްޓްރީގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އިންޑިއާގެ ސަފީރު މުނު މަހާވަރު އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯ ޑޯރާބާބޫ ޑަޕަރްތީ ބައިވެރި...

އަޙްމަދު ވަހީދު
އޮތެންޓިކް މޯލްޑިވްސްގެ ދެ ސަޕްލަޔަރަކަށް، ވިޔަފާރީގެ ދާއިރާއިން ޚާއްޞަ އެވޯޑެއް

އޮތެންޓިކް މޯލްޑިވްސްގެ ދެ ސަޕްލަޔަރަކަށް، ވިޔަފާރީގެ ދާއިރާއިން ޚާއްޞަ އެވޯޑެއް

އޮތެންޓިކް މޯލްޑިވްސްގެ ދެ ސަޕްލަޔަރަކަށް، ވިޔަފާރީގެ ދާއިރާއިން ޚާއްޞަ އެވޯޑެއް ލިބިއްޖެ އެވެ. މިއެވޯޑު ލިބިފައިވަނީ، “ވުމަންސް އިންޑިއަން ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ” (ޑަބްލިޔު.އައި.ސީ.ސީ.އައި) އިން މި ނޮވެމްބަރ މަހުގެ 23 ން 24 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި “އިންޓަރނޭޝަނަލް ވުމަން އޮންޓްރަޕްރެނިއަރސް ސަމިޓް 2022” ގައި ބައިވެރިވި ދިވެހި އަންހެން ދެވިޔަފާރިވެރިއަކަށެވެ. ޑަބްލިޔު.އައި.ސީ.ސީ.އައި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ވިޔަފާ...

އިބްރާހިމް އަސްވާޤް
ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފިނޭގައި ބާއްވަނީ

ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ފިނޭގައި ބާއްވަނީ

ތިލަދުންމަތީ ދެކުނުބުރީ ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ޑިސެމްބަރ 1 ވަނަ ދުވަހުގެ ކުރިން ފިނޭ ކައުންސިލަށް ވަޑައިގެން ނުވަތަ އެ ކައުންސިލަށް ގުޅުއްވައި (6520027) ނަން ނޯޓް ކުރެއްވުމަށް އެ ފަރާތުން އެދިލައްވައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އީމެއިލް ކުރައް...

އިބްރާހިމް ޚަލީލް
އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖުތައް ގާއިމް ކުރެވޭނެ: ނައިބު ރައީސް

އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖުތައް ގާއިމް ކުރެވޭނެ: ނައިބު ރައީސް

އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖުތައް ގާއިމް ކުރެވޭނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވަރޝަން އަދި އައު ވީޑިއޯ ލަވަ އިފްތިތާހް ކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ނެވެ. މީގެއިތުރުން ނައިބު ރައީސް، ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދު ވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް މި...

މުޙައްމަދު އަފްރާޙް
ފަންނުވެރިންނަށް ޕްލެޓްފޯމުތައް ހޯދައި ދިނުމަަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: ޔުމްނާ

ފަންނުވެރިންނަށް ޕްލެޓްފޯމުތައް ހޯދައި ދިނުމަަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: ޔުމްނާ

ފަންނުވެރިންނަށް ޕްލެޓްފޯމުތައް ހޯދައި ދިނުމަަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. ޔުމްނާ މިހެން ވިދާޅުވެފައިވަނީ ފާއިތުވެދިޔަ 4 އަހަރު އެ ދާއިރާއިން ކުރެވުނު އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ. މިނިސްޓަރ ވިދާޅުވީ ފަންނީ ދާއިރާގައި ވެސް ފުރަތަމަ ގާނޫނީ ބާރުވެރިކަން ހޯދުމުުގެ މަސައްކަތް ކުރައްވަމުން ގެންދަ...

މުޙައްމަދު އަފްރާޙް
ދިއްދޫގައި މީހުން ނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފި

ދިއްދޫގައި މީހުން ނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކޮށްފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން، މީހުން ދިރިއުޅެމުން ނުދާ ފަޅު ގޯތިތައް ކަނޑައެޅިފައިވާ އުސޫލުގެ މަތީން ސާފުކޮށް ބަލަހައްޓަމުން ނުދާތީ، އެތަންތަން ސާފުކޮށް ބެލެހެއްޓުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފި އެވެ. އެ ކައުންސިލުން ވަނީ އެތަންތަން ސާފުކުރުމަށް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ދިއްދޫއިން މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކަކީ، އެ ގޯތ...

އިބްރާހިމް ޚަލީލް
ހުޅުމާލޭ ސިނާއީ ސަރަހައްދުގައި 8 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހުއްދަ ދީފި

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި 8 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހުއްދަ ދީފި

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި 8 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހުއްދަ ދީފި އެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ، ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ޤާއިމު ކުރުމަށް ކަނޑައެޅިފައިވާ އިންޑަސްޓްރިއަލް ޒޯންގެ މިހާރު ކަނޑައެޅިފައިވާ އިމާރާތް ކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެންނަނީ ސިނާއީ ސަރަހައްދަށް ޑިމާންޑް ބޮޑުވެފައިވާތީ އެކަމ...

މުޙައްމަދު އަފްރާޙް
ރާއްޖެ އާއި ޔޫއެސްއެއިޑް އާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ އާއި ޔޫއެސްއެއިޑް އާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ އާއި ޔޫއެސްއެއިޑް އާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑްގެ ބިއުރޯ ފޯރ އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކައުރް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މި ބައްދަލު ކުރެއްވުމުގައި ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި ބެހޭ ގޮތުންނާއި މި ގުޅުން އިތުރުން ބަދަހިކުރ...

މުޙައްމަދު އަފްރާޙް
އުރީދޫ ފަން ރަންގެ ޕާޓްނަރަކަށް އެޗްޑީސީ, ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 30 ގެ ނިޔަލަށް

އުރީދޫ ފަން ރަންގެ ޕާޓްނަރަކަށް އެޗްޑީސީ, ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 30 ގެ ނިޔަލަށް

އުރީދޫ މޯލްޑިވްސް އިން ބާއްވާ “އުރީދޫ ފަން ރަން”ގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެވެ. އެގޮތުން، އެ ކުންފުނި ހަމަޖައްސާފައިވަނީ އުރީދޫން ބާއްވާ “ފަން ރަން” ގެ ހޯސްޓް ޕާޓްނަރަކަށެވެ. އުރީދޫ ފަން ރަންގައި އެ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމް، http://ore.do/funrunkit މެދުވެރިކޮށް މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހި...

އަޙްމަދު ވަހީދު
94.9 އިންސައްތަ ވޯޓާއިއެކު އިކުއެޓޯރިއަލް ގިނީގެ ރައީސްކަމަށް މަބަސޯގޯ، މިއީ 6 ވަނަ ދައުރު

94.9 އިންސައްތަ ވޯޓާއިއެކު އިކުއެޓޯރިއަލް ގިނީގެ ރައީސްކަމަށް މަބަސޯގޯ، މިއީ 6 ވަނަ ދައުރު

އިކުއެޓޯރިއަލް ގިނީގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މިހާރުގެ ރައީސް ޓިއޮޑޯރޯ އޮބިއަންގް ނުއެމާ މަބަސޯގޯ ހަވަނަ ދައުރެއް ކަށަވަރުކޮށްފި އެވެ. އެގައުމުގެ އިލެކްޝަންސް ކޮމިޝަނާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންތިހާބު މަބަސޯގޯ ކާމިޔާބު ކުރެއްވީ އިދިކޮޅު ދެ ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. އެ އިންތިހާބުގައި 94.9 ޕަސެންޓު ވޯޓު މަބަސޯގޯއަށް ލިބިފައިވެ އެވެ. އޭނާ އާއި ވާދަކުރެއްވި އިދިކޮޅު އެއް ކެންޑިޑޭޓު އެންޑްރެސް އޮސޯނޯއަށް ލިބިފައިވަނީ 9،700 ވޯޓެވެ. އަނެއް ކެންޑިޑޭޓު...

މުޙައްމަދު ވަސީމް
އުރުގުއޭ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް

އުރުގުއޭ ބަލިކޮށް ޕޯޗުގަލް ދެވަނަބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ޕޯޗުގަލްއާއި އުރުގުއޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިރޭގެ މެޗަށް ނުކުތްއިރު ދެ ޓީމްގެ ފުރަތަމަ އެގާރައަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ޕޯޗުގަލް ގާނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ސެންޓަރ ޑިފެންޑަރގެ މަގާމަށް ކުޅުނު ޑަނީލޯގެ ބަދަލުގައި މިރޭ މެޗުގައި […]

އިބްރާހިމް ޚަލީލް
އިހަވަންދޫ އައިސް ޕްލާންޓުން ގޭސް ލީކްވެ، އެކަކަށް ފަރުވާދެނީ

އިހަވަންދޫ އައިސް ޕްލާންޓުން ގޭސް ލީކްވެ، އެކަކަށް ފަރުވާދެނީ

ހއ. އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވަމުން އެބަދެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން” އަށް ވިދާޅުވީ، އެރަށު އައިސްޕްލާޓުން ގޭސް ލީކުވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ މިރޭ 8:48 ހާއިރު ކަމަށެވެ. އައިސްޕްލާންޓުން ލީކްވާ ގޭސް އަދި ކޮންޓްރޯލް ކުރެވިފައިނުވާއިރު، ސިފައިން މިހާރު ދަނީ ގޭސް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ”އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ދަނީ ގޭސް ލީކްވާ މައްސަލަ ހައްލު ކުރުމަށް ހަރަކާތްތެރިވަމުން”’ ޞަބާޙް ވިދާޅުވިއ...

މުޙައްމަދު އަފްރާޙް
ސްވިޒަލޭންޑް ބަލިކޮށް ބްރެޒިލް ދެވަނަބުރަށް

ސްވިޒަލޭންޑް ބަލިކޮށް ބްރެޒިލް ދެވަނަބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ބްރެޒިލްއާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ބުރެޒިލް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ބްރެޒިލް މިރޭގެ މެޗާއި ކުރިމަތިލީއިރު ފުރަތަމަ އެގާރައަށް ދެ ބަދަލެއް ވަނީ ގެނެސްފައެވެ. ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ނޭމާއަށް އަނިޔާވެފައިވާއިރު، އެ މަގާމަށް އަރުވާފައި ވަނީ ފްރެޑެވެ. އަދި ޑަނީލޯއަށް […]

އިބްރާހިމް ޚަލީލް