މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަބުސީބެއަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެނީ!

އަބުސީބެއަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެނީ!

ރާއްޖޭގައި ދިގު ދުވުން ދުވާ މީހުންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ އެއް ދުވުންތެރިޔާ އަބްދުއްރަޝީދު އަލީ (އަބްސީބެ) އަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫ ގައި ފަރުވާދޭން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގަ އެވެ. “ތިލަދުން” އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ. އަދި ސްޓްރޯކުގެ ސަަބަބުން “އިރާދަކުރެއްވިއްޔާ” މާބޮޑުވަރެއް ނުވެއެވެ. އުމުރުން 63 އަހަރުގެ އަބްސީބެ އަށް […]

މުޙައްމަދު އަފްރާޙް
އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ މުއްދަތު މިރޭ ހަމަވާނެ

އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ މުއްދަތު މިރޭ ހަމަވާނެ

އުރީދޫ މޯލްޑިވްސް އިންތިޒާމްކޮށްގެން ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ މުއްދަތު މިރެއަށް ހަމަވާނެއެވެ. އުރީދޫ ފަން ރަންގައި އެ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމް، http://ore.do/funrunkit މެދުވެރިކޮށް މިރޭ 11:59 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމ...

އަޙްމަދު ވަހީދު
ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި

ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި

ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިސް އެކްސަލެންސީ ސޫ ކޮކް ލެންގް، މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާ ކުރައްވާފައި ވަނީ ސިންގަޕޫރުގެ ސަފީރު، ނައިބުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގަ އެވެ. ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެ މަގާމާއި...

މުޙައްމަދު އަފްރާޙް
ޝިމާޒަށް ހަމާދިން މީހާގެ ބަންދަށް 10 ދުވަސް

ޝިމާޒަށް ހަމާދިން މީހާގެ ބަންދަށް 10 ދުވަސް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީއަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ. އޭނާއަށް ހަމަލާދީފައިވަނީ މަގުމަތިން ބަޔަކު، މި ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ހަމަ އެރޭ ވަނީ އެ މައްސަލަ ފުލުހަށް ހުށައަޅާފައިވާއިރު، ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގާ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ޝިމާޒަށް ހަމަލާދިނުމުގެ ކުރިން، […]

މުޙައްމަދު އަފްރާޙް
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް ފަށާ ތާރީޚަށް ބަދަލު ގެނެސްފި

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް ފަށާ ތާރީޚަށް ބަދަލު ގެނެސްފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށް މުބާރާތް ފަށާ ތާރީޚަށް ބަދަލު ގެނެސްފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން މި މަހު 17 ވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު، މި މަހުގެ 22  ވާ އަންގާރަ ދުވ...

އިބްރާހިމް ޚަލީލް
ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދުގެ މުއްދަތު ދަންމާލައިފި

ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދުގެ މުއްދަތު ދަންމާލައިފި

ވަގު ޑޮަލަރުން މުއާމަލާތްކުރި 3 ދިވެހީންގެ ބަންދަށް ދިގު މުއްދަތެއް ޖަހައިފި އެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 21 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް 30 ދުވަހުގެ ބަންދެއް ޖަހާފައިވާއިރު، ދެންތިބި ދެ މީހުންނަށް ޖަހާފައި ވަނީ 40 ދުވަހުގެ ބަންދެކެވެ. ކްރިމިނަލް ކޯޓުން އެ މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ […]

މުޙައްމަދު އަފްރާޙް
ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދިއްޖެ އެވެ. ވެމްކޯ އިން ވިދާޅުވީ ވެމްކޯއިން ވިދާޅުވީ އާންމުކޮށް، އޮއެ ހުންނަ ގޮތުން އެކި ދުވަސްވަރު ތިލަފުށީ ފަޅުގެ އެންމެ އެތެރެއަށް ގިނަ އަދަދެއްގެ ކުނި އަބަދު ވެސް ޖަމާވަމުންދާ ކަމަށެވެ. މިދުވަސްވަރު އޮއެ ހުރި މިސްރާބު ބަދަލުވުމާއި ގުޅިގެން ކުނިތައް ފަޅުތެރޭގައި ދައުރުވެ، މިކުނިތައް ކަނޑަށް ބޭރުވަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ. އަދި އެ […]

މުޙައްމަދު އަފްރާޙް
ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިހްތިރާމަށް

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިހްތިރާމަށް

ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިހްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަހްލާގާއި، އަގީދާގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ފަތްކޮޅު އެރުއްވުމަށްފަހު، ރައީސް ވަނީ ޕާކިސްތާނުގެ އާ ސަފީރާ ބައްދަލު...

މުޙައްމަދު އަފްރާޙް
އަނެއްކާވެސް އުތީމު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

އަނެއްކާވެސް އުތީމު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އެ ތުނޑިން އޮކްޓޯބަރު، 2021 ގައި ވެސް ވަނީ އާސާރީ ވަޅެއް ފެނިފައެވެ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އުތީމު ހުޅަނގު ފަރާތު ތުނޑިން ނުވަތަ އުތީމު ދޫނި ތުނޑިން އާސާރީ ވަޅެއް ފެނިގެން އެކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފަންނާއި، ސަގާފަތާބެހޭ ވުޒާރާއަށް އެކަން މިއަދު ހެނދުނު އެންގި ކަމަށް ރަޝީދު ވިދާޅުވިއެވެ. […]

ޙުސައިން ޝަހުދީ
ވިނަރެސް ފްލެޓުތަކަށް ފޯމް ހުށަހެޅި ފަރާތްތަކަށް ޝަކުވާ ހުށަހެޅުން ޑިސެމްބަރ 11 ގެ ނިޔަލަށް!

ވިނަރެސް ފްލެޓުތަކަށް ފޯމް ހުށަހެޅި ފަރާތްތަކަށް ޝަކުވާ ހުށަހެޅުން ޑިސެމްބަރ 11 ގެ ނިޔަލަށް!

ވިނަރެސް ފްލެޓުތަކަށް ފޯމް ހުށަހެޅި ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އަންނަ މަހުގެ 11 ގެ ނިޔަލަށް އިތުރުކޮށްފި އެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ ‘ވިނަރެސް’ ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ، އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެކޯޕަރޭޝަނުގެ މައިހުޅުމާލެ ހ...

މުޙައްމަދު އަފްރާޙް
އިންގްލެންޑާއި އެމެރިކާ ދެވަނަ ބުރަށް

އިންގްލެންޑާއި އެމެރިކާ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން އިންގްލެންޑާއި އެމެރިކާ ޖާގަ ހޯދައިފިއެވެ. ރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. އިންގްލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. އިންގްލެންޑްގެ ފުރަތަމަ ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

އިބްރާހިމް ޚަލީލް
ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން: ނައިބު ރައީސް

ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން: ނައިބު ރައީސް

ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، “ގޯލްޑް 100 ގާލާ” ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އިގްތިސާދު، ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް އޮތްކަން ވެސް ނައިބު ފާ...

މުޙައްމަދު އަފްރާޙް
ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ، ގިނަ ބައެއްގެ މަގުބޫލުކަން ވެސް ހޯއްދަވާފައިވާ ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށ...

މުޙައްމަދު އަފްރާޙް
ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް: ރައީސް

ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް: ރައީސް

ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސޫ ކޮކް ލެންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި ސިންގަޕޫރުގެ އައު ސަފީރަށް މަރުޙަބާ ދަންނަވައި، ރައީސް ވަނީ ދެގައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައ...

މުޙައްމަދު އަފްރާޙް
މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓު ގައި އިސްތިއުނާފުކޮށްފި

މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓު ގައި އިސްތިއުނާފުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުޖާހިދު ކްރިމިނަލް ކޯޓުން ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ އެވެ. ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ހެކިންނާއި މުއާސަލާތު ނުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މ...

މުޙައްމަދު އަފްރާޙް