ނައިވާދޫ ފުޓްބޯޅަ ދަނޑުތައް ވީރާނާވެ، ޒުވާނުން ކުޅެން ރުއްގަނޑަށް!
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ އަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް އެރަށުގެ ޒުވާނުންނަކީ ފުޓްބޯޅައިގައި ހުނަރުން ފުރިގެންވާ ބައެކެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނި، ހާމަވެގެންދިޔައީ އެ ހުނަރުވެރިންގެ މުސްތަގުބަލެވެ. ފުޓްބޯޅައަށް މަރުދޭ، އެ ޒުވާނުންގެ ތަސައްވަރަށް ކުރާނެ ނޭދެވޭ އަސަރެވެ. އެ ފޮޓޯތަކަށް ބަލައިލުމުން ސުވާލު އުފެދުނީ ހުނަރުވެރިން ތިބޭ މިފަދަ ރަށްރަށުގައި މިގޮތަށް ކަންކަން ހިނގަމުންދާއިރުވެސް، ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް...