ގޭންގްތަކާއި ބިދޭސީ ސިފައިންގެ ނުރައްކަލުން ސަލާމަތްކުރުމަށް އުމަރު ރިޔާސީ ރޭހަށް
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ޢިއުލާން ކުރަށްވައި، ކެމްޕޭންގެ ނުރަސްމީ މަސައްކަތްތައް ފައްޓަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. އުމަރުގެ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން ބޭއްވިކަން ހާމަކުރައްވަމުން އެކަމަށް އިޝާރާތް ކުރަށްވަމުން އުމަރު ވިދާޅުވެފައި ވަނީ، ޑްރަގާއި، ގޭންގް ތަކާއި އަދި ބިދޭސީ ސިފައިންގެ ނުރައްކަލުން މި ޤައުމު ސަލާމަތް ކޮށް، މިރާއްޖެ މުޅިން އާމިސްރާ...