މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވީއައިއޭ އިން ''ގެއްލިއްޖެ''
30 ކިލޯގެ މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ގެއްލިއްޖެ އެވެ. ދިވެހި ފުލުހުން ހިދުމަތުން މީޑިއާއަށް މައުލޫމާތު ދެއްވާ މަންސަ (ޕްލެޓްފޯމް) ގައި ވިދާޅުވެފައިވަނީ މި ޖެނުއަރީ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ލަގެޖު ހަވާލުކޮށްފައި ނުވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ފުލުހުން އިތުރަށް ވިދާޅުވީ އޭނާ ރާއްޖެ އައި […]