ވާހަކަ ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (39) ކުރީގެ އަދަދާއިގުޅޭ، “ނޫޙުމެން އަތުވެދާނެ.. ޒައިންވެސް ހިނގާބަލަ ނޫޙު ގާތަށްދާން…” އުޝާ ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ. ޒައިން އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ހުރީ ފުން ވިސްނުމެއްގައެވެ. އޭނާގެ ނަޒަރު އޭރުވެސް ހުއްޓިފައިހުރީ ސީދާ އުޝާގެ މޫނަށެވެ. *** ވިޔަފާރީގެ ރިޕޯޓްތަކެއް ނިންމާލުމަށްފަހު ޖާބިރު ކޮޓަރިން ނިކުތީ ކޮފީތައްޓެއް ބޯލާށެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި ނިދިފައި އޮތް ނަވީންއެވެ. ނަވީން އެތާ އޮތްތަން ފެނި ޖާބިރަށް މަޑުކޮށްލެވުނެވެ. ދަރިފުޅުގެ ހިތުގެ ނުތަނަވަސްކަން... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ އައްޑޫގައި ވަޅިން ހަމަލާދިނުމުން ޒަހަމްވި މީހަކު ނިޔާވެއްޖެ އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ވަޅިއަކުން މީހަކަށް ހަމަލާ ދިނުމުން އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު 6:46 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ މަރަދޫ ފޭދޫގެ ގެއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ރޭ 23:38 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ސްޓޯރީޓެލަރސްގެ ބައިވެރިން ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށައިފި ‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް ‘2023 ނިންމާލައި، ބައިވެރިން ރާއްޖޭގެ ތަފާތު 8 ސަރަޙައްދަކަށް ދަތުރު ފަށައިފިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން މި ކޮންފަރެންސް ބާއްވާފައިވަނީ 23 މެއި ގައި ކްރޮސްރޯޑްސްގައެވެ. މި ކޮންފަރަންސް ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވެފައި ވެއެވެ. ރާއްޖޭގ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ޚަބަރު ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް އަމީން ހަމަޖައްސައިފި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އެ ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ކެމްޕޭން މެނޭޖަރަކަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) ހަމަޖައްސައިފި އެވެ. އަމީން މި މަގާމަށް ހަމަޖެއްސިކަން އިއުލާންކޮށް އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކުރުން އޮތީ މިރޭ ޕީޕީއެމުން އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ވަނީ ޔާމީންގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކު ވެސް ހަމަޖައްސައި މަގާމުގެ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ނިންމަވައިފި ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިކަމަށާއި، އިތުރު ތަފްސީލް މާދަމާ ހަޔަރ އެޑިއުކޭޝަން މިނ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ބަޔަކު ހޯދަނީ ހއ.އިހަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާގެ ލޯގޯ ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާކަމަށެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯ ފަރުމާކުރާ ފަރާތައް 5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނުމަށް ވަނީ ނިންމާފައެވެ. ލޯގޯ ފަރުމާކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖޫން މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާގެ މެއ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން ދިހަވަނަ ދުވަހު ފަށަނީ ހދ. ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ޖޫން މަހުގެ ދިހަވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 10 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ އެފްސީ ފަލްކަންއާއި ކްލަބް ރެފިޖީއެވެ. މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެފްސީ ފަލްކަން، ކްލަބް ރެފުޖީ، އެފްސީ ފްރެންޑްސް، ނިކަ ސިޓީ، ކިންގް ސްޕްރިޓް، އެފްސީ ދުންމާރި އަދި އެމްއެމްސީ އެވެ. މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ޚަބަރު ޢަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުން، ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރައްވައިފި ޢަދާލަތު ޕާޓީ (އޭޕީ) ގެ ޢިލްމުވެރިންގެ މަޖިލީހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރައްވައިފި އެވެ. މި މަޝްވަރާ ބައްދަލު ވުމަސްފަހު ޢަދާލަތު ޕާޓީން ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ މިއީ، މި ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ނިންމާފައިވާތީ، ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު މަޝްވަރާކުރައްވަން ބޭއްވެވި ބައްދަލު ވުމެއްކަމުގަ އެވެ. މި ބަ... އަލީ އާދިލް · 3 އަހަރު ކުރިން
ރާއްޖެ ''ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަންވީ މުޅި މުޖްތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި'' ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަންވީ މުޅި މުޖްތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބަތުގައި މިއަދު ފޮނުއްވި ޚިޠާބުގައެވެ. މިއަދުގެ ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، އެކަން ކުރާ މީހާއަށާއި، އެ ޢަމަލުކުރާއިރު ކައިރީގައި ތިބޭ އެހެން މީހުންނަށާއި، އެފަދަ މީހުންނާ އެކުގައި އުޅޭ އެހެން މީހުންނަށް ވެސް... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ދަ ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރަން މާދަމާ އީސީއަށް ހުށަހަޅަނީ ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމުތައް ހާމަދަމާ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމައިފިއެވެ. “ދަ ޑިމޮކްރެޓްސް” އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ. “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދިނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ''އިހުސާނާ އާއިލާއަށް ގުޅައިފި، ދެމައިންގެ ހާލު ވެސް ރަނގަޅު'' ދެ އަހަރުގެ އަންހެން ދަރިފުޅާއެކު ގެއްލިގެން ހޯދަމުންދިހަ ހއ. އިހަވަންދޫ ޢާއިޝަތު އިޙްސާނާ އޭނާގެ ޢާއިލާއަށް ގުޅާފައިވާ ކަމަށާއި، އިހްސާނާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ޢާއިލާއިން މައުލޫމާތު ދީފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 29 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރައްވަމުން އަންނަ ކަމަށް ހާމަކުރެއްވީ މިއަދު ހެނދުނު 10:45 ހާއިރުއެވ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ވާރިސުން މައާފް ދިނުމުން މިރުޒާގެ ގާތިލު މަރުގެ އަދަބުން ސަލާމަތްވެއްޖެ ވިލިމާލޭގައި މީގެ 12 އަހަރު ކުރިން ހަމަލާދީ މަރާލި އަހުމަދު މިރުޒާ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހަކަށް ވާރިސުން މާފު ދިނުމުން ސުޕްރީމް ކޯޓުގައި އޭނާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ. އޭޕްރީލް، 2011 ގައި ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސަލާގައި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އާއި ޏ. ފުވައްމުލަކު ޒާވިއާ އަބްދުالله ނަޒީފް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަޒީފް […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުވާފައެއް ނުވާނެ: ކައުންސިލު ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެއީ ހަގީގަތް ނުބަލައި ފަތުރާ ވާހަކަތަކެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން ބުނީ، އެ މަސައްކަތް ކައުންސިލުން ހުއްޓުވާފައިވާކަމަށާއި ކައުންސިލުގެ ނައިބު ރައީސް ބަދުނާމުކޮށް، ކަން ހިނގިގޮތް އާންމު ރައްޔިތުނަށްއޮޅޭގޮތަށް ވާހަކަތައް ފަތުރާކަމަށް ބަޔާންކޮށް، އެކަމަށް ރައްދު ދީ ނެރުނު ނޫސް ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ކައުންސިލުން ފާސްކޮށް 15 މާރޗު 2015 ގައި ގެޒެޓުކޮ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެންމެ މުހިންމީ ރައްޔިތުން، ސަރުކާރާ ފެޔަށް ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދިނުމުން: މޭޔަރު އާތިފް އެންމެ މުހިންމީ ރައްޔިތުން ކަމަށާއި، ސަރުކާރާ ފެޔަށް ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދިނުމުން ކަމަށާއި، ކިތަންމެ އުނދަގުލާއި ދަތީގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވިޔަސް އެންމެ މުހިންމީ ރައްޔިތުން ކަމުގައި ކުޅުދުއްފުށި ސިޓީގެ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެ، “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމަށްފަހު، އޭނާގެ ފޭސްބުކް ގައި [... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް އަންނަ މަހު ހުޅުމާލޭގައި ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް އަންނަ މަހު ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ. “އާބަންކޯ މޯލްޑިވްސް ފޫޑް ކާނިވަލް 2023” ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ޖޫން މަހުގެ 20 – 24 ވަނަ ދުވަހާ ހަމައަށެވެ. ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލަކީ 4 ދުވަހުގެ، މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން