ރާއްޖެ ރާއްޖެއަށް ގަނޑުކޮށް ފެންވަރު ރަނގަޅު ބޭސް ހޯދުމަށް އެއްބަސްވެއްޖެ ރާއްޖެއަށް ގަނޑުކޮށް ފެންވަރު ރަނގަޅު ބޭސް ހޯދުމަށް ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ޔޫއެންޑީޕީ ގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ މަންދޫބު އެންރީކޯ ގަވޭލިއާ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީގެ ގްލޯބަލް ހެލްތު ޕްރޮކިޔުމެންޓު ހިދުމ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޕައިލެޓުކަން ކިޔެވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރަނީ ޕައިލެޓުކަން ކިޔަވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް މަތީތައުލީމާއިި ބެހޭ ވަޒީރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. ޑރ. ހަސަން މިހެން ވިދާޅުވީ ސްޓޫޑެންޓް ލޯންއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މިއާއެކު ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން އެމްބީބީއެސް އަށް 133 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި ޕޯސްޓް ގްރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފާރު ތަޅާލި ދެ ފްލެޓް ހުސްކުރުން ކޯޓުން ނުހުއްޓުވި ފާރު ތަޅާލައިގެން ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ދެ އެތަން އަތުލަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ހިޔާ ފްލެޓްގެ ފާރެއް ތަޅާލުމަށްފަހު ދެ އެޕާޓްމެންޓެއް އެއްބަސްވުމާ ހިލާފަށް އެއްކޮށްލި މައްސަލާގައި ދެތަނުގެ ވެރިފަރާތް 200،000 ރުފިޔާ އިން ޖޫރިމަނާކޮށް, ފާރު ރާނަން އެންގި އެވެ. އެ އެންގުމަށް އަމަލު ނުކުރުމުން އެތަން ހުސްކުރަން އެޗްޑީސީން އޮތީ އަންގައިފަ އެވެ. އެ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ އެއާ ނިއުޒިލެންޑުން ޕަސިންޖަރުންގެ ބަރުދަން ބަލަނީ އެއާ ނިއުޒީލެންޑްގެ ފްލައިޓްތަކުގައި ތެލުގެ ހަރަދު ކުޑަކުރުމަށްޓަކައި ފްލައިޓަށް އެރުމުގެ ކުރިން ފަސިންޖަރުންގެ ބަރުދަން ބަލަން ނިންމައިފި އެވެ. އެއާ ނިއުޒިލެންޑުން ހޯމަ ދުވަހު ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ބައިނަލްއަގްވާމީ ނެޓްވޯކުގައި ދަތުރުކުރާ 10،000 އަށް ވުރެ ގިނަ ޕަސިންޖަރުން ބޯޓު އެރުމުގެ ކުރިން ބަރުދަން ބަލަނީ ސާވޭއެއް ހެދުމަށްޓަކައި ކަމަށެވެ. އެއާ ނިއުޒީލެންޑުން ބުނީ ކޮންމެ ފްލައިޓެއްގެ ކުރިން ޕައިލެޓުންނަށް މަތިންދާބޯޓުގެ ލޯޑާއި ބަރުދަނާއި ބެލެންސް އެނގެން ޖެހޭ ކަމަށެވެ. މި ފިޔަވަޅ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ކުށްތަކާ ދުރު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ “އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023” ރަސްމީގޮތުން ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކ. މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފިއްލަދޫ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން: އެންޑީއެމްއޭ ހއ. ފިއްލަދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ. ފިއްލަދޫ ހިތައްފިނިވާގޭގައި އަލިފާން ރޯވެފައި ވަނީ ރޭ މެންދަމު 1:15 ހާއިރުއެވެ. އެ ހާދިސާގައި އެ ގޭ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން މިއަދު ވިދާޅުވީ، ފިއްލަދޫ ހިތަށްފިނިވާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެގެ ދިިރިނޫޅެވޭ ވަރަށް އަނ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ 2030 ގެ ކުރިން ޗައިނާއިން ހަނދަށް އިންސާނުން ފޮނުވަނީ 2030 ވަނަ އަހަރުގެ ކުރިން ޗައިނާއިން ހަނދަށް އިންސާނުން ފޮނުވަން ތައްޔާރުވަމުންދާ ކަމަށް ޗައިނާގެ ޖައްވީ އިދާރާގެ އޮފިޝަލުން ބުނެފިއެވެ. ޖިއުކުއަން ސެޓެލައިޓް ލޯންޗް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ އިންސާނީ ޖައްވީ ދަތުރުފަތުރުގެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ލިން ޝިކިއަންގް ވިދާޅުވީ ހަނދަށް ފޭބުމަށް އެގައުމުން ރާވާފައިވާ ޕްލޭންތަކުގެ ތެރޭގައި “ހަނދުގެ ބިމުގައި ކުރު މުއްދަތަކަށް މަޑުކުރުމާއި އިންސާނާ ރޮބޮޓިކް ޖޮއިންޓް އެކްސްޕްލޯރޭޝަން” ހިމެނޭ ކަމަށެވެ. ނާސާ އާއި ޗަ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ބަޑި ގެންގުޅުނުކަން ސާބިތުވި މީހާގެ އަދަބު ލުއިވުމުން މިނިވަންވެއްޖެ އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ގެންގުޅުނު މީހެއްގެ މައްޗަށް ކުށް ސާބިތުވިޔަސް، ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކުރުމުން އިއްޔެ އޭނާ އެއްކޮށް މިނިވަންވެއްޖެ އެވެ. ސެޕްޓެމްބަރު، 2013 ގައި މާލެ ގެއަކާއި ވޯކްޝޮޕަކުން، އަމިއްލަ އަށް ހަދާފައިވާ ބަޑިތަކެއް ފެނުނު މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމާއި ލ. ގަމު ހިމާޔަތް، މޫސާ ޔޫސުފްގެ މައްޗަށެވެ. ކުށް ސާބިތުވީ ހަސަން ނަސީމްގެ މައްޗަށެވެ. ނަސީމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ ހއ. ފިއްލަދޫގެ ގެއެއްގައި އަލިފާން ރޯވެ އެ ގެ އެއްކޮށް އަނދާ ހުލިވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 1:15 ހާއިރުއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ‘’ތިލަދުން’’ އަށް ވިދާޅުވީ، އަލިފާން ރޯވެ އަނދާ ހުލިވީ އެރަށު ހިތައްފިނިވާގޭ ކަމަށެވެ. އަލިފާން ރޯވިއިރު އެ ގޭގައި ޖުމްލަ 7 މީހުން ތިބި ކަމަށާއި، އެއީ ކުޑަ ތިން ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ ދެމީހަކާއި އަދި އިތުރު ދެ އަންހެނުންކަމަށް […] ޙުސައިން ޝަހުދީ · 3 އަހަރު ކުރިން
ރާއްޖެ ދަ ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރަން ފޯމްތައް ހުށަހަޅައިފި ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމުތައް މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. “ދަ ޑިމޮކްރެޓްސް” އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އުފެއްދުމަށް ހުށަހަޅާފައިވާ މި ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމްތައް އީސީއާއި ހަވާލުކުރީ މި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ހިއްސާއަކަަށް 77 ރުފިޔާ ބަހަން ފާސްކޮށްފި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަަސް ފާސްކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މިއީ ފާއިތުވި 16 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ މަތީ އަދަދެވެ. އެސްޓީއޯގެ އަހަރީ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވުމުގެ ސަބަބުން "ގެވެށި ގުޅުން" ކާޓޫނު ޝޯ ފަސްކޮށްފި މޫސުން ގޯސްވުމުގެ ސަބަބުން, ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބާއްވަން ހަމަޖެއްސި “ގެވެށި ގުޅުން” ކާޓޫނު ސީރީސްގެ ޝޯ ފަސްކޮށްފިއެވެ. މި ޝޯވ އަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އާއި ސްޓެލްކޯ އަދި އާބަންކޯ ގުޅިގެން މިރޭ ކުރިއަށް ގެންދަން ނިންމާފައިވާ ޝޯވ އެކެވެ. ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މި ޝޯވ މިހާރު މިރޭ ނުބާއްވާގޮތައް ނިންމައި، ޝޯވ ފަސްކޮށްފައިވާ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ "އާލާ" ބޯޓު އަޑިއަށް ގޮސްފި މާލެ އިން ފުރައިގެން ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “އާލާ” ބޯޓު އެއްކޮށް އަޑިއަށް ގޮސްފިއެވެ. މި ބޯޓު އަޑިއަށް ގޮސްފައި ވަނީ ރާޅެއް އަރައި ދިޔަވެގެންނެވެ. މި ބޯޓުގައި 15 މީހުން ދަތުރު ކުރަމުން ދިޔައެވެ. މި ބޯޓަށް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައި ވަނީ ރޭ ފަތިހު 05:22 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނުއިރު މި ބޯޓު އޮތީ ބ. އޭދަފުށީގެ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ 15 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓަކަށް ދިޔަވެ އަޑިއަށް ދަނީ ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “އާލާ” ބޯޓަށް ދިޔަވަމުން ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މާލެއިން ފުރައިގެން 15 މީހުނާއެކު ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ މި ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 05:22 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހަނިމާދޫ ބޮޑު މިސްކިތް އޭސީ ކުރުމުގެ މަސައްކަތް ފަށައިފި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހަނިމާދޫ ބޮޑު މިސްކިތް “މަސްޖިދުލް މޫސާ އަލީ” ގައި އެއާކަންޑިޝަން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މިސްކިތުގައި އޭސީ ހަރުކުރުމަށް އިސްނަގާފައި ވަނީ އެ މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެ މުވައްޒަފުން އިސްނަގައި ހަނިމާދޫ ކައުންސިލާއި މަޝްވަރާކޮށް ހެޔޮއެދޭ ފަރާތްތަކަށް އެ މިސްކިތަށް އޭސީ ހަދިޔާ ކުރުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން މިހާރު ވަނީ 24000 ބީޓީޔޫގެ 18 އޭސީ ލިބިފައެވެ. އެ އޭސީތައް ހަރުކުރުމުގައި ވެސް މިސްކިތުގެ މުވައްޒަފުނ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން