ރާއްޖެ ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް، ނިކަމެތިންނަށް ހިލޭ ގޯތި ހައްގުވޭ: ނާޒިމް ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށާއި ނިކަމެތިންނަށް ހިލޭ ގޯތި ހައްގުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެޕާޓީގެ ޖަގަހަ ހުޅުވަން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ މިއަދު ގޯތި ދިނުމުގެ ސިޔާސަތަށް ބަލާލީމައި ވޯޓަށް ޖަހާލި “ޗައްކަރެއް”ގެ ގޮތުގައި ސިފަވަމުންދާ ކަމަށާއި މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީއަށް މި މަހު 17 ގައި ހުޅުވާލަނީ “ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ޕްރައިމަރީއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މިކަން ހާމަކުރީ އެ ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ. ރޭ ބޭއްވި މި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ދެ ދުވަސްތެރޭ ހުޅުވާލާނެ ކަމަށެވެ. އެގޮތުން މި ޖުލައި މަހުގެ 17 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީ އަށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (19) ކުރީގެ އަދާއިގުޅޭ، ހާރޫން ބުނެލި ޖުމްލަ ރަނގަޅަށް ފަހުމް ވުމުން ޔަޝްމީއަށް ބުނެވުނެވެ. ހިތްހަމަ ނުޖެހުނުވަރުން އޭނާ އަވަސް އަވަހަށް ޓީވީ ނިއްވާލުމަށްފަހު ތެދުވެއްޖެއެވެ. އެހިނދު އަނެއްކާވެސް ސޯފާމަތީގައި އޮތް ކޮތަޅު ޔަޝްމީގެ ލޮލުގައި އަޅައިގަތެވެ. ކޮތަޅުގެ އެތެރެ ބަލައިލިއިރު އޭގައި އޮތީ ރަތްކުލައިގެ ކަރުދާހަކުން ބަންދުކޮށްފައި އޮތް ކުޑަ ފޮށިގަނޑެކެވެ. ޔަޝްމީއަށް ދެން ބަލައިލެވުނީ ހާރޫންގެ ކޮޓަރިއާއި ދިމާލަށެވެ. އޭރު ހާރޫން ކޮޓަރިއަށް ވަދެ ދޮރުވެސް ލައްޕައިފިއެވެ. ސޯފާގައި އިށީނދެލައިގެން އިނދެ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ މުލީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދޭނަން: ރައީސް އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، މުލީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް މިހާރުގެ ރައީސް އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މ. އަތޮޅާއި ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން މުލީ ހޮސްޕިޓަލްގެ މަޝްރޫއު ވަނީ މިހާރު ޓެންޑާ އަށް ހުޅުވާލެވިފައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު އާސެނަލުން ޑެކްލަން ރައިސްގެ ޑީލް ނިންމާލައިފި ޕްރިމިއާ ލީގުގެ ވެސްޓްހޭމްއަށް ކުޅެމުންއައި އިންގްލެންޑްގެ މިޑްފީލްޑަރ ޑެކްލަން ރައިސްގެ ސޮއި އާސެނަލުން ހޯދައިފިއެވެ. އުމުރުން 24 އަހަރުގެ ރައިސް އާސެނަލަށް ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 138 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައެވެ. އާސެނަލުން ރައިސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ ކުލަބުން ބޭނުންވެއްޖެނަމަ އިތުރު އެއް އަހަރު އެއްބަސްވުމަށް އިތުރު ކުރެވޭ ގޮތަށެވެ. ރައިސްވެފައި ވަނީ އެންމެ އަގުބޮޑު ޓްރާންސްފާއެއްގައި ޓީމް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔާއަށ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫ ޑޮމިނޭޓާސްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުރިމަގު ސްޕޯޓްސް ކުލަބަށް ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޑޮމިނޭޓާސް ފުޓްސެލް ކަޕް 2023” ގެ ޗެމްޕިއަންކަން ކުރިމަގު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުރިމަގު ސްޕޯޓްސް ކުލަބާއި އެފްސީ ޓައިޓަންސްއެވެ. މި މެޗު ކުރިމަގުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ޓައިޓަންސް މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިފްތިތާހުކޮށްދެއްވައިފި މުލަކަތޮޅު ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިފްތިތާހްކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫއުތައް އިފްތިތާޙް ކޮށްދެއްވީ އެރަށަށް މިއަދުކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު ވަނީ މ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުވައިދެއްވާފައެވެ. އަދި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުންފާހަގަކުރުމާއި އެރަށުގެ ފެނުގެ ނިޒާމު ވެސް ރަސްމީގޮތުން ވަނީ ފަށްޓަވައިދެއްވާފައެވެ. ގްރީން ފަންޑުން ހަރަދުކޮށްގެން ކޮޅުފުށީގެ ގޮނޑުދޮށް ހިމ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޗައިނާ ޓޫރިސްޓުން ރާއްޖޭގެ މޫދަށް އެރި އުޅޭއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި ޗައިނާ ޓޫރިސްޓުން ރާއްޖޭގެ މޫދަށް އެރި އުޅޭއިރު، ސަމާލުވުމަށް ޗައިނާ އެމްބަސީން އިލްތިމާސްކޮށްފިއެވެ. އެގަމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިގޮތަށް އިލްތިމާސް ކުރީ ފާއިތުވި މަސްތަކުގައި އެ ގައުމުގެ ޓޫރިސްޓުންނަށް މޫދުގައި އެކި ކަހަލަ ހާދިސާތައް ދިމާވެފައިވާތީ އެވެ. ޗައިނާ އެމްބަސީ އާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މޫދަށް ގެނބުމުގެ ހާދިސާތަކުގައި މިފަހަކުން ތިން ޓޫރިސްޓަކު މަރުވެފައެވެ. އަދި މޫދަށް އެރި އުޅުމުގައި މިޔަރު ދަތް އެޅުމުގެ ހާދިސާތައް ވެސް ހިނގާފައިވާކަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ސިންގަޕޫރާއި އެއްފެންވަރަށް ގެންދާނަން: ނާޒިމް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ކުންފުނިތަކުގެ މެނޭޖަރުންނާއި ބޯޑުތައް ޒިންމާދާރު ކުރުވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީން ކުރިއަށްގެންދާ “ނުއިވޭ އަޑު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. “ދިވެހި ރާއްޖެ ކޮރަޕްޝަންގެ ވިލާގަނޑެއްގެ ދަށުގައި” މި މައުޟޫއަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު ފެންނަނީ ބޯޑުތަކަށް ތަފާތު ބޭފުޅުންލާތަން ކަމަށާއި ސަރުކާރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓު އަޅައިދެނީ ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އުފާވެރި އަމާން ރާއްޖެ” މި ޝިއާރުގެ ދަށުން ކެމްޕެއިން ކުރެއްވުމަށް މ. އަތޮޅަށާއި ވ. އަތޮޅުގެ ބައެއް ރަަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މ. ކޮޅުފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ.... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އާއްމުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް: ޝައުނާ އާއްމުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ “އީޓުކުރި” މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝައުނާ ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ޑިޖިޓަލް އެކި އެކި ވަސީލަތްތަކުގެ ބޭނުން ހިފައި، އާއްމުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި މީމު މިފްކޯ މަސް ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި މީމު މިފްކޯ މަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 83 އިންސައްތަ މަސްއްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތާއި ބޮލާޑް އާއި ވީ– ފެންޑާ ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 91 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު ޖެހިޖެހިގެން ފަސްވަނަ ފަރަށް ޖޮކޮވިޗް ވިމްބެލްޑަންގެ ފައިނަލަށް އިންގްލެންޑްގެ ވެރިރަށް ލަންޑަންގައި ބާއްވާ ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ފަސްވަނަ ފަރަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ. ހުކުރު ދުވަހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލް މެޗުގައި އުމުރުން 36 އަހަރުގެ، ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޖޮކޮވިޗް ބައްދަލު ކޮށްފައި ވަނީ ދުނިޔޭގެ ރޭންކިންގެ އަށް ވަނައިގައި އޮތް އިޓަލީގެ ޔަނިކް ސިނާއާއެވެ. މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށް ޖޮކޮވިޗް ވަނީ މުބާރާތުގެ ފައިނަލުން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ގިނަ ހިދުމަތްތަކާއެކު "އީ ޓުކުރި" މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި ގިނަ ހިދުމަތްތަކާއެކު “އީ ޓުކުރި” މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ. “މީރުމާ” ގައި ބޭއްވި މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓާ އާދަމް މުހައްމަދު ވަނީ ޕޯސްޓުގެ ދާއިރާއިން ރާއްޖެ ވެސް ކާމިޔާބީތަކެއް ހޯދަމުން އަންނަކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ "އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް, ރަނގަޅު ކަންތައްތަކަށް ކުރާ ހިޖުރަ" އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް, ރަނގަޅު ކަންތައްތަކަށް ހިޖުރަކުރާ މީހާ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. “ހިޖުރައިގެ ޒިކުރާއާއި ފިލާވަޅުތައް” މި މައުޟޫއަށް ކުރިއަށް ގެންދިޔަ މިއަދުގެ ހުތުބާގައި ބުނީ މުސްލިމުންނަށް އިއްޒަތާއި ގަދަރު ލިބުން އޮތީ އެމީހުންގެ އަގީދާގައި ހިފެހެއްޓި ވަރަކުން ކަމަށެވެ. އަދި އަގީދާ ބަލިކަށިވި ވަރަކަށް ނިކަމެތިވާނެ ކަމަށެވެ. މީގެ އިތުރުން މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ, އަގީދާގައި ރެނދު އަޅައިފި ނަމަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން