ތިލަދުންމަތީ ޚަބަރު ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ބަޔަކާއި ހަވާލުކޮށްފި ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ވަނީ މިކަމުގެ އެއްބަސްވުމުގައި މިއަދު މޯލްޑިވްސް އެޝުއަރ ސަޕްލައި އާއި އެކު ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މަސައްކަތާއި ހަވާލުވީ ފަރާތުން ގްރާސް ޓާރފް، ސިލިކާ ސޭންޑް، ޓާރފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ހަތް ދުވަސްތެރޭ ސަޕްލައި ކޮށްދޭން ޖެހެއެވެ. މި ޕްރޮޖެކްޓަށް ހަނިމާދޫ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި ރާއްޖެ އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިތަކެތި އެތެރެކުރަން އުޅުނީި ކުރިއަރ މެދުވެރިކޮށް ކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައިވަނީ ޖުލައި 7 ވަނަ ދުވަހު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މި ތަކެތި ފެނުނީ ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބަލާ ފާސްކުރެވު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ނޫނު އަތަޅުގައި ބާއްވާ އެންމެ ބޮޑު އަންހެން ފުޓްސަލް މުބާރާތް މިމަހު 26 ގައި ފަށަނީ ނޫނު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަންހެން ފުޓްސަލް މުބާރާތް މިމަހު 26 ގައި ފަށަން ނިންމައިފިއެވެ. ޗެސްޓަރ އިން އިންތިޒާމް ކުރާ ވިމެންސް ފުޓްސެލް 2023 ގުރުއަތުލުމުގެ ރަސްމިއްޔާތު ވަނީ ނ. މަނަދޫ އަސްވާރުގައި ވަނީ ބާއްވާފައެވެ. މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ މި މުބާރާތް ބޭއްވިގެންދަނީ މުޅި ނޫނު އަތޮޅަށް ހުޅުވާލައިގެނެވެ. ކޮންމެ އަހަރެއްގެ މުބާރާތްވެސް ބާއްވެމުން އަންނަނީ އިޖްތިމާއީ ކޮންމެވެސް މައްސަލައަކާ ގުޅުވައިލައިގެން ހާއްސަ ޝިޔާރެއްގެ ދަށުންނެވެ، މިއަހަރަށް ހާއްސަކޮށްލެވިފަ... އަލީ ރިޔާޟް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވަރިވާން ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ގާޒީގެ ސަސްޕެންޝަން އިތުރުކޮށްފި ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 12 އިން ފެށިގެން އާދަމް އަލީގެ ސަސްޕެންޝަން އިތުރުކުރުމަށް އަންގާފައިވާނެ ކަމަށެވެ. އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި ހަސްމަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދި […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ޔާމީން ހުށަހެޅި އިންތިހާބީ ހައްގުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި ލަސްވަމުންދާތީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން މިއަދު ނިންމީ ގާނޫނުގައި ބުނާފަދަ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ބަނދަރު މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 76 އިންސައްތަ މަސައްކަތް މިހާރު ވަނޫ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ގޭސް ފުޅިއެއް ގޮވައި، އަންހެނަކަށް އަނިޔާވެއްޖެ މާލޭގެ ގެއެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވައި، އަންހެނަކަށް އަނިޔާވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މ. ދިލީވިލާގައި ކަމަށެވެ. ގޭސް ފުޅިއެއް ގޮވައިގެން، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އެ އިދާރާ އަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯކޮށްގެން ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އެމްއެންޑީއެފް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (24) ކުރީގެ އަދާއިގުޅޭ، ” އަހަންނާއެކު ސިޓިންގރޫމަށް ގޮސްލެވިދާނެތަ؟ އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިންތަކެއް.. ޔަޝްމީއާ ބައްދަލްކޮށްލަން އެއައީ” ހާރޫން ވާހަކަ ދެއްކީ އާދޭހުގެ ރާގެއްގައެވެ. ޔަޝްމީއަށް ހުރެވުނީ ހާރޫންގެ މޫނަށް ބަލަހައްޓައިގެންނެވެ. ” ޕްލީޒް…” އަނެއްކާވެސް އޭނާ ބުންޏެވެ. އެއާއިއެކު އަވަސް އަވަހަށް ޔަޝްމީ ހާރޫންއަށް ފުރަގަސްދިނުމަށްފަހު ދެއަތް އުރާލިއެވެ. ” ތީގެ މާނައަކީ ނޫނެކޭ ދޯ؟ ” އަސަރާއެކު ހާރޫން އެހެން ބުނުމުންވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން އިރުކޮޅަކު މ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޓީމް ހަނިމާދޫއާއި އެންވީކޭއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ހަނިމާދޫއާއި އެންވީކޭއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ. މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އެންވީކޭއާއި ބޮޑުމަގެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެންވީކޭއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖޯޒީ ނަމްބަރު 12، މުޙައްމަދު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު އިންޓަ މިއާމީ މޮޅުކޮށްދިނީ މެސީ ލީގު ކަޕްގައި އިންޓަ މިއާމީއާއި މެކްސިކޯގެ ކްރޫޒް އަޒުލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، މެސީ ލަނޑުޖަހައި އިންޓަ މިއާމީ މޮޅުކޮށްދީފިއެވެ. މި މެޗު ނިމިގެން ދިޔައީ 2-1 އިން އިންޓަ މިއާމީ މޮޅުވެގެންނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އެވޯޑް ހަތްފަހަރު ހޯދާފައިވާ އުމުރުން 36 އަހަރުގެ މެސީ ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވެއެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިންޓަ މިއާމީންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި އައްޑޫގައި ބާއްވާ އުރީދޫ މަސްރޭހުގެ ހޯސްޓް ޕާޓަނަރަކަށް ސިޓީ ކައުންސިލް އުރީދޫ މޯލްޑިވްސް އިން މިއަހަރު ރާއްޖޭގެ ސިޓީތަކުގައި ބޭއްްވުމަށް ހަމަޖެހިފައިވާ މަސް ރޭހުގެ އައްޑޫ ސިޓީ ހޯސްޓް ޕާޓްނަރަކަށް އައްޑޫ ސިޓީ ކައުންސިލް ހަމަޖައްސައިފިއެވެ. އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގައި ބައިވެރިވާން ހަތަރު ސިޓީން 83 ޓީމަކުން ރަޖިސްޓްރީ ކުރިއެވެ. މިއާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށެވެ. އުރީދޫ މޯލްޑިވްސްގެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ގާސިމްގެ ކެމްޕޭނުން މާލޭގައި "ދޮރުން ދޮރަށް" ހިނގުމުގެ ހާއްސަ ހަރަކާތެއް ސެޕްޓެމްބަރު 9 ގައި ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ކެމްޕެއިންގެ ތެރެއިން މާލޭގައި “ދޮރުން ދޮރަށް” ހަރަކާތް މިއަދު ފަށައިފިއެވެ. ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި އެކަމަށްޓަކައި ބޭއްވި ހަފުލާގައި ޖޭޕީއަށް ނިސްބަވެވަޑައިގަންނަވާ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާއި ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ޖޭޕީގެ ރިޔާސީ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ އިންތިހާބު: ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފި އިލެކްޝަންސް ކޮމިޝަނުން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ އެ ބިއުރޯ ގާއިމުކޮށްފައިވަނީ އިންތިހާބާއި ބެހޭ މަރުކަޒު (ދަރުބާރުގޭގައި) ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާއި ބެހޭ މަރުކަޒުންނާއި އެ ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީތަކުގައި ގާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ވެސަް ލިބެންހުންނާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ "ދަ ޑިމޮކްރެޓްސް" ގެ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިއަދު 4 ޖަހަންދެން ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 4045 މީހުންނަށް ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން ބުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ސުންގަޑި މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން ލިންކް މެދުވެރިކޮށް، ޝަކުވާ ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފި މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ނިންމައި، އިއުލާނު ކުރުމާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެމުންނެވެ. އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު (ހީނާ) ވިދާޅުވީ އެ މަސައްކަތް ދަނީ [... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން