މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ

ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެއެވެ. އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ. އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑުވޭ ޕާޓީ (އެމްޓީޑީ) އިން ބުނެފައިވަނީ އަދީބު އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ […]

މުޙައްމަދު އަފްރާޙް
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

މި އަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައި، އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކޮށްފިއެވެ. އީސީ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން ހުޅުވައިލުމަށް ވަނީ ނިންމާފައެވެ. އަދި އެ ފުރުސަތު އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު […]

މުޙައްމަދު އަފްރާޙް
ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ ސިޔާމް ދޮގުކުރައްވައިފި

ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ ސިޔާމް ދޮގުކުރައްވައިފި

ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓި ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނެވުމަށްފަހު، ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ސިޔާމް ވިދާޅުވީ އެގައުމުގައި އުޅުއްވިއިރު، ޕާސްޕޯޓު ހިފެހެއްޓިކަމެއް ނުވަތަ އެ ގައުމުން އޭނާ ފުރުން ހުއްޓުވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ޚަބަރު ލިބުނީ ރާއްޖ...

މުޙައްމަދު އަފްރާޙް

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް ވިއްސާރަ ކުރާނެ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނދު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް […]

މުޙައްމަދު އަފްރާޙް
ސްޕާއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ސްޕާއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ހަށި ވިއްކަމުން ދިޔަ ސްޕާއަކުން ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ “އަލޯރާ ސްޕާ އެންޑް ސެލޫން” ހަށި ވިއްކަމުންދިޔަ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގީ ޖުލައި 20 ވަނަ ދުވަހުގެ ރޭ ކަމަށާއި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ...

މުޙައްމަދު އަފްރާޙް
ޓީމް ހަނިމާދޫއާއި ކުޅިމަގު ފެށުން ރަނގަޅު ކުރިއިރު ނައިވާދޫއާއި ޔުނައިޓެޑް ޔޫތު އެއްވަރު

ޓީމް ހަނިމާދޫއާއި ކުޅިމަގު ފެށުން ރަނގަޅު ކުރިއިރު ނައިވާދޫއާއި ޔުނައިޓެޑް ޔޫތު އެއްވަރު

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ހަނިމާދޫއާއި ކުޅިމަގު ކުޅުނު ފުރަތަމަ މެޗުތައްކުން މޮޅުވިއިރު، ނައިވާދޫއާއި ޔުނައިޓެޑް ޔޫތު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި މަނަފަރެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ހަނިމާދޫ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ […]

އިބްރާހިމް ޚަލީލް
ޗެލްސީ ދޫކޮށް އައުބަމެޔަން ފްރާންސްގެ މާސޭއަށް

ޗެލްސީ ދޫކޮށް އައުބަމެޔަން ފްރާންސްގެ މާސޭއަށް

ޗެލްސީއަށް ކުޅެމުންއައި ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އައުބަމެޔަން ފްރާންސް ލީގުގެ މާސޭއަށް ބަދަލުވެއްޖެއެވެ. އުމުރުން 34 އަހަރުގެ އައުބަމެޔަން މާސޭއަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާއަށް އެ ކުލަބުން ކުރާ އެއްވެސް ޚަރަދެއްގެ ތައްފްސީލް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2015 ވަނަ އަހަރު ހޯދު އައުބަމެޔަންގެ ކެރިއާގެ އެންމެ މޮޅު ކުޅުމެއް ދެއްކީ އޭނާ 2013 ވަނަ އަހަރުން 2018 ވަނަ […]

އިބްރާހިމް ޚަލީލް
ޕީއެސްޖީން އޭސިއާއަށް ކުރާ ދަތުރުގައި އެމްބާޕޭ ނުހިމެނޭ

ޕީއެސްޖީން އޭސިއާއަށް ކުރާ ދަތުރުގައި އެމްބާޕޭ ނުހިމެނޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ، ޕީއެސްޖީ ޕްރީ ސީޒަންގައި ޖަޕާނަށާއި ދެކުނު ކޮރެއާއަށް ކުރާ ދަތުރަށް އެކުލަވާލި ސްކޮޑުން ބާކީ ކޮށްފިއެވެ. ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އެމްބާޕޭ، އެ ކުލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައި ދެން އެ ކުލަބާއިއެކު އިތުރު އެއްބަސްވުމެއް ހަދަން ބޭނުންނުވާކަން މި މަހު ކުރީކޮޅު އޭނާ ކުލަބަށް އެންގުމާއިއެކު އެމްބާޕޭއާއި ޕީއެސްޖީއާއި ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ....

އިބްރާހިމް ޚަލީލް
ޔުނައިޓެޑްގެ އައު ކެޕްޓަނަކީ ބްރޫނޯ ފެނާންޑޭޒް

ޔުނައިޓެޑްގެ އައު ކެޕްޓަނަކީ ބްރޫނޯ ފެނާންޑޭޒް

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް ހަމަޖައްސައިފިއެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހު ޔުނައިޓެޑްގެ ކެޕްޓަންކަން ކުރީ އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާއެވެ. ނަމަވެސް ޔުނައިޓެޑްގެ ކޯޗްގެ މަގާމުގައި މިހާރުހުރި ޓެން ހާގް، 2022 ވަނަ އަހަރު ޔުނައިޓެޑާއި ހަވާލުވުމަށް ފަހު ޓީމަށް ގެނައި ބަދަލުތަކާއިއެކު މެގުއާއަށް އާންމުކޮށް ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބެއެވެ. ފާއިތުވި ހަފްތާތެރޭ ކޯޗް ޓެން...

އިބްރާހިމް ޚަލީލް
ފައިސަލްގެ ބަޔޮގްރަފީ ނެރެފި

ފައިސަލްގެ ބަޔޮގްރަފީ ނެރެފި

ނައިބު ރައީސް ފައިސަލް ނަސީމްގެ ބަޔޮގްރަފީ ރޭ ނެރެފި އެވެ. މިފޮތް ނެރެފައި ވަނީ ފައިސަލް އަށް 50 އަހަރުފުރުން ފާހަގަ ކުރުމަށް ރޭ މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ހާއްސަ ހަފްލާގައެވެ. މި ފޮތް ނެރެދެއްވީ ހަފްލާގެ ޝަރަފްވެރި މެޚްމާން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޒާހިރު ޙުސައިނެވެ. ފައިސަލްގެ ހަޔާތުގެ މައްޗަށް މި ބްޔޮގްރަފީ ލިޔުއްވީ، މަޝްހޫރު ނޫސްވެރިޔާ، ސަން އޮންލައިންގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރު އަޙްމަދު ސާއިލު ޢަލީއެވެ. 317 ސޮފްހާގެ މި […]

ޔުމްނާ ޢަލީ
ރައީސް، ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް، ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވާ، މާލެ ވަޑައިގެންފި އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދުއެވެ. ރައީސްގެ މި ދަތުރުފުޅަކީ މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ކުރެއްވެވި ދަތުރުފުޅެކެވެ. ދެ ދުވަހުގެ މުއްްދަތަށް ކުރެއްވެވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފައެވެ. އަދި އެރަށްރަށުގައި ނި...

މުޙައްމަދު އަފްރާޙް
ދިހަ ޓީމާއިއެކު ބޮޑުތިލަދުންމަތީ ފުޓްސަލް މުބާރާތް ފަށައިފި

ދިހަ ޓީމާއިއެކު ބޮޑުތިލަދުންމަތީ ފުޓްސަލް މުބާރާތް ފަށައިފި

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކުޅުން އިހަވަންދޫގައި އިއްޔެ ހަވީރު ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ނައިވާދޫއާއި އިހަވަންދޫ ބޮޑުމަގެވެ. މި މެޗު 6-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ނައިވާދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ ޖޯޒީ ނަމްބަރު 71، މުޙައްމަދު އަސްލަމެވެ. ދެވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ އިހަވަންދޫ އެންވީކޭއާއި އެ […]

އިބްރާހިމް ޚަލީލް
ޕީޕީއެމުން މިއަދު ކުރިއަށް ގެންދަން އުޅުނު ހިނގާލުން ކެންސަލް

ޕީޕީއެމުން މިއަދު ކުރިއަށް ގެންދަން އުޅުނު ހިނގާލުން ކެންސަލް

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވުމަށް ނިންމާފައިވާ “ދިވެހީންގެ ސުލްހަވެރި ހިނގާލުން” ކެންސަލްކޮށްފިއެވެ. އެ ކޯލިޝަނުން ބުނީ މި ހިނގާލުން ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި މޫސުން ކުރިއަށް ލަފާކުރާގޮތުން ވެސް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުން އެކަށީގެންވާތީ ކަމަށެވެ. މި ހިނގާލުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4 ޖަހާއިރު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.  ޕީޕީއެމުން އަންނަނީ މި ފަދަ ހިނގާލުމާއި އިހުތިޖާޖުތައް މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބ...

މުޙައްމަދު އަފްރާޙް
ދިއްދޫ އަށް އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް

ދިއްދޫ އަށް އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް

ހއ. ދިއްދޫގައި ބިން ހިއްކާ ނިމިގެންދާއިރު، އެއާޕޯޓެއް ވެސް އެޅިގެންދާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“  ޖަލްސާގައި ވާހަކަފުޅުު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ކިބައިން އިވެނީ ރަށާއި...

މުޙައްމަދު އަފްރާޙް
ޖޭޕީގެ ވެރިކަމެއްގައި އެއްވެސް ޒުވާނަކަށް ވަޒީފާ ނުލިބިފައި ހުންނާކަށް ނުޖެހޭނެ: ޤާސިމް

ޖޭޕީގެ ވެރިކަމެއްގައި އެއްވެސް ޒުވާނަކަށް ވަޒީފާ ނުލިބިފައި ހުންނާކަށް ނުޖެހޭނެ: ޤާސިމް

އަންނަ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކާމިޔާބު ކުރެވިއްޖެނަމަ އެއްވެސް ޒުވާނަކަށް ވަޒީފާ ނުލިބި ހުންނަން ނުޖެހޭނެ  ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، ޖޭޕީގެ އުތުރު ކެމްޕޭންގެ ފަރާތުން ރޭ މާލޭގައި ބޭއްވި ޒުވާނުންގެ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. ’’18-35’’ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންނާ މުޚާތަބު ކުރައްވަމުން ޤާސިމް ވިދާޅުވީ، ޖޭޕީ އަށް ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެއްވިއްޖެނަމަ، އުފުދޭ ޖޭޕީގެ […...

ޔުމްނާ ޢަލީ