ތައުޙީދުގެ ޢަޤީދާއަށް ރައްކައުތެރިވުން!
އިންސާނަކަށް ދުނިޔެ މަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތް ކަން ކަށަވަރެވެ. އެއީ އޭނަގެ އާޚިރަތުގެ ކާމިޔާބާއި ފަލާޙު ވެސް ގުޅިފައިވާ ނިޢުމަތެވެ. އޭނައަށް ސުވަރުގެ ލިބުން ވަނީ މުސްލިމަކަށް ވުމުގައެވެ. އަދި ނަރަކައިން މުއްތިވުން ވެސް ވަނީ އެކަމުގައެވެ. ތައުޙީދުގެ މި މަތިވެރި ނިޢުމަތަށް ރައްކައުތެރިވުމަކީ ކޮންމެ މުސްލިމަކު ވެސް އެންމެ ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމެވެ. އެއީ އޭނަގެ މުދަލާއި ނަފްސަށް ރައްކައުތެރިވުމަށް ވުރެ ވެސް ބޮޑަށެވެ. ސަބަބަކީ އޭނައަށް ލިބިފައިވާ […]