ރާއްޖެ މީރާއަށް ޖުލައި މަހު އަންދާޒާ ކުރި ވަރަށްވުރެ 10 އިންސައްތަ އިތުރު އާމްދަނީ އެއް މިއަހަރުގެ ޖުލައި މަހު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.53 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މީރާ އިން މައުލޫމާތު ދެއްވާ ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %32.5 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %10.6 ގިނަ އަދަދެކެވެ. އެ އިދާރާ އިން ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު، މިއަހަރުގެ ޖުލައި މަހު ލިބުނު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ލީގު ފަށަން ކުޑަތަންވެފައި ވަނިކޮށް ރެއާލްގެ ކީޕަރ ކޯޓުއާއަށް ސީރިއަސް އަނިޔާއެއް ސްޕެނިޝް ލީގު ފަށަން ކުޑަތަން ވެފައިވަނިކޮށް ރެއާލް މެޑްރިޑްގެ އެއް ނަމްބަރު ކީޕަރ ތިބައޫ ކޯޓުއާގެ ކަކުލަށް ސީރިއަށް އަނިޔާއެއް ލިބިއްޖެއެވެ. އުމުރުން 31 އަހަރުގެ ކޯޓުއާއަށް އަނިޔާވެފައި ވަނީ ރެއާލްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އޭނާގެ ވާތުފައިގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން މި ހަފްތާ ބަންދުގައި ފަށާ ސްޕެނިޝް ލީގުގެ ބޮޑުބައެއް އޭނާއަށް ގެއްލޭނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ އޮޕަރޭޝަން ކުރާނެއެވެ. 2018 ވަނަ އަހަރު ޗެލްސީ ދޫކޮށް ރެއާލަށް ބަދަލުވެ، ރެއާލުގައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ޑރ. ވަހީދު ޕީޕީއެމް އިން ވަކިވެއްޖެ ކުރީގެ ރައީސް ޔާމިންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. ވަހީދު ޕީޕީއެމްއިން އިސްތިއުފާ ދެއްވައިފިއެވެ. އެކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ ޓްވީޓެއް ވެސް ކުރައްވާފައެވެ. އެ ޓުވީޓާއެކު އެއްކުރައްވާފައިވާ (އެޓޭޗުކޮށްފައިވާ) ބަޔާނެއްގައި ވަނީ މީގެ 10 އަހަރު ކުރިން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ގާއިމް ކުރެއްވި ހަމަޖެހުމާއި އަދި ތަރައްގީ ދެމެހެއްޓުމަށްޓަކާ ކަމަށެވެ. އެ ޕްލޭންތައް މިހާތަނަށް ވެސް ދެމެހެއްޓިފައިވާތަން ފެންނަމުން ދާތީ އުފާ ކުރަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ލިވިން އެކްސްޕޯ: އެލައިޑުގެ ސްޓޯލުން މައުލޫމާތާއެކު ހަދިޔާ ލިބުމުގެ ފުރުސަތު މި އަހަރުގެ ލިވިން އެކްސްޕޯގައި އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކުރުމުން މައުލޫމާތާއެކުހަދިޔާ ލިބުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ. އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިން ފޯރުކޮށްދޭ “ހިޔާވަހި ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން” ޕްލޭންތަކުގެ އިތުރުން އެލައިޑުގެ ހުރިހާ ހިދުމަތަކާއި ބެހޭ މައުލޫމާތު ލިބޭނެއެވެ. “ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން” ޕްލޭންތަކާއިއެކު ގޭގައި ހުންނަ ފަރުނީޗަރުން ފެށިގެން ހިފާގެންގުޅޭ އަގުބޮޑު ސާމާނު ވައްކަމާއި އަލިފާން ރޯވުން ފަދަ ކާރިސާތަކުން ސަލާމަތްކޮށް އިން... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީ ވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއް ދަރިންތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ “ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް” ފޮތް ނެރެދެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. ފަޒުނާ ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން ކަމަށާއި އެކަން ގިނަ ބަޔަކު ގަބޫލު ވެސް ކުރާކަމަށެވެ. އަދި ކުދިންނަށް މައިންބަފައިން ދައ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މުއިއްޒު ވަނީ އިދިކޮޅު ސެނެޓު ބައްލަވައިގަނެފައި: މާރިޔާ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިދިކޮޅުގެ ކެންޑިޑޭޓުކަން ހޯއްދެވުމަށްޓަކައި ކަންތައްތައް ކުރެއްވި ގޮތް ފެނިވަޑައިގެންފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހުގެ ކެމްޕެއިން ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެގޮތުން މުއިއްޒު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުކަން ހޯއްދެވުމަށްޓަކައި މުއިއްޒު، ޕީޕީއެމްގެ ކައުންސިލް، ނުވަތަ ‘ސެނެޓު’ ބައްލަވައިގެންފައިވާ ކަމަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގައި އަނެއްކާވެސް ފުޓްސަލް ދަނޑެއް އަޅަނީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އަޅަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގައެވެ. މި މަސައްކަތ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަލާހު މިރޭ ޕީޕީއެމް އަށް ގުޅިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު މިރޭ ޕީޕީއެމްއަށް ސޮއި ކުރައްވާނެ ކަަމަށް މައުލޫމާތު ލިބިއްޖެއެވެ. އިތުބާތުހުރި މަސްދަރަކުން ‘ތިލަދުން’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލާހު، އެ ޕާޓީ އާ ގުޅިވަޑައިގެން ސޮއި ކުރެއްވުމަށް ނިންމާފައިވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައި ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ޖަލްސާގައެވެ. އެހެންނަމަވެސް ޕީއެންސީންވެސް އަދި ޕީޕީއެމް އިން ވެސް ރަސްމީކޮށް މިކަން ޔަގ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ކަމަށްވާ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގއ. ނިލަންދޫއަށް ވަޑައިގެން އެމްޑިޕީގެ ސަޕޯޓަރުންނާއި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އަށް ކުރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި ނ. ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެންޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 20,693,664.00 ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން 1.5 ހެކްޓަރުގެ ބިން ހިއްކުމާއި... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މާލޭ ސްވިމިން ޓްރެކް ބަންދުކޮށްފި މާލޭ ސުވިމިން ޓްރެކް ބަންދުކުރުމަށް ނިންމާފައި ވާކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ. އެ އެސޯސިއޭޝަނުން ވިދާޅުވީ ސްވިމިން ޓްރެކް ބަންދުކުރަން ނިންމީ ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަށް ކަމަށެވެ. މިވަގުތު އެސަރަޙައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޕީއޭ އިން އަންގަވާފައި ވާކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދުގެ މޫދަށް އެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި އަންހެނަކު ފިހިގެން ފަރުވާ ދެނީ 20 އަހަރުގެ އަންހެން ކުއްޖަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާދެމުން ދާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ މިއީ މާލޭގެ ގެ އެއްގައި ހުރި އުނދުނަކުން ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ހިނގައިދިޔަ ހާދިސާއެއް ކަމަށެވެ. އަދި އެ ހާދިސާގައި ފިހިފައިވަނީ އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. އެ އިދާރާއިން ވިދާޅުވީ އެ ކުއްޖާ ފިހިގެން ރިޕޯޓުކޮށްފައިވަނީ ރޭ 11 ޖަހާކަށް ހާއިރު ކަމަށެވެ. އޭނާ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހުޅުމާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެކަމުގެ އަދާހަމަކުރައްވަމުން މީޑިއާ އަށް ފޮނުއްވި މެސެއްގައި އެ އިދާރާ އިން ވިދާޅުވީ އެ ކުއްޖާ ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ މާލެއިން ކަމަށެވެ. އަދި މިއަދު މެންދުރު 1:44 ހާއިރު އެކުއްޖާ ފެނުނު އިރު، ހާޅު ރަނގަޅު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ ހުޅުމާލޭ ދެވަނަ ފިހަވަހިން އުމުރުން 12 އަހަރުގެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހޮސްޕިޓަލްގައި އެޑްމިޓް ނުވެ މިހިރީ އާއިލާއަށްޓަކައި: ޔާމީން ހޮސްޕިޓަލްގައި އެޑްމިޓް ނުވެ ޖަލުގައި ހުންނެވީ އާއިލާއަށް ލިބިދާނެ އިތުރު ހިތްދަތިކަމަކަށްޓަކައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ޔާމީން ތަންފީޒު ކުރަމުންދާއިރު މައްސަލއިގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. އަދި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި ކުއްޖާ ހޯދުމުގެ މަސައްކަތް އާއިލާއާއި ގުޅިގެން އެ އިދާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ. މިފަހަކަށް އައިސް މާލެ ސަރަހައްދުން މީހުންނާއި ކުދިން ގެއްލު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން