ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ފަލާހު މިރޭ ޕީޕީއެމްއަށް ސޮއި ކުރައްވާނެ ކަަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާތުހުރި މަސްދަރަކުން 'ތިލަދުން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލާހު، އެ ޕާޓީ އާ ގުޅިވަޑައިގެން ސޮއި ކުރެއްވުމަށް ނިންމާފައިވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައި ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ޖަލްސާގައެވެ.

Ad
rt

އެހެންނަމަވެސް ޕީއެންސީންވެސް އަދި ޕީޕީއެމް އިން ވެސް ރަސްމީކޮށް މިކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

'ތިލަދުން' އަށް މައުލުމާތު ދެއްވި ފަރާތުން ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވީ ފަލާހު މިރޭ އެ ޕާޓީ އާ ގުޅިވަޑައިގަތުމަށްފަހު، ޕީއެންސީގެ ރިޔާސީ ކެންޑުޑޭޓު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރެއްވުމަށް ވަނީ ނިންމާފައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހު ވަނީ ޕީޕީއެމް ގެ ކެްބަރެއްގެ ގޮތުގައި މީގެ ކުރިން ވެސް ހަރަކާތްތެރިވެލައްވާފައެވެ.

ރައީސް ޔާމީނާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު، ފަލާހު ކުއްލިގޮތަކަށް ޖުމުހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގެންނެވިއެވެ. އެކަމަކު ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން ހަރަކާތްތަކުން މިހައިތަނަށް ފެނިފައެއް ނުވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މިރޭ ހުޅުވާ ޑރ. މުއިއްޒުގެ މައި ކެމްޕޭން ހަރުގެ ހުންނަނީ ހެންވޭރު ގައި ހުންނަ ސްކައި ވިއު ރެސްޓޯރަންޓުގެ ތިރީގައި ކަމަށެވެ.