މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފި

ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިއީ ކުރިއާ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ އޯގަސްޓު މަހުގެ 23 ވަނަ ދުވަހު ކަމަށާއި މި ތަކެތި އަތުުލައިގަތީ މެލޭޝިޔާ އިން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލައި، ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް […]

މުޙައްމަދު އަފްރާޙް
ގާސިމްގެ ވެރިކަމެއްގައި ފަތުރުވެރި ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރު: ޢަލީ ވަހީދު

ގާސިމްގެ ވެރިކަމެއްގައި ފަތުރުވެރި ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރު: ޢަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިިމްގެ ވެރިކަމުގައި ފަތުރުވެރި ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް އެ އަތޮޅު ހިމަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައިި ރާއްޖޭގެ ފަ...

މުޙައްމަދު އަފްރާޙް
ޕީއެންސީގެ ސަރުކާރެއް އަޔަސް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެ: މުޢިއްޒު

ޕީއެންސީގެ ސަރުކާރެއް އަޔަސް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެ: މުޢިއްޒު

މި ސަރުކާރުން އެގްރީމެންޓުގައި ސޮއިކޮށް، ފަށާފަ ހުރި އެއްވެސް މަޝްރޫއެއް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މަޝްރޫއުތަކާއި އެގްރީމެންޓުތައް ބެލޭނެ ކަމަށެވެ. އަދި އެއިން ރައްޔިތުންނަށް ވަނީ ބޮޑު ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށެވެ. “ބައެއްފަރާތްތަކުން ބުނޭ ނޫންތޯ އަޅުގަނޑުމެންގެ ސަރުކާރެއް އަތުވެއްޖެނަމަ،...

މުޙައްމަދު އަފްރާޙް
ސިޓީން ލީގުގައި ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ސިޓީން ލީގުގައި ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މައިބަދައިގެ އޮޕަރޭޝަނެއް ކޮށް، މިވަގުތު ސިޓީގެ ކޯޗް ގާޑިއޯލާ ހުރީ ޓީމާއި ދުރުގައެވެ. ވުމާއިއެކު މި މެޗުގައި ސިޓީއަށް އިރުޝާދު ދީފައި ވަނީ އެސިސްޓެންޓް ކޯޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގާނެ ރަނުގެ ފުރުޞަތެއް ސިޓީއަށް ލިބުނެވެ. މެޗުގެ […]

އިބްރާހިމް ޚަލީލް
ފަސް އަހަރުން ނުނިންމޭވަރުގެ ވައުދެއް ނުވަން، ނުވެސް ވާނަން: މުއިއްޒު

ފަސް އަހަރުން ނުނިންމޭވަރުގެ ވައުދެއް ނުވަން، ނުވެސް ވާނަން: މުއިއްޒު

ފަސް އަހަރުން ނުނިންމޭވަރުގެ ވައުދެއް ނުވަން ކަމަށާއި ވާންޖެހޭނީ ފަސް އަހަރުގެ ދައުރެއްގައި ކުރެވޭ ވަރުގެ ވައުދުތައް ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މެޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ ފަސް އަހަރުން ނުނިމޭވަރުގެ ކަމެއް ވިއްޔާ ސާފުކޮށް ބަޔާންކޮށްދޭން ޖެހޭނެ ކަމަށާއި ބަހާއި ޢަމަލާ ދިމާވާން ޖެހޭނެ ކަމަށެވެ. އަދި  އެހެންނޫނީ ރައްޔިތުންނާ ހަމައަށް އަންނާނެ ކަމެއް ނެތް […]

މުޙައްމަދު އަފްރާޙް
ކެމްޕޭނަށް ގާސިމްގެ އުފަން ރަށަށް، އެންމެފުރަތަމަ ވަޑައިގެންނެވީ މަންމާފުޅުގެ މަހާނަ ކައިރިއަށް!

ކެމްޕޭނަށް ގާސިމްގެ އުފަން ރަށަށް، އެންމެފުރަތަމަ ވަޑައިގެންނެވީ މަންމާފުޅުގެ މަހާނަ ކައިރިއަށް!

މިއަހަރުގެ ސެދޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވާދަކުރައްވާ ކެންޑިޑޭޓް، ގާސިމް އިބްރާހިމް، ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ އއ. ދިއްދޫ އަށްް ވަޑައިގެންފިއެވެ. އެރަށަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އެމަނިކުފާނުގެ މަންމާފުޅު ފަސްތާނުލެވިފައިވާ ތަނަށެވެ. މަންމާފުޅުގެ މަހާނައަށް ޒިޔާރަތްކުރައްވާ މަންމާފުޅަށް ހެޔޮ ދުއާކުރެއްވިއެވެ. އެއަށްފަހު، އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަ ދައްކަވަމުން ވިދާ...

މުޙައްމަދު އަފްރާޙް
އީޖާދީ ވިސްނުން ގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

އީޖާދީ ވިސްނުން ގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

އީޖާދީ ވިސްނުން ގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހު ކުރުމަށް މޯލްޑިވްސް މަނީޓަރީ އޮތޯރިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މި ހަފުލާގައި ދުނިޔެއަށް އަންނަ ބަދަލުތަކާއި ފައިހަމަކުރުމަށް ރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލު ފާހަގަކުރައްވައި އެބަދަލުގެ ސަބަބުން ގައުމަށްކުރާނެ ފައިދާތަކާއި ގުޅޭގޮތ...

މުޙައްމަދު އަފްރާޙް
މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފި

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފި

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފިއެވެ. ހައުސިން މިނިސްޓްރީން ދިވެހޮސަރުކާރުގެ ގެޒެޓުގައި އާންމުކުރައްވާފައިވާ މައުލޫމާތުގައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ހަވާލުކުރުން 27 އޯގަސްޓް 2023 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ދާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ ގޯއްޗާ...

މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދަމުން ދިޔަ ބާރަށު މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ބާރަށު މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ހއ. ބާރަށު މީހާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހއ. ބާރަށް/ ސައިނިންސްޓާ، މުހައްމަދު ތައުފީގު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ. އުމުރުން 35 އަހަރުގެ ތައުފީގު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:35 ހާއިރު އެވެ. އޭނާ ގެއްލުމުގެކުރިން އެންމެ ފަހުން ފެނިފައިވަނީ […]

މުޙައްމަދު އަފްރާޙް
މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ލޯންޗު ކޮށްފި

މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" ލޯންޗު ކޮށްފި

މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް “ފަވަރަ” ލޯންޗު ކޮށްފިއެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމް “ފަވަރަ” ލޯންޗު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ އެސިސްޓަންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ ވިދާޅުވީ ޒަމާނާ އެއްގޮތަށް، ކަސްޓަމަރުންގެ ބޭނުންވާފަދަ އެކަށީގެންވާ ހިދުމަތެއް ލިބެން ނެތުމާއެކު ނަގުދު ފައި...

މުޙައްމަދު އަފްރާޙް
އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން މުއިއްޒު ވައުދުވެއްޖެ

އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން މުއިއްޒު ވައުދުވެއްޖެ

އެކަނިވެރިމައިންނާއި އެކަނިވެރިބަފައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް ދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާ ވަރުގެ އެލަވަންސަކަށް ނުވާތީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 އަށް ބޮޑުކުރާނެ ކަމަށެވެ. މުއިއް...

މުޙައްމަދު
މިލާން މޮޅުވިއިރު ރޯމާ ބަލިވެއްޖެ

މިލާން މޮޅުވިއިރު ރޯމާ ބަލިވެއްޖެ

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން ކުޅުން މެޗުން އެ ޓީމް މޮޅުވިއިރު، ރޯމާ ބަލިވެއްޖެއެވެ. ރޭ މިލާންގެ އަމިއްލަ ދަނޑުގައި ޓޮރީނޯއާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ވަނީ 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައިދިނީ ޕުލިސިކްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ލޮފްޓަސް-ޗީކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މިލާނުން ލީޑު ނެގިތާ ތިންމިނެޓް ފަހުން ޓޮރީނޯއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ […]

އިބްރާހިމް ޚަލީލް
ޓޫރިޒަމް މިނިސްޓަރު މައުސޫމް އެމްޑީޕީ އަށް

ޓޫރިޒަމް މިނިސްޓަރު މައުސޫމް އެމްޑީޕީ އަށް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ދިވެހި ރައްޔިތުުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ. އޭނާ އެ ޕާޓީ އާ ގުޅިވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އެމްޑީޕީ އަށް ސޮއި ކުރެއްވުމަށްފަހު މެމްބަޝިޕް ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެވެ. ޑރ. މައުސޫމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޖޭޕީގެ ލީޑަރު އަދި […]

މުޙައްމަދު އަފްރާޙް
އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީއަށް ފުރަތަމަ މޮޅު

އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީއަށް ފުރަތަމަ މޮޅު

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ރޭސިން ކްލަބް ޑި ލެންސްއާއި ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ޕީއެސްޖީ ކުޅުނު ތިންވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން އެ ޓީމް އެއްވަރުވީއިރު، ކޮންޓްރެކްޓް އައުކުރަން ދެކޮޅު ހެދުމުން ޕީއެސްޖީއާއި އެމްބާޕޭއާއި ދެމެދު އޮތް ގުޅުން ހީނަރުވެ، ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗަށް އެކުލަވާލި ޓީމުން […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ޝިކާޔަތު (49)

ސިލްސިލާ ވާހަކަ: ޝިކާޔަތު (49)

ކުރީގެ އަދަދާއިގުޅޭ، ” ނޫނޭ އަދި މާ އަވަސް.. މަހެއް ވީމަ ދައްކާނީ! ގޭގައިވެސް ޓެސްޓް ކޮށްލެވޭނެއެއްނު.. މިރޭ މާލެގޮސްވާނެދޯ ޓެސްޓްކޮށްލަން” ޔަޝްމީ އުފަލުން ހުރެ ބުންޏެވެ. *** ޖެހިގެން އައި ދުވަހެވެ. ލޯންޗް ޖެޓީއާ ކައިރިކޮށްލުމާއެކު ޖާވިދް އަވަސް އަވަހަށް ޖެޓީއަށް ފުންމާލިއެވެ. އޭރު ބަލި ގޮތަކަށް އައިސް ޝަހާނާވެސް ހުރީ ފައިބަން ތައްޔާރުވެގެންނެވެ. އޭނާއާ ނުހަނު ގާތުގައި މަންމަ ވަދީފާވެސް ހުއްޓެވެ. އެހެންކަމުން އެހީތެރިވެނުދީ މޫނު އަނބުރާ، ދާކަށް ޖާވިދަކަށް ނުކެރުނެވެ. އޭނާ ޝަހާނާއާ […]

ސަލާމާ ޢަބްދުލް ޢަލީމް